ކަނދުފަތި ކަނޑައިގެން ދިޔަތާ ދެމަސްވަރުވަނީ

ނ.އަތޮޅުގެ މަސްވެރިންނަށް އަމާޒްކޮށްގެން ނ.އަތޮޅުގައި އަޅާފައިވާ އޮއިވާލި ކަނދުފަތި ކަނޑައިގެން ގޮސްފައިވާތާ ދެމަސްވަރުވަނީއެވެ.

މިކަމުގެ ސަބަބުން ނ.އަތޮޅުގެ މަސްވެރިކަން މިހާރުވަނީ ކުރިއަށްވުރެވެސްބޮޑަށް ދަށްވެފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަތޮޅުގެ ގިނަ ރަށްރަށަށް ކަނޑުމަހުގެ ބާވަތެއް ނުބާނާތާދެމަސް ވަރުވެދާނެއެވެ.

ނ.އަތޮޅުގައި މަސްވެރިންގެ ލުއިފަސޭހައަށް ސަރުކާރުން އަޅައިދެއްވާފައިވާ އޮއިވާލި ކަނދުފަތި ކަނޑައިގެން ގޮސްފައިވާތީ މިކަނދުފަތީގެ ބަދަލްގައި އިތުރު ކަނދުފައްޗެއް އެޅުމުގެ މަސައްކަތް ކުރިއަށްދޭތޯ ބެލުމަށް އަތޮޅުކައުންސިލް އިދާރާއާއި ގުޅާލުމުން މިދާޢިރާގެ އަތޮޅު ކައުންސިލް މެމްބަރ އަލްފާޟިލް ޢަލީ ޝަރީފް ( އަލިބެ ) ހާމަކުރެއްވީ ކަނދުފަތި އެޅުމަށް އެޢިދާރާއިން ކުރައްވަން ޖެހޭ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމުގައެވެ.

މިގޮތުން އަލިބެ ވިދާޅުވީ އަތޮޅުގައި އަޅާފައިވާ ކަނޑުފަތި ކަނޑައިގެން ދިއުމުގެ މަޢުލޫމާތު ލިބިލެއްވުމާއިއެކު އައު ކަނދު ފައްޗެއް އެޅުމަށް ފިޝަރީޒް މިނިސްޓްރީގައި އެދިފައިވާނެކަމަށާއި އެ މިނިސްޓްރީން ވެސް މިހާރު އެމަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައެވެ.  ” މިނިސްޓްރީ އެންމެފަހުން ބުނުއްވީ ވޭތުވެދިޔަ އަހަރު ރާއްޖޭގެ 7 ސަރަހައްދެއްގައި އަޅާފައިވާ ކަނދުފަތި ކަނޑައިގެން ގޮސްގެން އޭގެ ބަދަލްގައި 7 ކަނދުފަތި ކުންފުންޏެއް މެދުވެރިވެގެން އެޅުވުމުން އެކުންފުންނަޏަށް ދޭންޖެހޭ އުޖޫރަ އަދިވެސް ދެވިފައި ނުވާތީ މިހާރު ކަނދުފަތި ކަނޑައިގެން ގޮސްފައިވާ ހިސާބުތަކުގައި ކަނދުފަތި އެޅުމަށް ކުުޑަ ތާއްޓެއް އަރައިގެން އުޅެނީކަމުގައެވެ. ” މަސައްކަތް ގޮސްފައިވާ ހިސާބު ސާފްކޮށްދެއްވަމުން އަލިބެ ހާމަކުރެއްވިއެވެ.

އަލިބެ އިތުރަށް ސާފްކޮށްދެއްވި ގޮތުގައި މިހާރުވެސް ރާއްޖޭގެ 5 ސަރަހައްދެއްގައި އަޅާފައިވާ ކަނދުފަތިތައް ކަނޑައިގެން ގޮސްފައިވާކަމަށް މިނިސްޓަރީން މަޢުލޫމާތު ދެއްވާ ކަމުގައެވެ.

ނ.އަތޮޅުގެ ރައްޔިތުން ޙާއްޞަކޮށް މަސްވެރިން ތިބީ ކަނދުފަތި އަޅައިދެއްވާނެ ދުވަހެއްގެ އިންތިޒާރުގައެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

އެސެމްބްލީގައި ކުރެވިދާނެ ދުޢާއެއް (2)

الْحَمْدُ لِلَّهِ حَمْدًا كَثِيْرًا طَيِّبًا مُّبَارَكًا فِيْهِ , އަޅަމެންހައްދަވާ ގެންގުޅުއްވާ އިލާހު، އަޅަމެންގެ މާތްނަބިއްޔާ މުޙަންމަދު ރަސޫލުﷲ …

ޚިޔާލެއްދެއްވާ

avatar
މޫގުޅި
މޫގުޅި

ކަނދުފަތިވެސް އެޅިފަ ތިތިބީ އަދިވެސް ދޭ މަހާސިންތާ މުޒާހަރާއަށް. ރަށުގެ މީސްމީހުންނަށް ރިޝްވަތަށް ލާރިދީގެން. ތިޔޮތީ ސަރުކާރު ބަދަލުވެފަ . ދެން ހުރިހާކަމެއްވެސްވާނެ.

wpDiscuz