ކޮއިފުޅާއެވެ. ތިބާގެ ގަލަން ލުޤްމާނުގެފާނާއި ދުރުކުރާށެވެ!

ލިޔުނީ: އައްނޫނީ

 

ކޮއިފުޅާއެވެ. ދިބާގެ ދުލާއި ގަލަން ރައްކާތެރިކުރާށެވެ. އަދި ތިބާއަށް އެނގިގެން ނުވާ ކަންކަމުގެ ވާހަކަ ދައްކައި ލިޔެ ނަހަދާށެވެ. އެއީ ތިބާގެ ޢިލްމުގެ މަދުކަމުން ﷲ ތަޢާލާ މީސްތަކުންގެ މައްޗަށް އުފުއްލަވައި ޢިއްޒަތް ދެއްވާފައިވާ ނަބިއްޔުންނާއި، ޞިއްދީޤުންނާއި އަދި ޢާލަމްތަކުގެ މައްޗަށް މަތިކުރައްވާފައިވާ ބޭބޭކަލުންގެ ޤަދަރަށް އުނިކަން އަންނަފަދަ ބަސްތައް ބުނެވިދާނެތީއެވެ. ހަމަކަށަވަރުން ތިބާގެ ކޮށި ގަލަމުން ކޮންމެފަދަ އެއްޗެއް ލިއުނަސް އެބޭކަލުންގެ ޢިއްޒަތަކަށް އެއްވެސް އުނިކަމެއް ނާންނާނެއެވެ. އެހެނީ އެބޭކަލުންނަށް ޢިއްޒަތްތެރިކަން ދެއްވީ ޢިއްޒަތްވަންތަ ރަސްކަލާނގެ ފަރާތުންނެވެ. އެހެނެއްކަމަކު ތިބާއަށް އެކަމުގެ ޢިލްމެއް ނުވާ ކަމެއްގެ ސަބަބުން ދުނިޔެއާއި އާޚިރަތުގައިވެސް ތިބާއަށް ނިކަމެތިކަން ލިބިދާހުއްޓެވެ.

ކޮއިފުޅާއެވެ. ސަމާސާކުރުމާއި ހެއްވާ ވާހަކަދެއްކުމުގައި ވަކި ހައްދެއް ވެއެވެ. މީހުން ހެއްވުމަށްޓަކައި ތިބާ ﷲއާއި އެއިލާހުގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އަދި ކީރިތި ޤުރްއާނާއި ސުންނަތުގައި 7 އުޑުގެ މަތިން ތަޛްކިޔާ ދެއްވާފައިވާ ފަރާތްތަކަށް ފުރައްސާރަ ނުކުރާށެވެ. އެކަމުގެ ސަބަބުން ތިބާއަށް ނަރަކައިން ޖާގައެއް ކަށަވަރުވެދާނެއެވެ.

ކޮއިފުޅާއެވެ. އެންމެ މޮޅުމީހަކީ ތިމާ ހިތައް އަރާހާ އެއްޗެއް ހިތުހުރިގޮތަކަށް ބަޔާންކުރާ މީހާއެއް ނޫނެވެ. އަދި ތިމާއަށް ފެންނަހާ އެއްޗެއް އެއީ ރަނގަޅު އެއްޗެއްކަމަށް ބަލައި އަނެކުންނަށް ވާޞިލުކުރާ މީހާއެއްވެސް ނޫނެވެ. މޮޅުމީހަކީ ހެޔޮ ރަނގަޅު ތަކެތީގެ ތެރެއިން ކުނި ވަކިކޮށް، ހެޔޮނުބައި ވަކިކޮށް އޮޅުންފިލުވަން އެނގޭމިހާއެވެ.

