ކޯނީގެ ރިޕޯޓް ކޮންމެ ގޮތަކަށް އޮތަސް ގޮތެއްނިންމާނީ ޕްރޮސެކިއުޓަރޖެނެރަލް – އިސްތަރުޖަމާން

އޮގަސްޓް 31 ގައި ނިކުންނަ ރިޕޯޓަކީ ކަމެއްގެފެށުމެއް ވެސްއަދި ކަމެއްގެ ނިމުމެއްވެސް ނޫންކަމަށާއި، އެރިޕޯޓްގައި ބަޣާވާތެއްކަމަށް ނުވަތަ ބަޣާވާތެއް ނޫންކަމަށް ނިންމާފައި އޮތަސް ދެން އޭގެފަހުން ގޮތެއް ކަނޑައަޅާނީ ދިވެހިރާއްޖޭގެ ޕްރޮސެކިއޓަރ ޖެނަރަލް ކަމުގައި ސަރުކާރުގެ އިސްތަރުޖަމާނު އަލްފާޟިލް ޢައްބާސް ޢާދިލް ރިޒާ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ލައިވްކޮށް ގެނެސްދޭ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި މިރޭ ވާހަކަ ފުޅުދައްކަވަމުންނެވެ. ރިޒާ އިތުރަށް ވިދާޅުވީ ކޮމިޝަނުންކުރައްވާ ކަމަކީ ދިވެހިރާއްޖޭގައި ހިނގާ ދިޔަކަމެއްގެ ތަހްޤީޤު ކުރެއްވުން ކަމަށާއި، އެތަޙްޤީޤު ނިންމާ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުއްވުމުން ޕްރޮސެކިއުޓަރ ޖެނެރަލް އެރިޕޯޓް ދިރާސާ ކުރެއްވުމަށްފަހު ، ދައުވާ ކުރަން ޖެހޭ ފަރާތެއް ވާނަމަ އެފަރާތަކާ ދައުވާ ކުރުމަށް ޝަރީޢަތަށް ފޮނުއްވާނެކަމަށެވެ.

ރިޕޯޓްގައި ވަކިގޮތަކަށް ކަނޑައަޅާ ބުނެފައިވީނަމަވެސް އެއީ ވަގުތުން ކުރީގެ ރައީސް ނަޝީދުއާއި ވެރިކަން ޙަވާލުކޮށް މިހާރުގެ ރައީސް އިސްތިއުފާ ދެއްވަން ޖެހޭނެކަމެއްކަމަށް ދެކިވަޑައިނުގަންނަވާކަމަށެވެ.

ރައީސް މުހައްމަދު ނަޝީދު ވެރިކަން ބަދަލުވި ގޮތް ބަލަން ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އުފައްދަވާފައިވާ ނޭޝަނަލް އިންކުއަރީ ކޮމިޝަނުގެ ތަހުގީގު ރިޕޯޓް މި މަހުގެ 31 ގައި އާއްމު ކުރާ އިރު، އެންމެން ވެސް ތިބީ އެނަތީޖާއަށް އިންތިޒާރު ކޮށްގެނެވެ. އެއްކޮޅުން މިއީ ބަގާވާތެއް ކަމަށް ބުނަމުންދާ އިރު އަނެއް ކޮޅުން މިއީ ގާނޫނީ ސަރުކާރެއް ކަމަށް ދަނީބުނަމުންނެވެ. ނަމަވެސް އިންކްއަރީ ކޮމިޝަންގެ ނަތީޖާ އިން ދެ ގޮތުން ކުރެ ކޮންމެވެސް އެއް ގޮތެއް ކަނޑައަޅާނެ ކަމަށް ގިނަ ބަޔަކު ގަބޫލް ކުރެ އެވެ. އޭގެ ތެރެއިން ބައެއް ފަރާތްތަކުން މިހާރު ވެސް ގެންދަނީ އެކޮމިޝަނުން ނިންމާނެ ގޮތެއް ބަޔާންކޮށް އެކަމާ އެކަމާ އުފާފާޅު ކުރަމުންނެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz