ޅޮހީ ކަރަންޓް ކޭބަލް ނެޓްވޯކް އެއްކޮށް ބަދަލުކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށާނެ.

ނ.ޅޮހީ ބަނދަރުސަރަޙައްދު / ފައިލްފޮޓޯ

ނ.ޅޮހީ ކަރަންޓް ކޭބަލް ނެޓްވޯކް އެއްކޮށް ބަދަލުކުރުމުގެ މަސައްކަތް މިއަންނަ ހަފްތާގެ ތެރޭގައި ފަށާނެކަމަށް ޅޮހީ ކައުންސިލުން ބުނެފިއެވެ.

ޅޮހީ ކައުންސިލް ގެ ނައިބްރައީސް ރޭ ލަންދޫއިންފޯއަށް މިކަމާގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިމަސައްކަތް ކުރުމަށްޓަކައި ބޭނުންވާ ހުރިހާކޭބަލެއް މިހާރުވަނީ ޅޮއްސަށް ގެނެސްފާކަމަށާއި، މިއީ ނޯތުޔުޓިލިޓީސް ކުންފުނިން ކުރައްވާ ކަމެއްކަމަށެވެ.

އޭނާ އިތުރަށްވިދާޅުވީ ޅޮހީގެ ކޭބަލްތައް ބާވެގެން އެކިދިމާއިން ކަރަންޓްގެ މައްސަލަތައް ދިމާވަމުން އަންނަތާ ލައްކަދުވަސް ވެއްޖެކަމަށާއި، އާކޭބަލް ވަޅުލާނިމުމުން މިކަންކަމަށް ހައްލުއަންނާނެކަމަށެވެ. އަދި މިބުރު ރަށުގެ ހުރިހާ މަގުތަކެއްގައި އާކޭބަލް އަޅާނެކަމަށާއި،މިކަމަކީ ޅޮހީރައްޔިތުން މިވަގުތަށް އެންމެ ބޭނުންވާ އެއްކަންތައް ކަމަށްވެސް އޭނާވިދާޅުވިއެވެ.

ލަންދޫއިންފޯއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ޔުޓިލިޓީސް ކުންފުނީގެ ފަރާތުން މިހިސާބުގައި ކުރާ މިފަދަ ބޮޑު ފުރަތަމަ މަސައްކަތެވެ.

ލިޔުނީ: އަބްދުﷲ އިބްރާހީމް

ޢަބުދުﷲ އިބްރާހިމް ( ޒީރޯ ) އަކީ ލަންދޫއިންފޯގެ ވެބްސައިޓް ފަރުމާކުރާ، ޓެކްނިކަލް ޓީމްގެ އެންމެ އިސްފަރާތެވެ. ލިޔުންތެރިކަމަށްވެސް ލޯބިކުރާ މި ޒުވާން ލިޔުންތެރިޔާ ގިނައިން ލިޔާނީ ޓެކްނޯލޮޖީއާއި ގުޅުންހުރި ލިޔުންތަކެވެ. އޭގެ އިތުރުންވެސް ދީނީ އަދި އިޖްތިމާޢީ ދާއިރާއިންވެސް ލިޔުންތައް ލިޔުއްވައެވެ.

މިލިޔުންވެސް ކިޔާލާ

މިވަގުތު ދުނިޔޭގައި ހުރި އެންމެ އުސް އިމާރާތަށް ރައީސްގެ ދެކަނބަލުން ވަޑައިގެންފި.

މިހާރު ދުނިޔޭގައި ހުރި އެންމެ އުސް އިމާރާތަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަބަލުން ފާޠިމަތު އިބްރާހިމް ވަޑައިގެންފިއެވެ. …

ޚިޔާލެއްދެއްވާ

avatar
wpDiscuz