ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި

ލަންދޫ އިންޖީނުގެ / ފޮޓޯ : ލަންދޫއިންފޯ

ލަންދޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް  ކަމާބެހޭފަރާތުން މިއަދު މަސައްކަތް ފަށައިފިއެވެ.

ލަންދޫ އިންޖީނުގޭގެ އިސް އޮފިޝަލަކު ލަންދޫ އިންފޯއަށް މަޢުލޫމާތު ދެއްވިގޮތުގައި މިހާރު ކުރެވެމުންދާ މަސައްކަތަކީ މީގެ ދުވަސްކޮޅެއް ކުރިން ލަންދޫއަށް ގެނެވި އޯވާހޯލް ކުރެވިފައިވާ އިންޖީނަކުން ލަންދޫއަށް ކަރަންޓް ފޮނުވޭނެގޮތް ހެދުމުގެ މަސައްކަތެވެ.

މިގޮތުން މިހާރު އިންޖީނުގައި ބެނުންކުރާ ސައިލެންސަރު ހަރުކުރުމަށް ކުުރަންޖެހޭ މަސައްކަތް ގާތްގަޑަކަށް ނިމިފައިވާ ކަމަށް އެފަރާތުން މަޢުލޫމާތު ދެއްވައެވެ.

” މިހާރު މިކުރެވޭ މަސައްކަތްތައް ނިމުމުން ލަންދޫއަށް ކަރަންްޓްދޭން ބެނުންކުރާ އިންޖީނަކަށް މައްސަލައެއް ދިމާވެއްޖެނަމަ ބެކަޕެއްގެ ގޮތުގައި ބޭނުންކުރާނެ އިތުރު އިންޖީނެއް އަބަދުވެސް އިންނާނެ ” ލަންދޫ އިންޖީނުގެއިން ” ލަންދޫއިންފޯ ” އަށް މަޢުލޫމާތު ދެއްވި އޮފިޝަލް އިތުރަށް ސާފްކޮށްދެއްވިއެވެ.

އަތޮޅަށް މަޝްޙޫރު އިންޖިނިއަރެއް ކަމަށްވާ ޅޮހީ ސަލީންބެގެ އެހީތެރިކަމާއި އެކު ކުރެވެމުން މިދާ މަސައްކަތް ނިމޭއިރު މިހާރު ލަންދޫއަށް ކަރަންޓް ދޫކުރަމުން ގެންދާ އެންމެ ބޮޑު އިންޖީނުކަމުގައިވާ 80 ކިލޯވޯޓްގެ އިންޖީނަށްވެސްް މިހާރު ދިމާވެފައިވާ ކުދިކުދި މައްސަލަތައް ރަނގަޅު ކުރެވި ހައްލުކުރެވޭނެއެވެ.

މިފަހަކަށް އައިސް ލަންދޫއަށް މިވަނީ ކަރަންޓްގެ މައްސަލަ ނިހާޔަތައް ބޮޑުވެ އާއްމު ރައްޔިތު މީހާއަށް ވަރަށް ބޮޑުދަތި އުދަގޫތަކަކާއި ކުރިމަތިލާން ޖެހިފައެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

އަނެންކާވެސް ކަރަންޓް ކެނޑައިގެން ދިއުން އާއްމު ކަމަކަށް ވެއްޖެ

އަނެންކާވެސް ލަންދޫން ކަރަންޓް ކަނޑައިގެން ދިއުން އާއްމުކަމަކަށް ވެއްޖެއެވެ. މި ގޮތުން ރަށުގެ ދެކޮޅުންވެސް ދޭތެރެ ދޭތެރެއިން ( ދުވާލެއްގެ …

ޚިޔާލެއްދެއްވާ

avatar
އަބޫބަކުރު
އަބޫބަކުރު

ކިހާވަރަކުން ދާނެބާ… ކުރީފަހަރުވެސް އިންޖީނުހަދާފަ . މަނަދޫ ބަކުރުބެއަށް ފުރައިގެން ބަނަދަރުން ވެސް ނުނިކުމެވުނު އިންޖީނު މައްސަލަ ޖެހިގެން ކަރަންޓް ދާންފެށިއިރު. ތިޔައީވާކަމެއް.

wpDiscuz