ކޮމަންވެލްތުން ރާއްޖެއަށް ފިޔަވަޅެއް އަޅަންޏާ އަޅާނީ އެޖަމާއަތުގެ ސުޓޭޓް ހެޑުންގެ ބައްދަލުވުމަށްފަހުގަ އަދި އެއީ ނޮވެމްބާރ 2013ގެ ފަސް – ނިޙާން

ކޮމަންވެލްތުން ރާއްޖެއަށް ފިޔަވަޅެއް އަޅާކަމުގައިވީނަމަ އެފިޔަވަޅެއް އަޅާނީ އެޖަމާއަތުގެ ސުޓޭޓް ހެޑުންގެ ބައްދަލުވުމަށްފަހުގަ ކަމުގައި ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިޙާން ހުސެންމަނިކް ވިދާޅުވެއްޖެއެވެ. ރޭ ދިޓީވީ ހަބަރު ތެރެއިން ޕޮރޮގުރާމުގައި ވާހަކަދަށްކަވަމުން ނިޙާން ވިދާޅުވީ ކޮމަންވެލްތުގެ ސުޓޭޓް ހެޑުންގެ ބައްދަލުވުމެއް ދެންބާއްވާނީ އަންނަ އަހަރުގެ ނޮވެމްބަރު 14ވަނަ ދުވަހުކަމަށާ،މި މި ދޭތެރޭގައި ސީމެގުން ހުށައަޅާ ރިޕޯޓަށް ގޮތެއްނިންމާނީ ކޮމަންވެލްތުގެ 54 މެންބަރުންގެ ސުޓޭޓް ހެޑުންގެ ބައްދަލުވުމުގެ ކޯރަމް މެޖޯރިޓީންކަމަށެވެ.

މި މޭރުމުން ވާހަކަދަށްކަވަމުން ނިޙާން އިތުރަށް ވިދާޅުވީ މި ޖަލްސާއިން ރާއްޖެއަށް ފިޔަވަޅެއްއަޅާކަމުގައިވަނީނަމަ އަޅާނީ އިލެކްޝަން ކަމިޝަންގެ ފުރިހަމަ މެންޑޭޓްގެ މަތިން އިންތިހާބުވެފައިވާ ސަރުކާރަކާ ދެކޮޅަށްކަމަށެވެ. ނިހާން މި މޭރުމުން ވާހަކަދަށްކަވާފައި ވީނަމަވެސް އަމިއްލަފުޅަށް އިސްތިއުފާދެއްވި ކުރީގެ ރައީސް ނަޝީދު އާއި އެމްޑީޕީއަށް ތާއީދު ކުރާ ބައެއް ފަރާތްތަކުންދަނީ ކޮމަންވެލްތުންރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލަމުންކަމަށް ސިޔާސީ ބައެއްފަރާތްތަކުންދަނީ ބުނަމުންނެވެ.

އަދި ކޮމަންވެލްތުން ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލަމުންއެގެންދަނީ 2013ގެ ރިޔާސީ އިންތިހާބް އެމްޑީޕީއަށް ކާމިޔާބު ނުކުރެވޭނެކަން ޔަގީން ވުމުންކަމަށް އެފަދަ ފަރާތްތަކުންދަނީ ބުނަމުންނެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

ކޮމަންވެލްތުގެ ބަހަށް ބޯނުލަނބާނަމަ…………!

މުޅިރާއްޖެ ސިޔާސީވެއްޖެއެވެ. އިސްލާމް ދީނުގެ ދިފާޢުގައި ނޫނީ އެއްވެސް ސިޔާސީ ބޭފުޅަކު ބަސްފުޅު ވިދާޅެއްނުވެއެވެ. ކޮންމެ ފަދަ ވާހަކައެއް ދައްކަމުންވެސް …

ޚިޔާލެއްދެއްވާ

avatar
wpDiscuz