ކޯނީ – ނުފެނިގެން ހޯދަނީ . .

ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ) އަކީ މިހާރު ވަރަށްގިނަ ބަޔަކު ނުފެނިގެން ހޯދާ ފަރާތެކެވެ. މިގޮތުން އެއްފަރާތަކީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނެވެ. ފުލުހުން ގާނޫނާ ހިލާފު އެތައް އަމަލެއް ހިންގާފައިވާތީ އެކަންކަން ތަހުގީގުކުރުމަށް ނެޝެނަލް ކޮމިޝަން އޮފް އިންކުއަރީ (ކޯނީ) އިން ނެރުނު ރިޕޯޓުގައި ބުނެފައިވާއިރު އެއީ ކޮން ކަމެއްކަން ސާފުވާން ޖެހޭ ކަމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ރައީސް ޝަހިންދާ އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

އަނެއްކޮޅުން އެމް ޑީ ޕީގެ ޗެއާރ ޕާރސަން ރީކޯ މޫސާމަނިކު މިއަދު ޕްރޮސިކިއުޓަރ ޖެނެރަލް އަޙުމަދު މުޢިއްޒާއި ބައްދަލުކުރެއްވާ އެދިލައްވާފައިވަނީ ކޯނީގެ ރިޕޯޓުގައި ބުނެފައިވާ މައްސަލަތައް ބަލައި ނިމެންދެން، އެމްޑީޕީގެ މެމްބަރުންގެ މައްސަލަތަކުގައި ދައުވާކުރުން ފަސްކޮށްދިނުމަށެވެ.

މިނޫނަސް ޢާއްމުންގެ ވަރަށްގިނަބަޔަކުވެސް ކޯނީ ނުފެނިގެން އުޅޭ ޚަބަރުތައް ދަނީ ލިބެމުންނެވެ. ސަބަބެއްކަމަށް އެފަރާތްތަކުން ބުނަމީ އިންސާނުންނަކީ އުނިބަޔަކަށް ވާއިރު އެރިޕޯރޓްގައިވެސް އުނިކަންތައްތަކެއް ހުރެދާނެކަން ކޯނީ އުފެއްދެވި ފަރާތުންވެސް ދެކިލައްވަންޖެހޭނެތީއެވެ. ނަމަވެސް ހޯމްނިމިސްޓަރ ޖަމީލުވެސް އިއްޔެ ވިދާޅުވެފައިވަނީ ދެންއިތުރަކަށް ކޯނީއަކުން ކުރާނެކަމެއްނޯންނާނެކަމުގައެވެ. އެއީތެދުފުޅެކެވެ. ކޯނީއެހިސާބުން ދެންއެ ޚަލާޞްވީއެވެ. އެޔެއްދެނެއްނާންނާނެއެވެ. ނެރުނު ރިޕޯރޓްގައި ފިހުރިސްތުމަދަށް އަދި އެޕެންޑިސަސް މަދަސް ދެންކުރެވޭނެކަމެއް އޮވެދާނެތޯ ސުވާލުއުފެއްދުމާއި ނުއުފެއްދުމަކީ ކިޔާމީހުންގެ ކަމެއްތާއެވެ.

 

ލިޔުނީ: ޢަބުދުލް ޙަމީދު ޢަބުދުއްރަޙްމާން ( އެޑިޓަރ )

ޢަބުދުލް ޙަމީދަކީ ލިޔުންތެރިކަމުގެ ފަންނުގައި ކޮންމެ ރޮނގަކުންވެސް ލިޔެވިދާނެ ކުޅަދާނެ މައުލޫމާތު ގެ ޚަޒާނާއެކެވެ. ބިޒީ ޝެޑިއުލްގެ ތެރެއިންވެސް ހެޔޮބަސް ބުނުމާއި ހެޔޮކަންކަމަށް ގޮވާލައި ، އޮއްޓަރު ހުރި ޢިލްމީ ދިރާސާތައް ފެންނަމުންދާކަމީ މިކަމަށް ދެއްވާ ޝަޢުޤުވެރިކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ. .

މިލިޔުންވެސް ކިޔާލާ

ރ.އަތޮޅު ޗެމްޕިއަންކަން މީދޫ ނަގައިފި.

މިނިވަން 50 ގެ މުނާޞަބަތުގައި މުޅިރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ “އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ” މިއަހަރުގެ މުބާރާތުގެ ރ.އަތޮޅުގެ ޗެމްޕިއަންކަން …

ޚިޔާލެއްދެއްވާ

avatar
ދިގުދޫ
ދިގުދޫ

ކޯނީގެ ރިޕޯޓްގައި ފުލުހުން ހިންގި ޤާނޫނާއި، ޚިލާފު ޢަމަލު ތަކުގެ ވާހަކަ އެބައޮތެވެ. ރިޕޯޓް ރަގަޅަށް އަދި އެއްފަހަރު ނަމަވެސްަ ދިރާސާ ކޮށްލައްވާށެވެ. އެރިޕޯޓްގައިވަނީ ފެބުރުއަރީ 8 ވަނަދުވަހު އެމްޑީޕީގެ މުޒާހަރާ ރޫޅާލުމަ’ށް ފުލުހުން އެކަށީގެންވާ މިންވަރަށްވުރެ ބޮޑަށް ބާރުގެ ބޭނުންކޮށް އާއްމުން ނަނަށް އަނިޔ’ާކޮށްފައިވާ ކަމަށް ސާބިތުވާ ކަމަށެވެ. އެހެންވީމާ އެކަންކަން ބެލެންޖެހޭނެއެވެ. މާދަމާ އެހެން ސަރުކާރެއް އައިސް މިހާރު ސަރުކާރު ހިންގަން ތިބިމީހުންނަށް ފުލުހުން އެފަދަ އަނިޔާއެއް ކޮށްފިނަމަ ދެންވާނީ ކިހިނެއްތޯއެވެ.

wpDiscuz