ކޯނީ ރިޕޯރޓަށްފަހު ރައީސް މުޙައްމަދު ވަޙީދު ދެއްކެވި ވާހަކަފުޅުގެ ޚުލާޞާ

ކޮމިޝަން އޮފް ދަ ނެޝަނަލް އިންކްއަރީ (ކޯނީ)ގެ ރިޕޯރޓް ނެރެދެއްވަމުން މިއަދު ރައީސް ވަޙީދު ވިދާޅުވިއެވެ. “އަޅުގަނޑު މަގާމާ ހަވާލުވީ އޭރުގެ ރައީސް ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން އިސްތިއުފާދެއްވުމާ ގުޅިގެން. އެއްވެސް ސަބަބަކާ ހުރެ ރައީސްގެ މަގާމް ހުސްވެއްޖެ ނަމަ ހަވާލުވަނީ ނާއިބު ރައީސް ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި ވުމާ އެކު އަޅުގަނޑު ހަވާލުވީ އެ ގޮތުގެ މަތިން. އޭގެ 24 ގަޑިއިރު ނުވަނީސް އެމްޑީޕީން ސަރުކާރުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފައްދައި ހަމަނުޖެހުންތައް އުފައްދަން ފެށި. ރައްޔިތުންގެ އިމާރާތްތަކުގައި ހުޅުޖަހައި ގައުމުގެ އަމަންއަމާން ކަން ނަގާލައި ބޮޑެތި ގެއްލުންތައް ދިން. އެ ގެއްލުންތައް ސަތޭކަ އެތައް މިލިއަން ރުފިޔާ އަކުން ގުނާލެވޭ. ގާނޫނުއަސާސީއާ ޚިލާފް އެއްވެސް ކަމެއް ނުހިންގާނެ ކަމުގެ ޔަގީން ކަން އަޅުގަނޑު އެރުވިން. ޝަރީއަތްތަކަށް ނުފޫޒު ނުފޯރުވާނެ ކަމުގެ ޔަގީންކަން އެރުވިން. އަޅުގަނޑުގެ އަޒުމަކަށްވީ ރައްޔިތުންނަށް ހަމަހަމަ ކަމާއި އިންސާފުވެރިކަމާ އެކު ކަންތައް ކޮށްދިނުން އަދި ގާނޫނާ ޚިލާފްވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅައި އަދަބު ދިނުން. މިއަދު ވެސް މި ހުރީ އެ އަޒުމުގައި.

ވެރިކަން ބަދަލުވުމާ މެދު ޚިޔާލު ތަފާތުވުން އުފެދުމުން އަޅުގަނޑު ބޭނުންވީ އެ ކަމަށް ރަސްމީ ޖަވާބެއް ހޯދުމަށް. އެކަން ކުރުމަށްޓަކައި ކޮމިޝަނަށް އަޅުގަނޑު ކަނޑައެޅީ ތައުލީމީ، ގާބިލް ވަރަށް މިނިވަން ބޭފުޅުންކޮޅެއް. ބައިނަލްއަގުވާމީ ލަފަޔާ އެކު ކޮމިޝަނަށް އިތުބާރު ހޯދުމަށް އަޅުގަނޑު އިސްކަން ދިނިން. އެހެންކަމުން ބޭރުގެ ތަޖުރިބާކާރު ފަނޑިޔާރަކާއި ކުރީގެ ރައީސްގެ މަންދޫބެއް ކޮމިޝަނަށް ކަނޑައެޅިން. ސިންގަޕޫރުގެ ފަނޑިޔާރު ސެލްވަމްގެ ޚިދުމަތަށް ދިވެހި ގައުމު ފަޚުރުވެރިވުން ހައްގު. ނަޝީދުގެ މަންދޫބު އަހުމަދު ސައީދަށް ވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

ކޮމިޝަން ރިޕޯޓްގައި ފާހަކޮށްފައި ވަނީ ހަތަރު ނުކުތާއެެއް. އޭގެ ތެރެއިން ފެބްރުއަރީ 7 ވަނަ ދުވަހު ވެރިކަން ބަދަލުވެފައި ވަނީ ގާނޫނު އަސާސީއާ އެއްގޮތަށް ކަމަށް ރިޕޯޓްގައި ވޭ. ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެފައި ވަނީ އޭގެ ކުރިން ކުރައްވާފައިވާ ކަންތައްތަކެއްގެ ސަބަބުން ކަމަށް ބުނެފައިވޭ. ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވީ އަމިއްލަފުޅު އިހުތިޔާރުގައި ކަމަށް، ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުގައި އެއްވެސް މަޖޫބޫރެއް ބިރު ދެއްކުމެއް ނެތް.

