އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު ނޮވެމްބަރ މަހު ބާއްވަނީ

އަންހެނުންގެ ކޮމިޓީތަކުގެ ދައުރުނެތުމުން ގިނަރަށްރަށުގެ ތަރައްޤީއަންނަނީ ހީނަރުވަމުން

ލާމަރުކަޒީ ޤާނޫނުގެ ދަށުން އިންތިޚާބު ކުރަންޖެހޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބު އަންނަ ނޮވެންބަރު މަހުގެ ހަތް ވަނަ ދުވަހު ބާއްވާނެ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ، އެލްޖީއޭ އިން ބުނެފިއެވެ.

 އެލްޖީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ ތަކުގެ އިންތިހާބު ބާއްވަން ޖެހޭ ކަމަށް ލާމަރުކަޒީ ގާނޫނުގައި ބުނެފައި އޮތް ނަމަވެސް، އެ އިންތިހާބު ބާއްވަން ޖެހެނީ ކޮން ފަރާތަކުންކަން ގާނޫނުން ސާފު ނުވާތީ ދައުލަތުގެ ބަންޑާރަ ނައިބުގެ ލަފާ އެކަމުގައި ހޯދާފައިވާ ކަމަށެވެ. އެލްޖީއޭ އިން ބުނީ ބަންޑާރަ ނައިބުގެ ލަފާގެ މަތިން އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީ ތަކުގެ އިންތިހާބު އަތޮޅު ކައުންސިލްތަކުގެ ބެލުމުގެ ދަށުން ރަށު ކައުންސިލްތަކުގައި ބޭއްވުމަށް ނިންމާފައި ވާކަމަށާއި، ސިޓީ ކައުންސިލްތަކުގައި އިންތިހާބު ބާއްވާނީ ސީދާ އެ އޮތޯރިޓީގެ ބެލުމުގެ ދަށުން ކަމަށެވެ.

 ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނުގައި ބުނެފައި ވަނީ އަންހެނުންގެ ކޮމެޓީގެ އިންތިހާބު ބާއްވާނީ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގައި ހިމެނޭ އަންހެނުންގެ މެދުގައި ކަމަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގައި ހިމެނޭނެ މެންބަރުންގެ އަދަދާއި ކޮމެޓީގެ ހިންގާ ގަވާއިދު ހަދާނީ އެލްޖީއޭ އިން ކަމަށެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫ އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އިފްތިތާޙްކޮށްފި

ރައީސާއަކީ ” ރިޝްފާ ( ރިސްތު )” ނައިބުރައީސާއަކީ ނާޒުނީ ( ނާޒް ) ނ.ލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް …

ޚިޔާލެއްދެއްވާ

avatar
ލޮއްލަ
ލޮއްލަ

ބަލަ އިނާޔަތެއް އެއްޗެއް އެ ކަނބަލުންނަށްލިބޭނެބާ

wpDiscuz