ކޯސްތަކުގައި ބައިވެރިވެފައިވާ މުވައްޒަފުން ކޯސްތަކުގެ ކަންކަމަށް ވީއްލުމަށް އަންގަވައިފި.

ރ.އަތޮޅު މީދުގައި 2006 ވަނައަހަރު ބޭއްވި ސީއެފްއެސް ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވި މުވައްޒަފުންތަކެއް / ފައިލްފޮޓޯ: ލަންދޫއިންފޯ

ސިވިލްސަރވިސްގެ ވަޒީފާތަކުގައި އުޅޭ މުވައްޒަފުންގެ ތެރެއިން ވަކިމުއްދަތެއްގައި ވަކިފެންވަރަކަށް ތަމްރީންވާންޖެހޭކަމަށް ކަނޑައަޅައިފައިވާ ސިވިލްސަރވިސްގެ މުވައްޒަފުން އެފަދަ ތަމްރީން ތައް ލިބިގަތުމަށް ހަދާކޯސްތަކަށާއި، ތަމްރީނު ޕްރޮގްރާމްތަކަށް ވީއްލުމަށް ސިވިލްސަރވިސް ކޮމިޝަނުން އޮފީސްތަކަށް އަންގަވައިފިއެވެ.

އެކޮމިޝަނުން މިގޮތަށް އަންގަވާފައިވަނީ އެކޮމިޝަނުގެ ސަރކިއުލާ ނޯޓްނަމްބަރ  188-P/2012/45 ( 27 މާރޗް 2012 ) ސަރކިިއުލާރ އިންނެވެ.

އެ ސަރކިއުލާގައިވަނީ އެ ޚިދުމަތެއްގެ ވަޒީފާ ތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން އަމިއްލަ ގޮތުން ތަމްރީން ފުރިހަމަ ކުރަމުންދާ މުވައްޒަފުން ކޯހުގެ ޓިއުޓޯރިއަލް ގަޑިތަކަށާއި، ކޯހުގެ އިމްތިހާން ތަކުގައި ބައިވެރިވުން ފަދަ ކަންތައްތަކަށް އަދި ބްލޮކްމޯޑަށް ކޯސްފުރިހަމަ ކުރަމުންދާ މުވައްޒަފުން ޓިއުޓޯރިއަލް އަށް ހާޟިރުވާން ޖެހޭ މަރުކަޒަށް ދިއުމަށް ، މުސާރަ ލިބޭގޮތަށް ވަޒީފާއިން ވީއްލުމަށް ކޮމިޝަނުން ނިންމާފައިވާތީ، އެގޮތުގެމަތިން ހުރިހާ އޮފީސްތަކަކުންވެސް އަމަލުކުރެއްވުމަށެވެ.

އަދި 1 ޖެނުއަރީ 2012 އިން ފެށިގެން މިއަދާހަމައަށް ކޯހުގެ ޓިއުޓޯރިއަލް ގަޑިތަކަށާއި، ކޯހުގެ އިމްތިހާންތަކުގައި ބައިވެރިވުން ފަދަ ކަންތައްތަކަށް އަދި ބްލޮކްމޯޑަށް ކޯސް ފުރިހަމަކުރަމުންދާ މުވައްޒަފުން ޓިއުޓޯރިއަލްއަށް ޙާޒިރުވާންޖެހޭ މަރުކަޒަށް ދިއުމަށް، ބޭނުންކޮށްފައިވާ ދުވަސްތައް މުސާރަލިބޭގޮތަށް ވަޒީފާއިން ވީއްލާފައިވާ ދުވަސްތަކެއްގެ ގޮތުގައި ހަމަޖެއްސުމަށްވެސް ނިންމާފައިވާ ތީ އެކަންވެސް އެގޮތަށް އޮފީސްތަކުން ކުރެއްވުމަށް އަންގަވާ ކަމަށެވެ.

މީގެ ކުރީގައި މިފަދަ ކޯސްތައް ހަދަމުންދާ މުވައްޒަފުން ނަށް ކޯހުގެ ކަންކަމުގައި ރަށުން ބޭރަށް ދިއުންއޮތީ ސިވިލްސަރވިސްގެ ޤަވާއިދު ތަންނުދޭކަމަށްބުނެ މަނާކުރެވިފައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ސިވިލް ސަރވިސްގައި މަސައްކަތްކުރާ މާބަނޑު މުވައްޒަފުންނަށް މިއަދުންފެށިގެން ޗުއްޓީ ދެއްވައިފި.

ސިވިލް ސަރވިސްގައި މަސައްކަތްކުރާ މާބަނޑު މުވައްޒަފުންނަށް މުސާރައާއި ޢިނާޔަތްތަކައެކު، މިއަދުން ފެށިގެން, ޗުއްޓީދީފިއެވެ. މިއީ ރާއްޖޭގައި މިހާރު ފެތެރެމުންދާ ރޯގާއާ …

ޚިޔާލެއްދެއްވާ

avatar
wpDiscuz