އަޅުގަނޑުމެންނަކީ އެއް ބައެއް. މިއީ އެހެން ގައުމުތަކަށް ލިބިފައިވާ ނަސީބެއް ނޫން. މިއީ ވަރަށް ބޮޑު ރަހުމަތެއް. މި ރަހުމަތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ބޭނުން ކުރުމަށް އަޅުގަނޑު ގޮވާލަން. އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތުމާ އެކު ގައުމުގެ މަސްލަހަތު އިސްކޮށްގެން މަސައްކަތްކުރުމަށާއި ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް އަޅުގަނޑު އެދެން. ހިއުމަން ރައިޓްސް ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ކުރަން މަޖިލީހަށް އަޅުގަނޑު ގޮވާލަން. ރިޕޯޓާ ގުޅިގެން އަޅުގަނޑު ކުރަން ޖެހޭ ކަންކަން ބަރާބަރަށް ކުރާނަން. އަޅުގަނޑު ފަށާ ޕާޓީތަކުގެ މަޝްވަރާތައް ކުރިއަށް ގެންދާނަން.”

ރައީސް ޑޮކްޓަރ ވަޙީދު މިމޭރުމުން ވާހަކަދެއްކެވިއިރު ކޯނީގެ ރިޕޯރޓްގައި ނިންމާފައިވަނީ 7 ފެބްރުއަރީގައި ރާއްޖޭގެ ވެރިކަން ބަދަލުވެފައިވަނީ ގާނޫނު އަސާސީ އާއި ގާނޫނާ އެއްގޮތަށްކަމުގައެވެ. ފެބްރުއަރީ 6، 7 ގައި ހިނގާދިޔަ ހާދިސާތަކުގެ މައިގަނޑު ސަބަބަކީ ކުރީގެ ރައީސް ނަޝީދުގެ އަމަލުތައް ކަމުގައިވެސް އެރިޕޯރޓުން ފާހަގަވެގެންދެއެވެ. ރައީސް ނަޝީދު އިސްތިއުފާ ދެއްވީ އަމިއްލަފުޅު އިހްތިޔާރާ އެކު، ގާނޫނާ ހިލާފު މަޖުބޫރުކުރުމެއް ނުވަތަ ބިރުދެއްކުމެއް ނެތި ކަމަށާއި، ފެބްރުއަރީ 6، 7، 8 ގައި ފުލުހުން ހިންގި އަމަލުތައް ކަމާބެހޭ އިދާރާތަކުން ތަހުގީގު ކުރަންޖެހޭނެކަމަވެސް ރިޕޯރޓްގައި ބަޔާންކުރައްވާފައިވެއެވެ.

ލިޔުނީ: ޢަބުދުލް ޙަމީދު ޢަބުދުއްރަޙްމާން ( އެޑިޓަރ )

ޢަބުދުލް ޙަމީދަކީ ލިޔުންތެރިކަމުގެ ފަންނުގައި ކޮންމެ ރޮނގަކުންވެސް ލިޔެވިދާނެ ކުޅަދާނެ މައުލޫމާތު ގެ ޚަޒާނާއެކެވެ. ބިޒީ ޝެޑިއުލްގެ ތެރެއިންވެސް ހެޔޮބަސް ބުނުމާއި ހެޔޮކަންކަމަށް ގޮވާލައި ، އޮއްޓަރު ހުރި ޢިލްމީ ދިރާސާތައް ފެންނަމުންދާކަމީ މިކަމަށް ދެއްވާ ޝަޢުޤުވެރިކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ. .

މިލިޔުންވެސް ކިޔާލާ

ޔޫރަޕިއަން ޔޫނިއަން ޕާލިމަންޓުން ނެރުނު ޤަރާރު ހޯމް މިނިސްޓްރީން ކުށްވެރިކޮށްފި

ދިވެހިރާއްޖޭގައި ދީނީ މިނިވަންކަމަށް ފުރުޞަތު ދިނުމަށް ގޮވާލާ ޔޫރަޕިއަން ޔޫނިއަން ޕާލިމަންޓުން ނެރެފައިވާ ޤަރާރަކީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން …

ޚިޔާލެއްދެއްވާ

avatar
wpDiscuz