އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގައި ރައީސް ނަޝީދު މަޢާފަށް އެދިވަޑައިގެންފި

ކްރިމިނަލް ކޯޓުގެ އިސްޤާޒީ އަލްއުސްތާޒް އަބްދުﷲ މުޙައްމަދު ހައްޔަރުކުރި ކުރުމަކީ އެންމެ ރަނގަޅަށް ކުރެވުނު ކަމެއް ނޫންކަމަށް އެއްބަސްވެ އެކަމަށްޓަކައި މަޢާފަށް އެދޭކަމަށް ކުރީގެ ރައީސުލްޖުމްޙުރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ޒީ ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ކްރިމިނަލް ކޯޓުގެ އިސްގާޒީ ހައްޔަރު ކުރުމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ފަނޑިޔާރަކު އެގޮތަށް ދުރަށްލުމަކީ ކުރަން އެންމެ ރަނގަޅު ކަމެއް ނޫންކަމަށް ޤަބޫލު ކުރައްވާކަމަށާއިއެހެންނަމަވެސް އެއްވެސް ކަމެއް ކުރާނެ އެއްވެސް މީހަކު ނެތުމުން އަބްދުﷲ މުޙައްމަދު ހައްޔަރު ކުރީ ޝަރުއީ ނިޒާމާމެދު ރައްޔިތުންގެ އިތުބާރު އުފެއްދުމަށްކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރީ އެކަން ކުރަންޖެހޭ ކަމަށް އެމަނިކުފާނަށް ޤަބޫލު ކުރެވޭތީ ކަމުގައެވެ. އަބްދުﷲ ޤާޒީ ހައްޔަރު ކުރި މައްސަލައާ ގުޅިގެން ނަޝީދު މަޢާފަށް އެދޭކަމަށް ވިދާޅުވެފައިވާއިރު އަބްދުﷲ ޤާޒީ ހައްޔަރު ކުރި މައްސަލައާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް ނަޝީދު ހާޒިރު ކުރުމުން ނަޝީދު ވިދާޅުވީ އަބްދުﷲ ޤާޒީ ހައްޔަރު ކުރީ ދިފާޢީ ބާރުން ކަމަށެވެ. މީގެ އިތުރުން ބީބީސީގެ ހާޑް ޓޯލްކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދުވަނީ ދެން ވެރިކަން ލިބުނު ނަމަވެސް އަބްދުﷲ ޤާޒީ ހައްޔަރު ކުރާނެ ކަމަށެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ނ.އަތޮޅުގެ މެޖޯރިޓީ “އަންނި” އަށް.

އިއްޔެ މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ ރިއާސީ އިންތިހާބްގެ ވަގުތީ ނަތީޖާ އިން ނ.އަތޮޅުގެ މެޖޯރިޓީ ކުރީގެ ރައީސް އަދި …

ޚިޔާލެއްދެއްވާ

avatar
މުޙައްމަދު ފަވާޒް
މުޙައްމަދު ފަވާޒް

މި ގަންޖާ ބޯ މި އީ ދެފަހަރު ދެގޮތަށް ވާހަކަ ދައްކާ ބޯ ބުރާންޗެއް!!!!