ކުރީގެ ރައީސް މުހައްމަދު ނަޝީދު ގަނޫނާއި ހިލާފަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައްޔަރުކޮށްފައިވާ މައްސަލަ ޕީޖީ އޮފީހުން ބޭރުކޮއްލުމަށް އިންތި ގޮވާލައިފި.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ގަނޫނާއި ހިލާފަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައްޔަރުކޮށްފައިވާ މައްސަލަ ޕީޖީ އޮފީހަށް ހުށައަޅާފައިވާ ވުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރް އިމްތިޔާޒް ފަހުމީ އެމައްސަލަ ބޭރުކޮށްލުމަށް ގޮވާލައިފިއެވެ.

އިމްތިޔާޒު ވިދާޅުވީ ގައުމުގައި އިންސާނީ ކަރާމާތާއި ރައްޔިތުން އިންތިހާބު ކުރާ ވެރިކަމަކަށްޓަކައި މުޅި އުމުރު ދުވަސް ހޭދަކުރެއްވި ނަޝީދު ހިއުމަން ރައިޓްސް ކޮމިޝަނަށް ހާޒިރު ކުރައްވައި އަދި ޕްރޮސެކިއުޓް ކުރުމަށް ވެސް ހުށަހަޅުއްވާފައިވާ ކަމަށެވެ.

އިމްތިޔާޒަށް ރައްދު ދެއްވަމުން މާފަންނު ހުޅަނގު ދާއިރާގެ ޑީއާރުޕީ މެމްބަރު އަބްދުﷲ އަބްދުއްރަހީމް ވަނީ ކުށްވެރި ކުރައްވައިފައެވެ. އޭނާ ވިދާޅުވީ އަނިޔާވެރިވެއްޖެ ނަމަ އެ މީހެއްގެ މައްޗަށް ތަހުގީގު ހިންގެން ޖެހޭނެ ކަމަށާއި އެ މައްސަލައެއް ޝަރުއީ ކޯޓެއްގައި ހިނގައި އެ މީހަކު އެ މައްސަލަ އަކުން ބަރީއަ ވަންދެން ޝަރީއަތް ކުރިއަށް ދާންޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ބަޣާވާތް ކޮށްގެން ނަޝީދުގެ ވެރިކަން ބަދަލުކުރި ކަމަށް އެމްޑީޕީން ބުނާއިރު ކޯޓުތައް އިންސާފުވެރި ނޫން ކަމަށް ބުނެ އެ މައްސަލާގައި ކޯޓަށް ނުދެވޭ ކަމަށާއި އެކަމަކު ރާޅުގަނޑުގެ ޓެންޓުތައް ރޫޅާލި މައްސަލާގައި އެމްޑީޕީ އަށް ކޯޓަށް ދެވިއްޖެ ކަމަށް އަބްދުﷲ އަބްދުއްރަހީމް ވިދާޅުވިއެވެ.

ގާނޫނާއި ހިލާފަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލަ ތަހްގީގުކުރުމަށްފަހު އެމައްސަލަ ވަނީ ޕީޖީ އޮފީހަށް ފޮނުވާފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި ޕީޖީ އޮފީހުން ބުނީ އެމައްސަލައިގެ ހަމައެކަނި ދައުވާ ލިބެނީ ކުރީގެ ރައީސް ނަޝީދަށް އެކަނިކަމަށެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

އަބްދުﷲ ގާޒީ މައްސަލާގައިވެސް ދައުވާކުރަނީ ނަޝީދު އާއި ދެކޮޅަށް..

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނު އަސާސީއާ ހިލާފަށް، ސަލާމަތީ ބާރުތަކުން އެކަހެރިކޮށްގެން ގިރިފުށީގައި ގެންގުޅުނު މައްސަލައިގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz