ކޮންމެ ދިވެއްސަކަށް މަހަކު ދެހާސް ރުފިޔާގެ އެލަވަންސް އެއް ދިނުމަށް ހުށައަޅަނީ

ބޯވަތި ވަމުން މިއަންނަނީ ސިޔާސީ ލީޑަރުން އެ ބޭފުޅުންގެ މަޤްޞަދުތައް ހާޞިލް ކުރެއްވުމަށްޓަކައި އާއްމު ރައްޔިތު މީހާ ގާތައްގޮސް ތަފާތު ވަޢުދުތައް ވެލެއްވުމުގެ ދުވަސްވަރެވެ. އާދެ ! ރިޔާސީ އިންތިހާބަށް ތައްޔާރުވެ ވޯޓް ހޯއްދެވުމަށް ކެމްޕޭން ކުރެއްވުމުގެ ދުވަސްވަރެވެ.

ދިވެހިރާއްޖޭގައި ފުރަތަަމަ ފަހަރަށް ބޭއްވުނު މަލްޓި ޕާރޓީ އިންތިޙާބުގައި ވާދަކުރެއްވި ހުރިހާ ކެންޑިޑޭޓުން ވެސް ވަނީ ވަރަށް ގިނަގުނަ ވަޢުދު ތަކެއް ވެލައްވާފައެވެ. މީގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވިގެން ދިޔަ އެއްވަޢުދަކީ 65 އަހަރުން މަތީގެ އެންމެނަށް ދެހާސް ރުފިޔާގެ އެލަވަންސް އެއް ދިނުމަށް އޭރުގެ އެމްޑީޕީ ކެންޑިޑޭޓް އަލްފާޟިލް މުޙައްމަދު ނަޝީދު ( އަންނި ) ވެލެއްވި ވަޢުދެވެ.

ރައީސް ނަޝީދުގެ މި ވަޢުދާއި ގުޅިގެން ރާއްޖޭގެ ގިނަބައެއްގެ ތާއީދާއި ވޯޓް ނަޝީދުއަށް ލިބިގެން ދިޔައިރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން 2013 ގެ އިންތިހާބަށް ރައީސް ނަޝީދު ނިކުންނަވާ އިރު  ދިވެހި ކޮންމެ ފަރުދަކަށް =/2000 ރ. ( ދެހާސް ރުފިޔާ ) ގެ އެލެވަންސްއެއް ދިނުމަށް އިއުލާން ކުރުމަށް އަންނަނީ ތައްޔާރު ވަމުންނެވެ.

މަޢުލޫމާތުތައް ލިބެމުންދާ ގޮތުގައި 2013 ގެ އިންތިހާބަށް ރައީސް ނަޝީދު ތައްޔާރު ވުމުގައި އެންމެ ބޮޑު ކެމްޕޭން ޝިޔާރެއްގެ ގޮތުގައި މިފަހަރު ގެންގުޅުއްވާނީ ” ދިވެހި ކޮންމެ ދަރިއަކަށް ދެހާސް ރުފިޔާ ” މި ޝިޔާރެވެ.

ރައީސް ނަޝީދުގެ މި ޝިޔާރު އިޢުލާނުކޮށް މި ޝިޔާރު ބޭނުން ކުރައްވަން ފަށައިފިނަމަ ރާއްޖެތެރޭން ރައީސް ނަޝީދަށް ގެއްލެމުންދާ ތާޢީދު އަލުން ލިބި ގިނަބައެއްގެ ވޯޓް އަނެއްކާވެސް ރައީސް ނަޝީދަށް ލިބިގެން ދިއުމަކީ ވަރަށް ކައިރިކަމެއް ކަމަށް ގިނަބަޔަކު ޤަބޫލް ކުރެއެވެ. އެހެނީ ނިމި ދިޔަ ރިޔާސީ އިންތިހާބުގައިވެސް 65 އަހަރުން މަތީގެ މީހުންނަށް ދެހާސް ރުފިޔާގެ އެލެވަންސް އެއް ދިނުމަށް ނިންމުމާއި ގުޅިގެންވެސް އެތައްބައެއްގެ ވޯޓް ރައީސް ނަޝީދަށް ލިބިގެން ގޮސްފައި ވެއެވެ.

