ކީރިތި ރަސޫލާއާބެހޭގޮތުން ޣައިރުމުސްލިމުން ފަތުރާ ދޮގުވާހަކަ

އެކަލޭގެފާނަކީ ތާރީޚުދުއް އެންމެ މަތިވެރި އިންސާނާއެވެ. ހުޅަނގުގެ މަޝްހޫރު ލިޔުންތެރިޔާ މައިކަލް ހާޓް އިންސާނާގެ ހިތައް އެންމެ ފުން ނުފޫޒެއްކުރުވި މީހުންގެ ލިސްޓްގައި އެންމެފުރަތަމަ ގެންނަވާފައިވަނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަންފުޅެވެ.

އިގިރޭސިވިލާތުގެ އޮރިއެންޓަލިސްޓް ލިޔުއްވާފައިވެއެވެ. “މުޙައްމަދުގެފާނަށް ވަރަށްފުރިހަމަ ވެއްޓެއް ލިބިވަޑައިގަތެވެ. ދަތިއުނދަގޫތަކާ ކުރިމަތިލެއްވީ ނާކާމިޔާބީގެތެރެއިން ކާމިޔާބީ ހޯއްދަވާފައެވެ. އެކަލޭގެފާނުނޫން އެހެން އެއްވެސް މީހަކަށް މިފަދަކާމިޔާބެއް ހޯދުމަކީ އެކަށީގެންވާ ކަމެއްނޫނެވެ.”

ކިރިތިރަސޫލާ 11 ބޭކަނބަލުންނާއި ކައިވެނި ބައްލަވައިގަތީ ކީތްވެހޭ؟

އެޒަމާނުގައި އެމީހަކު ބޭނުންމިންވަރަކަށް މީހުނާއިންނަންވީއެވެ. ކުރިސްޓިއަންދީނުގައިވެސް އެގޮތަށެވެ. އަދި މޫސާގެފާނުގެ ދުވަސްވަރުވެސް އެކަންއޮތީ މިގޮތަށެވެ. ހަތަރުއަނބިން ހުއްދަކޮށްދެއްވާ ވަޙީކުރައްވާފައިވާ އާޔަތާއި ގުޅިގެން ރަސޫލާ މިއަށްވުރެ ގިނަމީހުންނާއި ކައިވެނިނުކުރުމަށް އަމުރުކުރެއްވިއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. لَّا يَحِلُّ لَكَ النِّسَاءُ مِن بَعْدُ وَلَا أَن تَبَدَّلَ بِهِنَّ مِنْ أَزْوَاجٍ وَلَوْ أَعْجَبَكَ حُسْنُهُنَّ إِلَّا مَا مَلَكَتْ يَمِينُكَ ۗ وَكَانَ اللَّـهُ عَلَىٰ كُلِّ شَيْءٍ رَّقِيبًا  އަޙުޒާބު 25 މާނައަކީ ” މީގެފަހުން، ކަލޭގެފާނަކަށް އިތުރަށް އަންހެނުން ހުއްދަވެގެނެއް ނުވެތެވެ. އަދި އެކަނބަލުންގެ ރީތިކަން، ކަލޭގެފާނު عجائب ފުޅުވާ ދަރަޖައަށް ހުއްޓަސް، ކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ ތެރެއިން ބަޔެއްގެ ބަދަލުގައި އެހެންބަޔަކާ ކާވެނިކުރެއްވުންވެސް ކަލޭގެފާނަކަށް ހުއްދަވެގެނެއް ނުވެތެވެ. ކަލޭގެފާނަށް ملك ވެގެންވާ އަޅު އަންހެނުން މެނުވީއެވެ. ކޮންމެ ކަމެއްގެ މައްޗަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.”

ފުރަތަމަ ރަސޫލާ އެކަންކުރެއްވީ ސިޔާސީ، އިޖުތިމާޢީ އަދި ތަޢުލީމީޙިކުމަތަކަށްޓަކާކަން ހަނދާންކޮށްލަންޖެހެއެވެ. އެޒަމާނަކީ މިހާރުހެން އަންހެންކުދިންނާއި ފިރިހެންކުދިން ލަދުވެތިކަންކުޑަ ޒަމާނެއްނޫނެވެ.

