ކަނދުފަތިއެޅުން މާދަމާ , މާދަމާ

ނ.އަތޮޅުގައި މަސްވެރިންގެ ލުއިފަސޭހައަކަށްޓަކައި ސަރުކާރުން އަޅާދެއްވާފައިވާ އޮއިވާލި ކަނދުފަތި ކަނޑައިގެން ގޮސްފައިވާތާ އެތައް ދުވަހެއް ވެފައިވީނަމަވެސް އަދިވެސް މިވަނީ އެކަނދުފަތި އެޅޭނެގޮތެއް ނުވެފައެވެ.

ބައެއް މަސްވެރިން ބުނާ ގޮތުންނަމަ ކަނދުފަތި އެޅުމުގެ މަސައްކަތް މިހާރުވަނީ އިބިލީހުގެ ކައިވެންޏަށް ވެފައެވެ. ކަމާ ބެހޭ ފަރާތަކާއި ގުޅާލާއިރަށް ނ.އަތޮޅުގެ ކަނދުފަތި މިއަންނަ ހަފްތާ ތެރޭގައި ނުވަތަ މާދަމާ އަޅާވާހަކަ ބުނަމުންދާތާ މިހާރު މަހެއްހާ ދުވަސް ވަނީއެވެ. މިކަމާއި ގުޅިގެން ގިނަ މަސްވެރިންތަކެއް ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެ، މާޔޫސްވެފައެވެ.

ނ.އަތޮޅުގައި އަޅާފައިވާ އޮއިވާލި ކަނދުފަތި ކަނޑައިގެން ދިއުމުގެ ސަބަބުން ނ.އަތޮޅުގެ މަސްވެރިކަން މިއިން ދުވަހަކު ދަށަށް ނުދާމިންވަރަށް މިހާރުމިވަނީ ދަށަށް ގޮސްފައެވެ. މަސްވެރިންނަށްވަނީ މަހަށް ނުފުރާ ރަށުގައި ތިބެން ޖެހިފައެވެ. މިހެން ވުމާއި އެކު ގިނަ މަސްވެރި ޢާއިލާތައް މިދުވަސްތައް ހޭދަކުރަމުން ގެންދަނީ ވަރަށް ދަތިހާލުގައެވެ.

ހަމަ މިއާއިއެކު ދިވެހިންނަކީ މަހުގެ ބަވަތްތަކަށް ބަރޯސާވެ އެބައިމީހުންގެ ކެއުން ބައްޓަށް ކޮށްފައިވާ ބަޔަކަށްވާއިރު ގިނަބައެއްގެ ކެއުމަށްވެސްވަނީ މިކަމުގެ ސަބަބުން ބޮޑުބަދަލްތަކެއް އައިސްފައެވެ.

ނ.އަތޮޅުގެ ގިނަމަސްވެރިން އިންތިޒާރުކުރަމުންދަނީ މާލަސްތަކެއްނުވެ ނ.އަތޮޅުގައި ކަނދުފަތި އެޅި އޭގެ ބޭނުން ލިބިގެންދާނެ ދުވަހަކަށެވެ.

ނ.އަތޮޅުގައި އޮއިވާލި ކަނދުފަތި އެޅުމާއި ގުޅޭގޮތުން ކަމާބެހޭ ފަރާތުގެ ބަހެއް ހޯދުމަށް ކުރެވުނު މަސައްކަތުން އެއިން ބޭފުޅަކު ފޯނު ނުނައްގަވާތީވަނީ ލިބޭގޮތް ނުވެފައެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

މިހަފްތާތެރޭ މި އަތޮޅުގެ މަސް ކަނދުފަތި އެޅޭވަރުވާނެ – އަލިބެ

މިއަތޮޅުގައި އަޅާފައިވާ މަސްކަނދުފަތި ކަނޑައިގެން ގޮސްފައިވާތާ އެތައް ދުވަހަކަށްފަހު އަލުންއަބުރާ މިހަފްތާތެރޭގައި މިއަތޮޅުގައި މަސްކަނޑުފަތި އެޅޭނެ ކަމުގައި ކެނދިކުޅުދޫ ދާއިރާގެ …

ޚިޔާލެއްދެއްވާ

avatar
ދޮންބެ
ދޮންބެ

ރައީސް އޮފީހުގެ ސްޓާފް އޮފް ޗީފް ލަންދޫ ޑރ.މުޙައްމަދު އަލީ ވިދާޅުވިޔޯ މާދަމާ ރޭ ކަނދުފަތި އަޅައިދޭނަމޭ. ހެހެހެ

wpDiscuz