ކޮއިފުޅާއެވެ. ލުޤްމާނުގެފާނަކީ ކޮއިފުޅު ސަމާސާކުރާފަދަ އާދައިގެ އިންސާނެއް ނޫނެވެ. ކީރިތި ޤުރްއާނުގައި ސޫރަތަކަށް އެކަލޭގެފާނުގެ ނަމުން ނަންދެއްވާފައި ވެއެވެ. އަދި ލުޤްމާނު ޙަކީމް ކިޔަނީ އެކަލޭގެފާނު ބޭސްވެރިއަކަށް ވިތީކީ ނޫނެވެ. އެއީ ﷲ ތަޢާލާ އެކަލޭގެފާނަށް ޙިކުމަތްތެރިކަން ދެއްވާފައި ވާތީއެވެ. ވީމާ ކޮއިފުޅުގެ ގަލަން އަވަހަށް އެކަލޭގެފާނުގެ ނަންފުޅުން ނަގާށެވެ. ހަދީޘް ބަސްފުޅުގައި ވާފަދައިން ކިޔާ ނަމަ ހެޔޮއެއްޗެއް ކިޔާށެވެ. ނޫންނަމަ ހަނުހުންނާށެވެ. އަދި މިފަދަ ލިއުންތައް ޢާއްމުކުރާ ފަރާތްތަކުންވެސް ޚަބަރުދާރުވާށެވެ. ކޮންމެ މީހަކަށްވެސް އެމީހެއްގެ ބެލުމުގެ ދަށުގައި ކަންކަމާއިމެދު ސުވާލުވެވޭނެއެވެ.

ކޮއިފުޅާއެވެ. ލުޤްމާނުގެފާނުގެ ވާހަކަ ނޭންގޭނަމަ ކީރިތި ޤުރްއާނުގެ 31 ވަނަ ސޫރަތް(ލުޤްމާން) ގެ 12 ވަނަ އާޔަތުން 19 ވަނަ އާޔަތަށް ލިޔަވާށެވެ. އަދި އެކަލޭގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވާފައިވާ ނަޞޭޙަތަކީ ކޮއިފުޅަށްވެސް ދެއްވާފައިވާ ނަޞޭޙަތެއްކަމަށް ޤަބޫލުކުރާށެވެ. އެންމެ ހެޔޮމީހަކީ ހެޔޮބަސް އަހާ ހެޔޮބަސް ޤަބޫލުކުރާ މީހާއެވެ.

