ކޮމެޓީ މަރުހަލާއަށްފަހު 2012 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ލަންދޫގެ ނަރުދަމާ ހިމެނިއްޖެ

ލަންދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް / ފޮޓޯ: ލަންދޫއިންފޯ

 

ލަންދޫގެ ރައްޔިތުންނަށް މިއަދު އެންމެބޮޑަށް ބޭނުންވެފައިވާ ނަރުދަމާގެ ޙިދުމަތް ޤާއިމްކޮށްދިނުމަށްޓަކައި 2012 ވަނައަހަރުގެ ދައުލަތުގެ ބަޖެޓްގައި ލަންދޫގެ ނަރުދަމާގެ މަޝްރޫޢު ހިމެނިފައިވާކަމަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރ އަލްފާޟިލް އަޙްމަދު އީސާ ހާމަކުރައްވައިފިއެވެ.

ލަންދޫގެ ނަރުދަމާއާއި ގުޅޭގޮތުން އަޙްމަދު އީސާއާއި ހަވާލާދެއްވާ ލަންދޫގެ ފުރަތަމަ ކައިންސިލަރ އަލްފާޟިލް މަޖުދުﷲ ޢަބްދުއްރައްޒާޤް މަޖޫ މަޢުލޫމާތު ދެއްވިގޮތުގައި ލަންދޫގެ ނަރުދަމާގެ މަޝްރޫޢު 2012 ވަނަ އަހަރުގެ ބަޖެތްގައި ހިމެނިފައިވަނީ 2012 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ދިރާސާ ކުރެއްވުމަށް ނަންގަވާފައިވާ ކޮމެޓީގެ މަރުހަލާކުރިއަށް ދިޔަދުވަސްވަރު ލަންދޫއަށް ނިސްބަތްވާ އެމްޑީޕީގެ އެކްޓިވިސްޓުންކޮޅެއް ކުރެއްވި ބުރަމަސައްކަތަކާއިވެސް އެކުގައެވެ.

މިގޮތުން ލަންދޫއަށް ނިސްބަތްވާ އެމްޑީޕީގެ އެކްޓިވިސްޓުންތަކެއްވަނީ ރައީސް ނަޝީދު އާއި ބައްދަލްކޮށް މިއަހަރުގެ ބަޖެޓްގައި ލަންދޫގެ ނަރުދަމާގެ މަޝްރޫޢު ހިމަނައިދެއްވުމަށް އެދިފައެވެ. މަޖޫ މަޢުލޫމާތު ދެއްވިގޮތުގައި ލަންދޫގެ ނަރުދަމާ އާޢި އަދި ލަންދޫގެ ތަރައްޤީގެ މަޝްރޫޢުތަކާއި މެދު މަޝްވަރާކުރެއްވުމަށް ރައީސް ނަޝީދުއާއި ބައްދަލްކުރެއްވި ބައްދަލްކުރެއްވުމުގައި ބައިވެރިވެ ލެއްވީ މަޖޫގެ އިތުރުން އަލްފާޟިލް ޢީސާ އަލީ އާއި އަލްފާޟިލް ހަސަން ޢަބްދުލް ޙަކީމް އާއި ހިތްފަސޭހަގޭ އަލްފާޟިލް ހަސަން އަޙްމަދު އެވެ.

ލަންދޫގެ ނަރުދަމާގެ މަޝްރޫއުއަކީ ރައީސްނަޝީދު ރާއްޖޭގެ ރައީސްކަމާއި ހަވާލްވެލެއްވުމަށްފަހު 2009 ވަނައަހަރު ލަންދޫއަށް ވަޑައިގެން އެއަހަރު ހުސްވުމުގެ ކުރިންލަންދޫއަށް  ކޮށްދެއްވާނެކަމަށް ވަޢުދުވެ ލައްވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުޙިއްމު އެއްކަންތައްކަން ފާހަގަކޮށްލެވެއެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

މޮޅުކުޅުންތެރިއަކަށް ވުމަށް އަޚްލާޤު ވަރަށްމުޙިއްމު

ދިރިއުޅުމުގެ ހުރިހާ ކަމެކޭ އެއްފަދައިން ފުޓްބޯޅައިގައިވެސް ކާމިޔާބު މޮޅުކުޅުންތެރިއަކަށް ވުމުގައި އަޙްލާޤު ވަރަށް މުޙިއްމު ދަޢުރެއް އަދާކުރާކަމީ މިއަދު ދުނިޔެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz