ޅޮހީ ޒުވާނުންގެ ކުލަބްގެ އޮފީސް ފަޅާލައި، އަގުބޮޑަތި ސާމާނު ތަކެއް ވަގަންނަގައިފި،

ނ.ޅޮހީ ޒުވާނުންގެ ކުލަބްގެ ވަގުތީ އޮފީހުގެ ދޮރެއް ހަލާކު ކޮއްލައިގެން ވަދެ، ޕްރޮޖެކްޓަރ އަކާއި ޕީއެސް 2 އެއް ވަގަން ނަގައިފިއެވެ. މިތަކެތި ވަގަން ނަގާފައިވަނީ މިމަހު 19 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ކަމަށް ކުލަބުން ބުނެއެވެ. މިތަކެތި ނެތްކަން އެގުނީ އެދުވަހުގެ ދުވާލު ގާތް ގަޑަކަށް 9:30 ގައެވެ.

ކުލަބުގެ އިސްފަރާތުން ބުނީ އެތަކެތީގެ ތެރެއިން ޕްރޮޖެކްޓަރ އަކީ ވަރަށް ފަހުން ޔޫރޯ ބަލަންވެގެން ކުލަބުން ގަތްފައިވާ ފެންވަރު ރަގަޅު ޕްރޮޖެކްޓަރ އެކެވެ. މިތަކެތީގެ ޖުމްލަ އަގަކީ 25 ހާސް ރުފިޔާއެވެ.

މިތަކެތި ނެގިކަމަށް ޝައްކުކުރެވޭ، މީހަކު އަދި ކުލަބަށް ނޭގޭ ކަމަށްވެސް އެފަރާތުން މަޢުލޫމަތޫ ދެއެވެ. މި މައްސަލަ މަނަދޫ ޕޮލިސްޓޭޝަނުން މިހާރު ބަލަމުން ގެންދާކަމަށް މައުލޫމާތު ލިބެއެވެ. މިތަކެތި ހޯދަދޭ ފަރާތަކަށް ނުވަތަ މި ޕްރޮޖެކްޓަރާއި ބެހޭ މައުލޫމާތު ދޭ ފަރާތަކަށް ވަރަށް ރަގަޅު އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫ – ޅޮހި އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅެނީ

ނ.ލަންދޫ އާއި، ނ.ޅޮހީ ގެ ޒުވާނުންގެ މެދުގައި އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅޭ ގޮތަށް ހަމަޖެހިއެއްޖެއެވެ. މިމެޗް އޮންނާނީ މާދަމާ …

ޚިޔާލެއްދެއްވާ

avatar
ހަސަން
ހަސަން

މިޢިގެ ކުރިން ކުލަބުން ކިޔަވައިދޭން ގެނައި އިނގިރޭސި ދެމަފިރިއެއްގެ ކޮޓަރިން ވައްކަން ކުރަން އުޅޮނިކޮށް ވެސް ބަސްޓްވީ ޓޫޓޫ ޒާހިރުގެ ބޭބެ….އެހެންވީމާ މަބުނާނީ މިއީވެސް އެމީހުން ކޮށްގެން އުޅޭ ކަމެކޭ

ladaabe
ladaabe

thikan kuree thithaaa ulhey parten ei hus parten ge jagahaeh dhen thikamaa ladhu tootoo eulhenee dhefai gaaiy kuran nukerigen 1 eyna ehuree jazbaath vefa

ޖަންބު މަޖީދު
ޖަންބު މަޖީދު

ތިޔަ ވަގަށް ނެގި ކަމަށްވާނީ ޓޫޓޫ ޒާހިރު……ކޮންމެވެސް މީހެއްގެ ބޮލުގައި އަޅުވަން އޭނާ ކުރި ކަމެއް ކަމަށް ވަނީ.

wpDiscuz