” ކޭ،ވައި،އެމް، ޗެލެންޖު ކަޕް” މިއަހަރުވެސް ބާއްވަގޮތަށް ހަމަޖައްސައިފި

 ލިޔުނީ: އާދަމް ނިޔާމް، ނ. ކުޑަފަރި

ނ، ކުޑަފަރީގައި ބާއްވަމުން އަންނަ ސިކްސް އަ ސައިޑު ފުޓްބޯޅަ މުބާރާތް ” ކޭ،ވައި،އެމް، ޗެލެންޖު ކަޕް” މިއަހަރުވެސް ބާއްވަގޮތަށް ހަމަޖައްސައިފިއެވެ. 4 އުމުރު ފުރާއަކަށް ބަހާލައިގެން ކުޅޭ މުބާރާތުގައި، 19 އަހަރުން މަތީގެ އުމުރުފުރާ އަށާއި 19 އަހަރުން ދަށުގެ އުމުރު ފުރާގެ ޗެމްޕިއަށް ޓީމަކަށް 5000 ރުފިޔާ ހުށައަޅާފައި ވާއިރު 14 އަހަރުން ދަށުގެ އުމުރު ފުރާއަށް 2500 ރުފިޔާ ހުށައަޅަފައިވެއެވެ.  މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރ 10، 2012 ގައި ކުޑަފަރީ ފުޓުބޯޅަ ދަނޑުގައެވެ.

މިދިޔައަހަރު މި މުބާރާތުގައި ނ. އަތޮޅުގެ 5 ރަށަކުން  ޓީމްތަށް ބައިވެރި ކުރިއެވެ، އޭގެ ތެރޭގައި މަނަދޫ، ޅޮހީ، މާފަރު، މާޅެންދޫ އަދި ކުޑަފަރީގެ ޓީމް ތަށް ހިމެނެއެވެ. މިއަހަރުގެ މުބާރާތުގައި ބައިވެރި ވުމަށް އަތޮޅުގެ އިތުރު ރަށްރަށުން ސައުގުވެރިކަން ފާޅުކޮށްގައި ވާކަމަށް މުބާރާތް ހިންގާ ފަރާތް ކަމަށްވާ “ކުޑަފަރީ ޔޫތު މޫވްމަންޓު”ގެ ރައީސް އަހުމަދު މަމްދޫހު ވިދާޅުވެއެވެ.

ކޭވައި އެމް ގެ ފުރަތަމަ މުބާރާތް “ކޭވައި އެމް، ޗެލެންޖު ކަޕް 2011″ ގެ 19 އަހަރުން މަތީ އުމުރު ފުރާގެ ޗެމްޕިއަން ޓީމަކީ ކުޑަފަރި އެފް ސީ މެރިޓް، 19 އަހަރުން ދަށުގެ އުމުރު ފުރާގެ ޗެމްޕިއަންޓީމަކީ ނ. ކުޑަފަރީ ގެ ޓީމެއްކަމަށްވާ ” އެމް، އެކްސް، އެފް ސީ” އަދި 14 އަހަރުން ދަށުގެ އުމުރު ފުރާގެ ޗެމްޕިއަން ޓީމް އަކީ ޔަންގް ކަރޭޖްސް އެވެ.

އަދި އަންހެނުން އަށް ހާއްސަ ކޮށްގެން ބާއްވާ ކޭވައި އެމް ދެވަނަ ބަށި މުބާރާތް ވެސް މިއަހަރު އޮންނާނެ ކަމަށް އަހުމަދު މަމްދޫހު ވިދާޅުވެއެވެ، “މިދި ޔަ އަހަރު ކުޑަފަރީގެ ޓީމްތަށް އެކަނި ބައިވެރި ވިކަމުގައި ވިޔަސް މިއަހަރު މިފުރުސަތު ވަނީ މުޅި އަތޮޅަ އަދި މުޅި ރާއްޖެ އަށް ހުޅުވާ ލެވިފައި” ވިދާޅުވިއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ރޭ މާޒިޔާ އާއި މިލަންދޫ ވާދަކުރި މެޗް މާޒިޔާކާމިޔާބުކޮށްފި.

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ށ.މިލަންދޫ ވާދަކުރި މެޗް މާޒިޔާ ކާމިޔާބުކޮށްފިއެވެ. މިމެޗް …

ޚިޔާލެއްދެއްވާ

avatar
wpDiscuz