ކުރިމަތި ވަމުން އަންނަ 2013ގެ ރިޔާސީ އިންތިހާބާާއި ދިމާާކޮށް ސިޔާސީ ވެރިން ތަފާތު ވަޢުދުތައް ވެލައްވާނެކަމީ މިއަދު ދިވެހި ކޮންމެ ދަރިޔަކުވެސް ދަންނަ ހަޤީގަތެކެވެ. ކޮންމެ ބޭފުޅަކު ، ކޮންމެ ވަޢުދެއް ވެލެއްވިނަމަވެސް ދިވެހިން އެބައިމީހުންގެ ރައީސެއް އިޚްތިޔާރު ކުރުމުގައި ކުރިއަށްވުރެ މާ ބޮޑަށް މިފަހަރު ވިސްވަނާާނެކަން ޔަޤީނެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

އައިޕީޔޫ އިން ރާއްޖެއަށް ވަފުދެއް ފޮނުވަން ނިންމުމުން ރައީސް މައުމޫނު މަރުހަބާ ވިދާޅުވެއްޖެ.

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުންގެ ހައްގުތަކަށް އަރައިގަނެ އެ މެންބަރުންގެ ހައްގުތައް ނިގުޅައިގެންފައިވާކަމަށް ބުނެ އިންޓަޕާލިމެންޓްރީ ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށް …

ޚިޔާލެއްދެއްވާ

avatar
ސާމަރާ... ނ.ލަންދޫ
ސާމަރާ... ނ.ލަންދޫ

ލަންދޫ އިންފޯއިން މި ލިޔުން ލިޔެ އާންމުކޮށްދިން ކަމަށްޓަކައި ހިތުގެ އިހުލާސްތެރި ސުކުރެއް ދަންނަވަން.އަދި ލިޔުމުގެ މުސައްނިފަށް ހިތްވަރާއި ސާބަސް ރައްދުކުރަން.. 2013 މާﷲ ގެ ވާގިފުޅާއި އެކު ރައީސް ނަސީދު ކާމިޔާބު ކުރައްވާނެ…އެއީ ހިތްވަރުގަދަ ހިތްތިރި ބޭފުޅެއް..

ކުރާނެ
ކުރާނެ
ތިވައުދު ވަނީ ރައީސް ނަސީދު ކަމުގައިވަނީނަމަ އެމަނިކުފާނާ ދޭތެރޭގައި އަޅުގަނޑު ސައްކެއް ނުކުރަން، މުސްކުޅިންގެ 2 ހާސް ރުފިޔާ ނުލިބޭތޯ، މިހާރު ގާނޫނުވެސް ލާޒިމްކުރޭ، ދަތުރުފަތުރުގެ ނިޒާމްގެ ތެރެއިން ފެރީ ދަތުރު ނުކުރޭތޯ، އިރާދަ ކުރެއްވިއްޔާ ހައެއްކަ އަހަރުފަހުން ދަތުރުފަތުރުގެ ނިޒާމް ލައްކަތަނުން ރަގަނޅުވާނެ، ބޭސް ސިޓީއަށް ސަލާންޖެހުން، ހިލޭ ބޭސް ފަރުވާ ނުކުރެވޭތޯ، އިރާދަ ކުރެއްވީތީ އަޅުގަނޑުމެން އެއްދުވަހު އައިޖީ އެމްއެޗްގައި ތިބެގެންވެސް މީީހެއްގެ ކައިރިއަށް ސަލާން ނުޖަހާ ބޭސްފަރުވާ ކުރެވޭ، ބޯހިޔާވަހިކަން ހޯދައިދޭން ފުލެޓް އަޅަން ނުފަށާތޯ، ފަށާ ނިމުމުގެ މަގުމަތީގައި އެހެރީ މީގެކުރިން 15 އަހަރުން އަޅުގަނޑުމެންނަށް ނުލިބުނު ފެލެޓް އެއްފަހަރާ އަޅާފަ ނިންމަނީ، އެމަނިކުފާނުގެ ވައުދުތަކުގެ ތެރެއިން އެއްމެ ވައުދެއް (ޑުރަގުގެ ވަބާ) ފުއްދުމުގެ ޒިންމާ ހަވާލުކުރި އެމަނިކުފާނުގެ ނައިބު އެހެރީ ނަސީދަށް ލަޑުދީފަ ވެރިކަމާ ހަވާލް ވެގެން، ދެންބައްލަވާ މިވޭތުވެދިޔަ 7 މަސް ދުވަހުގެ ތެރޭގައި ވަހީދާ ވަހީދުގެ ގުރޫޕަށް އެއްމެ ވައުދެއްވެސް ވާންކެރިއްޖެތޯ،… Read more »
ބެއްޔާ
ބެއްޔާ

ސާބަހޭ ރައީސުލް ޖުމްހޫރިއްޔާ. އަޅުގަނޑުމެން އަދިވެސް މި އިންތިޒާރު ކުރަނީ މަނިކުފާނަށް. މަނިކުފާނު މިޤައުމާ ޙަވާލުވެލައްވާ. ދެން އެކަމަކު އެހާ ފަސޭހައިން އިސްތިއުފާ ނުދެއްވާތި އިނގޭތޯ..

wpDiscuz