މާތްﷲގެ ވަޙީބަސްފުޅުގެ މާނާގައި ލުޤްމާން ސޫރަތުގައި ވެއެވެ. ” ހަމަކަށަވަރުން، ތިމަންރަސްކަލާނގެ لقمان ގެފާނަށް حكمة ދެއްވީމެވެ. އަދި اللَّه އަށް شكر ކުރުމަށް އެންގެވީމެވެ. އަދި شكر ކުރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ شكر ކުރާކަން ކަށަވަރީ، އޭނާގެ އަމިއްލަ نفس އަށްޓަކައެވެ. އަދި كافر ވިމީހާ (ދަންނާށެވެ!) ހަމަކަށަވަރުން، اللَّه އީ، ފުދިވޮޑިގެންވާ، حمد ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ. (12) އަދި لقمان ގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް نصيحة ދެއްވަމުން ވިދާޅުވިހިނދު ހަނދުމަކުރާށެވެ! އޭ ދަރިފުޅާއެވެ! اللَّه އަށް ތިބާ شريك ނުކުރާށެވެ! ހަމަކަށަވަރުން، شريك ކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ. (13) އިންސާނާއަށް، އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށް ހިތުމަށް) ތިމަންރަސްކަލާނގެ وصية ކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތި ކަމާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކިރު ތުނބުން ވީއްލުންވަނީ، ދެއަހަރުގައެވެ. (ތިމަންރަސްކަލާނގެ أمر ކުރެއްވީމެވެ.) ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް شكر ކުރާށެވެ! އެނބުރި رجوع ވުން ވަނީ، ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ. (14) އަދި ތިމަންރަސްކަލާނގެއާމެދު، ތިބާއަށް އެނގުމެއްނުވާ އެއްޗެއް شريك ކުރުމަށް، އެ ދެމީހުން ގަދައަޅައިފިނަމަ، ފަހެ، ތިބާ އެ ދެމީހުންނަށް ކިޔަމަންނުވާށެވެ! އަދި ދުނިޔޭގައި ހެޔޮގޮތުގައި އެ ދެމީހުންނާއެކު އުޅޭށެވެ! އަދި ތިމަންރަސްކަލާނގެ حضرة އަށް ކިޔަމަންވެ، رجوع ވީ މީހުންގެ މަގަށް تبع ވާށެވެ! ދެން ތިޔަބައިމީހުން އެނބުރި رجوع ވުން ވަނީ ތިމަންރަސްކަލާނގެ حضرة އަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު عمل ތަކުގެ خبر ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަންގަވާހުށީމެވެ. (15) އޭ ދަރިފުޅާއެވެ! ހަމަކަށަވަރުން، އެ عمل އަކީ ރެވިއޮށްޓަރެއްގެ ބަރުދަންހުރި عمل އެއް ކަމުގައިވިޔަސް، ހިލައެއްގެ ތެރޭގައިވިޔަސް، ނުވަތަ އުޑުތަކުގައިވިޔަސް، ނުވަތަ ބިމުގެ ތެރޭގައިވިޔަސް (قيامة ދުވަހުން) اللَّه އެ عمل އެއް ގެންނަވާނެތެވެ. ހަމަކަށަވަރުން، اللَّه އީ، އޯގާވަންތަކަން ބޮޑު، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. (16) އޭ ދަރިފުޅާއެވެ! ތިބާ ނަމާދު قائم ކުރާށެވެ! އަދި ހެޔޮކަންތަކަށް أمر ކުރާށެވެ! އަދި ނުބައިކަންތައް ނަހީކުރާށެވެ! ތިބާޔަށްޖެހޭ مصيبة އަށް ކެތްކުރާށެވެ! ހަމަކަށަވަރުން، އެކަންވަނީ، عزم ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ. (17) އަދި މީސްތަކުންނަށް كبر ވެރިވެ، ތިބާގެ ކޯތާފަތް އަނބުރައިނުލާށެވެ! (އެބަހީ: މޫނު އަނބުރައި ނުލާށެވެ!) އަދި ބޮޑާވެގެންވާ حال، ބިމުގައި ނުހިނގާށެވެ! ހަމަކަށަވަރުން، كبر ވެރިވެ، فخر ވެރިވާ އެއްވެސް މީހަކުދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ. (18) އަދި ތިބާ ހިނގާ ހިނގުމުގައި މެދުމިނަށް ހިނގާށެވެ! އަދި ތިބާގެ އަޑު މަޑުކުރާށެވެ! ހަމަކަށަވަރުން، އަޑުތަކުގެ ތެރެއިން އެންމެ ހުތުރުވެގެންވާ އަޑަކީ حمار ގެ އަޑުކަން ކަށަވަރެވެ.

އަސްލު: ދިވެށި.ކޮމް

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ރ.އަތޮޅު ޗެމްޕިއަންކަން މީދޫ ނަގައިފި.

މިނިވަން 50 ގެ މުނާޞަބަތުގައި މުޅިރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ “އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ” މިއަހަރުގެ މުބާރާތުގެ ރ.އަތޮޅުގެ ޗެމްޕިއަންކަން …

ޚިޔާލެއްދެއްވާ

avatar
އިބްނުހަޖަރު
އިބްނުހަޖަރު

އައްދޭ ދެލޯފުޅާ. ޒަހީނުގެ ލިޔުމަށްރައްދު ދޭން . ހާދަވަރެކޭ ތިޔައަރުވާލީ. ޒަހީނުގެ އެލިޔުމުގައި ކަނޑައެޅިގެން ލުޤުމާންގެ ފާނުގެވާހަކައެއް ނުވެސް ނެތެއްނު. އެކަމަކު ދޯ ހާދަވަރެކޭ. އެއީ ސާމަސާ އަދަބުގެ ލިޔުމެކޭ. ލުޤުމާނުގެ ފާނުގެ ވާހަކަ އެލިޔުމުގައި އައިސްފައެއް ނެތޭ.

wpDiscuz