ތަޢުލީމީ ޙިކުމަތް:

އަންހެންބޭކަނބަލުން އެކަނބަލުންނަށް ދިމާވާ ޒާތީކަންތައްތަކާއި މެދު ސުވާލުކުރައްވައެވެ. އެއްދުވަހަކު އަންހެނަކު އޭނާ ޙައިޟުން ކެނޑިއްޖެކަމަށް ދެންނެވިއެވެ. ވިދާޅުވީ ކަފަކޮޅަކުން ޠާހިރުވެލައްވާށެވެ. މިކަންކަން އެކަނބަލުންނަށް ތަފްޞިލްކޮށްދެއްވީ އެކަލޭގެފާނުގެ އަނބިއަނބިކަނބަލުން ފިޔަވާ ދެން ކޮންބައެއްތޯއެވެ. މިކަންކަމަކީ ތަޢުލީމީ ޙިކުމަތްފުޅަށްނޫނީ ވެދާނެތޯއެވެ؟ ނަމަވެސް ޣައިރު މުސްލިމުންގެ ފިތުނަވެރި އަވާގައިޖެހިފައިވާ ބަޔަކު ފިޔަވާ އެކަލޭގެފާނަކީ އަމިއްލަ އެދުންފުޅަށް ގިނަ އަނބިންގެއްގުޅުއްވި ބޭފުޅެކޭ ބުނެފާނެތޯއެވެ. ޚުދު އެބައިމީހުންގެ ޢިލްމުވެރިންވެސް އެކަލޭގެފާނަށް ތަޢުރީފުކުރައްވާ މިންވަރު ފެށުމުގެ ބަސްތަކުންވެސް ހާމަވެއެނގިގެންދެއެވެ.

25 އަހަރުގެ ފިރިހެނަކު 40 އަހަރުގެ މީހަކާ ކައިވެނިކުރެއްވުމުން އެކަލޭގެފާނުގެ ޝަހުވާނީއެދުން އިސްނުކުރައްވާކަން ފާހަގަކުރެވެއެވެ. ޚަދީޖަތުގެފާނު އަވަހާރަވުމުން މެނުވީ އެހެން އެއްވެސް މީހަކާ ކައިވެނި ނުކުރައްވައެވެ.

ޢާއިޝަތުގެފާނު ނޫނީ އެކަލެގެފާނު ކައިވެނިބައްލަވައިގެންފައިވަނީ ހުވަފަތްވެފައިވާ ބޭކަނބަލުންނާއެވެ. މިސާލަކަށް އުއްމުސަލަމާ ހިމެނެއެވެ. 60 އަހަރުގެ އުއްމުސަލަމާއާކައިވެނިބައްލަވައިގަތެވެ. ބޭނުމަކީ އެކަލޭގެފާނުގެ ގެއަށްގެންނަވާ ހިޔާވަހިކަން ދެއްވުމަށްޓަކައެވެ.

ސިޔާސީ މަޤުޞަދު:

މިޒަމާނުގެ ސިޔާސީ މާނައެއްގައެއްނޫނެވެ. ބަނިލްމުޞްޠަލަޤު ހަނގުރާމައިގައި ޖުވައިރިއްޔާ ނަމަކަށް ކިޔުނުމީހަކު ހައްޔަރުކުރެވުނެވެ. އެކަލޭގެފާނު އެކަމަނާއާއި ކައިވެނި ބައްލަވައިގަތުމުން ދެން އަސީރުންގެ ގޮތުގައި ހައްޔަރުކޮށްފައިތިބި ހުރިހާއެންމެން ދޫކޮށްލީ މިއީ އެކަލޭގެފާނުންގެ ޅިޔަނުންނޭ ކިޔާފައެވެ. އެކަލޭގެފާނު އެކަންކުރެއްވީ އެބޮޑު ޤަބީލާގެމީހުން ފައިސާ ދިނުމަކާނުލައި މިނިވަންކުރެއްވުމަށެވެ. މިއީ ކިހާބޮޑު ސިޔާސީ މަޤުޞަދެއްތޯއެވެ. މިކަމަކީ މިޒަމާނުގެ ޅަސިކުނޑިތަކުގެ ބޯބުރާންތިކޮށްލުމަށްޓަކައި ޔަހޫދީންނާއި ނަޞާރާއިން ދައްކާ ދޮގުވާހަކަތަކަށް ދެވިދާނެ ވަރަށްފުރިހަމަ ރައްދެކެވެ.

