ކުރީގެ ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި މައްސަލަ 241 ކޮމެޓީއަށް.

ކުރީގެ ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވީ ބަޔަކު ބިރު ދައްކައިގެންކަމަށް އެމަނިކްފާން ވިދާޅުވަމުން ގެންދަވާތީ އެކަމުގެ ހަގީގަތް ބެލުމަށް ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ ( 241 ކޮމިޓީ) އަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕު މެމްބަރު އަލްހާން ފަހުމީ ހުށައެޅުއްވި މައްސަލަ މިއަދު ކޮމިޓީގައި އެޖެންޑާ ކުރެވި ކުރިއަށް ގެންދަން އުޅެނިކޮށް އެކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީ މެމްބަރުން ކޮމިޓީ ދޫކުރައްވާއި ވަޑައިގެންފިއެވެ.

މިއަދު ހެދުނު އެގާރަގަޑި ފަނަރައިގަ ބޭއްވުމަށް ހަމަޖައްސަވާފައިވާ މިބައްދަލުވުމަށް އަލްހާން ހުށައެޅި މައްސަލަ އެޖެންޑާކޮށްފައިވަނިކޮށް ކޯރަމް ގެއްލިގެން ބައްދަލުވުން ވަނީ ކެންސަލްކޮށްފައެވެ. މިއަދުގެ ބައްދަލުވުން ކެންސަލް ކުރެއްވީ އެ ކޮމެޓީގެ މުގައްރިރު މާމިގިލީ ދާއިރާގެ ގާސިމް އިބްރާހީމް ބައްދަލުވުން ފައްޓަވައި އެއީ ސިއްރު ބައްދަލުވުމެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށްޓަކައި ވޯޓަށް ވަޑައިގަންނަވަން އުޅުއްވަނިކޮށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރ އިބްރާހިމް މުހައްމަދު ސޯލިހާއި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކާއި ދިއްދޫ ދާއިރާގެ އަހުމަދު ސަމީރާއި ގަލޮޅު އުތުރު ދާއިރާގެ އީވާ އަބްދުﷲ ގެ އިތުރުން މިނިވަން މެމްބަރު ވެލިދޫ ދާއިރާގެ އަލީ މުހައްމަދު ކޮމިޓީ ދޫކުރައްވައި ވަޑައިގަތުމުންނެވެ.

މިއަދުގެ މި ބައްދަލުވުމާއި ބެހޭގޮތުން މައްސަލަ ކޮމިޓީއަށް ހުށައެޅުއްވި މެމްބަރު އަލްހާން ބައެއް މިޑީއާތަކުގައި ވިދާޅުވެފައިވަނީ އެމްޑީޕީން ކަނޑައެޅިގެން ބުނަމުންދާ ވާހަކައެއްގެ ހަގީގަތް ބެލުމަށް ހުށަހެޅި މައްސަލައެއް ކުރިއަށް ގެންދަން އުޅެނިކޮށް އެ ޕާޓީގެ މެމްބަރުން ކޯރަމް ގެއްލުވާލުމުން ހައިރާންވެ ވަޑައިގަންނަވާ ކަމަށެވެ. އަދި އެމައްސަލަ ހުށައަޅާފައިވަނީ ނަޝީދު އިސްތިއުފާ ދެއްވީ މަޖްބޫރުވެގެންކަމަށް އެމްޑީޕީން ބުނަމުންދާއިރު އެމައްސަލައިގެ ހަގީގަތް ބަލަންޖެހޭކަމަށް ގަބޫލް ކުރައްވާތީކަމަށެވެ.

ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަން ބަދަލުކޮށްފައި ވަނީ ބަޔަކު ބިރު ދައްކައިގެން ކަމަށް އެ މަނިކުފާނު ވިދާޅުވަމުން ގެންދަވާތީ އެކަމުގެ ހަގީގަތް ބަލައި ދިނުމަށް އެދި 241 ކޮމެޓީއަށް ފޭދޫ ދާއިރާގެ މެމްބަރު އަދި އެމްދީޕީގެ ނައިބް ރައީސް އަލްހާން ފަހުމީ ހުށަހެޅުއްވި މައްސަލަ އެ ކޮމެޓީގެ މިއަދުގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފައި ވަނިކޮށް އެމްޑީޕީ މެމްބަރުން ނުކުމެ ވަޑައިގަތުމުން ކޯރަމް ގެއްލި އެ މައްސަލަ ކުރިއަށް ނުގެންދެވުނު އިރު އެޕާޓީގެ ނުފޫޒުގަދަ ފަރާތްތަކާއި އަދި ޕާޓީގެ އިންތިހާބީ ލީޑަރ ޝިޕްގަ ތިއްބެވި ބޭފުޅުންނާއި ދެމެދު ވަރަށް ބޮޑަށް ހިޔާލް ތަފާތު ވެފަވާކަމަށް ވަނީ އަޑުފެތުރިފައެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

ފުލުހުންނަށް ކޮށްފައިވާ އަމުރު ތަންފީޒް ކުރާނަން – ފުލުސް

ކުރީގެ ރައީސް ނަޝީދު ހައްޔަރުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ހުޅުމާލެ ކޯޓުން ކޮށްފައިވާ އަމުރު ފުލުހުން ތަންފީޒް …

ޚިޔާލެއްދެއްވާ

avatar
wpDiscuz