ކިޔެވުން ފަށާއިރު ޓީޗަރުން ހަމަވުމުގައި މައްސަލަތަކެއް

މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން މާދަމާނޫން އަނެއްދުވަހު ( އާދިއްތަ ) ދުވަހު ފަށާއިރު ރާއްޖޭގެ ގިނަ ސްކޫލްތަކަކަށްވަނީ ޓީޗަރުން ހަމަވުމުގައި މައްސަލަތަކެއް ދިމާވެ ގިނަ ސްކޫލްތަކަށް ބޭނުންވާ އަދަދަށް ޓީޗަރުން ހަމަނުވެފައެވެ.

މިގޮތުން ލަންދޫސްކޫލްގެ ކިޔެވުން ފަށާއިރު ހަތަރު ޓީޗަރުން މަދުއިރު އަތޮޅުގެ ގިނަ ސްކޫލްގައިވެސް ޓީޗަރުންގެ ކަންތައް ހުރީ މިފަދަ ގޮތަކަށްކަން އެ ސްކޫލްތަކުން މަޢުލޫތު ދެއްވައެވެ.

ޓީޗަރުން ހަމަ ނުވުމުގެ އިތުރުން މިފަހަކަށް އައިސް ރާއްޖޭތެރޭގެ ސްކޫލްތަކަށް ފޮނުވާ ބިދޭސީ ޓީޗަރުންގެ ފެންވަރު ދައްވާހަކައަކީ މިފަހަކަށް އައިިސް ސްކޫލްތަކުގެ އިސްވެރިން އެންމެގަދައަށް ދައްކަމުން ގެންދާ ވާހަކަކަންވެސް ފަހަގަކޮށްލަން ޖެހެއެވެ.

ވޭތުވެދިޔަ އަހަރު ނ.އަތޮޅުގެ ބައެއް ސްކޫލްތަކަށް ފޮނުއްވާފައިވާ ބައެއްޓީޗަރުންނަށް ރަނގަޅަށް އިގިރޭސިން ވާހަކަ ދައްކަށް ނޭގޭކަމަށް އެސްކޫލްތަކުން ފާހަގަ ކުރައްވަމުން ގެންދަވާއިރު މިއަހަރުވެސް ހަމަ އެޓީޗަރުން މިދިޔައަހަރު މަސައްކަތް ކުރެއްވި ސްކޫލްތައް ނޫން އެހެން ސްކޫލްތަކަށް ފޮނުއްވާފައިވާކަން ސްކޫލްތަކުގެ އިސްވެރިން ފާހަގަ ކުރައްވައެވެ.

ރާއްޖެއަށް ގެންނަ ބިދޭސީ ޓީޗަރުންގެ ތެރެއިން ފެންވަރު ރަނގަޅު ޓީޗަރުން ކޮޅު ރާއްޖޭގެ ބައެއް ސްކޫލްތަކުން ހޮވާލައިގެން އެސްކޫލްތަކަށް ގެންދާވާހަކައަކީވެސް ސްކޫލްތަކުގެ އިސްވެރިން މިފަހަކަށް އައިސް ވަރަށް ގިނައިން ދައްކަމުންގެންދާ ވާހަކައެކެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ފެންވަރުވެސް ރަނގަޅު ކުރެވޭނީ އަހަރު ފެށެންވާއިރަށް ކިޔަވައިދެއްވުމަށް ބޭނުންވާ ޓީޗަރުން ފުރިހަައަށް ލިބި ތަފާތުކުރުމެއްނެތި ފެންވަރު ރަނގަޅު ޓީޗަރުން ހުރިހާ ސްކޫލްތަކަށްކަށް ވެސް ލިބިގެންކަން ފާހަގަކޮށްލަން ޖެހެއެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

މާދަމާގެ ތަށި ރަށަށް ގެނެސްދީ – ސަޕޯރޓަރުން

މާދަމާއަކީ ފުޓްބޯޅައަށްޓަކައި މަރުދޭ ލަންދޫގެ ރައްޔިތުންނަށާއި މިލަދޫގެ ރައްޔިތުންނަށް ވަރަށް ހާއްޞަ ދުވަހެކެވެ. އެހެނީ މާދަމާއަކީ އަތޮޅުތެރޭގައި މިހާތަނަށް ބޭއްވޭ …

ޚިޔާލެއްދެއްވާ

avatar
wpDiscuz