އިޖުތިމާޢީ ސަބަބުތައް:

އަބޫބަކުރުގެފާނަކީ އެންމެފުރަތަމަ އީމާންވި ފިރިހެނާއެވެ. އެނޫންކޮންމެ މީހަކުވެސް ފަސްޖެހިލިއެވެ. އެކަލޭގެފާނު ބޭރުފުށުން ނަސަބުގެގޮތުން ގުޅިވަޑައިގަތެވެ. މިފަދަ ބޭފުޅަކާއިމެދު ޢާއިލީގޮތުންވެސް ގާތްގުޅުމެއް އުފެއްދުމަކީ އެފަރާތުންވެސް އެދިވަޑައިގަންނަވާކަމެއްކަމުގައި ވިއެވެ. އެހެންކަމުން އަބޫބަކުރުގެފާނުގެ ދަރިކަނބަލުން ޢާއިޝާއާއި ކައިވެނި ބައްލަވައިގަތެވެ.

ބައެއްކަހަލަ ޖާހިލީ އާދަތައް ނައްތާލުން:

ޖާހިލިއްޔަޒަމާނުގައި ބައެއްމީހުން ދަރިންގެ ގޮތުގައި އެޑޮޕްޓް ކުރެއެވެ. މިގޮތުން ރަސޫލާވެސް ޒައިދު ބިން ޘާބިތު އެޑޮޕްޓްކުރެއްވިއެވެ. މިކަމާގުޅިގެން ކީރިތި ﷲ އެކަން ނަހީކުރައްވާ ޤުރުއާނުގައި އެންގެވިއެވެ. ވަކިހިސާބަކުން ޒައިދުގެ ޢާއިލާއިން ގެންދަން އުޅުމުން އޭނާ އެކަމަށް އިންކާރުކުރިއެވެ. ރަސޫލާ އެނާ އިޚުތިޔާރުކުރާގޮތެއް ބެއްލެވުމުން އޭނާ ރަސޫލާ އިޚުތިޔާރުކުރެއްވިއެވެ. ރަސޫލާގެ ބޮޑުދައިތާގެ ދަރިކަނބަލުން ޒައިނަބުބިންތިޖަހުޝް އާ ކީރިތިރަސޫލާ މިޒައިދުއާ ކައިވެނިކޮށްދެއްވިއެވެ.

ޒައިދު ޤަބޫލުކުރައްވާ ގޮތުގައި އެކަމަނާ ޙަވާލުކުރެއްވީ ހިތްޕުޅެވެ. ހަށިކޮޅު ޙަވާލެއްނުކުރައްވައެވެ. ދެން ޒައިދު ވަރިކުރެއްވިއެވެ. މާﷲ އެންގެވީ އެޑޮޕްޓްކުރުމުގެ ޙުކުމް ބާޠިލްކުރައްވާ ﷲގެ އަމުރުފުޅަށް ޒައިދުއާ ކައިވެނިކުރެއްވިއެވެ. ޢަރަބީންގެ މަލާމާތު ބަސްތަކަށްޓަކައި އެކަން ނުކުރައްވަން ހުންނަވަނިކޮށްވެސް އެކަލާނގެ އަމުރުފުޅަށެވެ. އޭގެކުރިން ކިޔާއުޅުނީވެސް ޒައިދުބުނި މުޙައްމަދެވެ.

ލިޔުނީ: ޢަބުދުލް ޙަމީދު ޢަބުދުއްރަޙްމާން ( އެޑިޓަރ )

ޢަބުދުލް ޙަމީދަކީ ލިޔުންތެރިކަމުގެ ފަންނުގައި ކޮންމެ ރޮނގަކުންވެސް ލިޔެވިދާނެ ކުޅަދާނެ މައުލޫމާތު ގެ ޚަޒާނާއެކެވެ. ބިޒީ ޝެޑިއުލްގެ ތެރެއިންވެސް ހެޔޮބަސް ބުނުމާއި ހެޔޮކަންކަމަށް ގޮވާލައި ، އޮއްޓަރު ހުރި ޢިލްމީ ދިރާސާތައް ފެންނަމުންދާކަމީ މިކަމަށް ދެއްވާ ޝަޢުޤުވެރިކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ. .

މިލިޔުންވެސް ކިޔާލާ

ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރޭނިންގ ޕްރޮގްރާމެއް 3 އަތޮޅެއްގެ ބައިވެރިންނަށް ހިންގައިފި

3 އަތޮޅެއްގެ ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްތެރިންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން “ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރޭނިންގ …

ޚިޔާލެއްދެއްވާ

avatar
ބެއްޔާ
ބެއްޔާ

ލަންދޫ އިންފޯގެ އެޑިޓަރުގެ ލިޔުންތައް ފެންނަނީ ވަރަށްބޮޑަށް ދިރާސާ ކޮށްފާ ހުންނަ ލިޔުންތަކެއްގެ ގޮތުގައެވެ. ވަރަށް ކަމުދޭ.

wpDiscuz