ބޮޑު 16

ﷲ ސުބުހާނަހޫ ވަތަޢާލާ މިދުނިޔެ މިގޮތުގައި ލައްވާފައި ވާނަމަ 2012 މެއި 16 ވާ ބުދަދުވަހުވެސް ފިތުރަތުގެ އުސޫލުން ދުނިޔޭގެ ކަންތައްތައް ކުޅިޖަހާ ކުޅިހަމަ ކުރުމަށްފަހު ﷲ ސުބުހާނަހޫ ވަތަޢާލާ ޣައިބުގެ ތެރެއަށް އިރު ގެންދަވާނީ މިވަގުތު މިރާއްޖޭގައި ދިރިތިބި ތިންލައްކަ އަށްޑިހަހާސް މީހުންގެ ތެރެއިން ދިރިދުނިޔޭގައި ލެހެއްޓެވިހާ ބަޔަކަށް ރިޒުޤު ދެއްވުމަށް ފަހުގައިކަން ކަށަވަރެވެ. އެހެން ނަމަވެސް މިދެންނެވި ރިޒުޤު ﷲ ސުބުހާނަހޫ ވަތަޢާލާ އިތުރުކޮށް ދެއްވުމާއި  މަދުކޮށްދިނުން ހިމެނިގެންވަނީ އެބައެއްގެ ތެރޭގައިއޮތް ދުރޫސުލް އަޙްލާޤީ މިންގަޑުތަކަށް ބެއްލެވުމަށްފަހު އެބަޔަކު އިހުތިޔާރުކުރި އެންމެ އިންސާފުވެރި ގޮތަކަށެވެ.

ހިންދު މާކަނޑުތެރޭގައި އަލިރަންމުތެއްހެން އަތުރާލެވިފައިވާ 1200 ޖަޒީރާގެ ތެރެއިން 200 ވަރަކަށް ރަށުގައި މީހުން މިރާއްޖޭގައި ދިރިދުނިޔޭގައި އުޅޭތާ މިހާރު އެވަނީ ދެހާސް އަހަރަށްވުރެ ގިނަދުވަސް ވެފައެވެ. ކޮންމެއަކަސް މިދިގު މާޒީގައި އަޅުގަނޑުމެންނީ އިންސާނުންނަށް ޤަދަރުކުރާ އެކަކު އަނެކާއަށް އަޅައިލާ މެހުމާންދާރީ އަދާކުރުމުގައި ނަމޫނާ ބަޔަކީމުއެވެ. އަދި އަޅުގަނޑުމެންނީ ކޮމަންވެލްތުގައި ބައިވެރިވާ އެޖަމާއަތުގެ އެކްޝަން ގުރޫޕް ( ސީމެގު ) ގައި ހިމެނޭ 8 ޤައުމުގެ ތެރެއިން އެއްގައުމެވެ.

ފެބުރުއަރީ 7 ގައި މިރާއްޖޭގެ ވެރިކަން ބަދަލުވިގޮތް ބެލުމަށް ރައީސް މުހަންމަދު ވަހީދު އުފައްދަވާފައިވާ އެންކްއަރީ ކޮމިޝަނުގެ މުސްތަޤިއްލުކަމާއި ދޭތެރޭގައި ކޮމަންވެލުތުން ސުވާލުއުފައްދާ ރާއްޖޭގައި މިއަހަރު ނިމުމުގެ ކުރިން އަވަސް އިންތިހާބެއް ބާއްވަން ޖެހޭނެ ކަމަށާއި އަދި މިރިޕޯރޓަށް އަމަލު ނުކޮށްފިނަމަ ރާއްޖެއާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވަނީ ދިވެހި ސަރުކާރަށް ދީފައެވެ. އެހެން ނަމަވެސް އަދި މިހާތަނަށް ދިވެހި ސަރުކާރުން މިރިޕޯޓާއި ގުޅިގެން އަމަލީ އެއްވެސް ކަމެއްކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ. ނަމަވެސް ފަރުދާގެ ބޭރުގައި މިކަމާއި ގުޅުންހުރި ގިނަކަންތައް ތަކެއް ކުރަމުންދާކަން ފާހަގަ ކުރަމެވެ. އަދި މިހާރުވެސް ކޮމަންވެލުތުގެ އިސްވަފުދެއް ރާއްޖޭގައި ޙަރަކާތްތެރި ވަމުން އެބަދެއެވެ. މިއީ ދިވެހިރާއްޖޭގެ ތާރީޙުގައިވެސް ބޭރުގެ ބޮޑުޖަމާއަތަކުން އަޅުގަނޑުމެންނާއި ތޮޅެން ނިންމި ފުރަތަމަ ފަހަރުކަން ވަރަށް ހިތާމައާއިއެކު ތާރީޙަށްޓަކައި ފާހަގަ ކުރަމެވެ.

ކޮމަންވެލުތުން ދިވެހިރާއްޖެ ވަކިވާންއެދި ޕީޕީއެމްގެ ގެމަނަފުށީ ދާއިރާގެ އިއްޒަތްތެރި މެމްބަރ އިލުހާމާއި، ވިލިފުށީ ދާއިރާގެ އިއްޒަތްތެރި މެމްބަރ ރިޔާޒް ރަޝީދު ސޮއިކޮށް ކުއްލި މައްސަލައެއް މިހާރުވަނީ ރައްޔިތުންގެ މަޖިލީހަށް ވައްދާފައެވެ. ކޮންމެއަކަސް ހިތާމައިގެ ކޮޅެއްނެތެވެ. މިބައިމީހުންގެ އަމިއްލަ އެދުމުގެ ބޮޑުކަމާއިއެވެ. ރިޔާޒް ރަޝީދު މިމައްސަލަ މަޖިލީހަށް ވައްދާފައިވާތީ އަޅުގަނޑު ހައިރާނެއް ނުވެއެވެ. އެކަމަކު މައުމޫނު އަބުދުލް ޤައްޔޫގެ ބެސްޓް އަދި ސީކްރެޓް ފުރޭންޑް އިލްހާމް ރިޔާޒް ރަޝީދުގެ ގުއިރޯނުގައި ޖެހުނީތީ ހިތާމަކުރަމެވެ. ކޮންމެއަކަސް މިމައްސަލަ ރިޔާޒް ރަޝީދު މަޖިލީހަށް ވައްދަނީ އެބޭފުޅައިގެ ވަރަށްބޮޑު ފައިދާއަކަށް ކަމުގައި ބުނެވިދާނެއެވެ. މިރާއްޖެ ކޮންމެފަދަ ހާލަތަކަށް ވެއްޓުނަސް ރިޔާޒް ރަޝީދަށް ކީއްތާއެވެ. ރިޔާޒް ރަޝީދުގެ ހިއްސާ އޮވެގެން ބަޣާވާތަކުން ވެރިކަން ފޭރިގަތުމަށްފަހު އެސްޓީއޯއަށް ރިޔާޒް ރަޝީދު ދަރާފައިވާ 19 ވަރަކަށް މިލިޔަން ރުފިޔާ ސަރީއަތުގައި އޮއްވާ ނަގައިގެން މިމައްސަލަ ފިނި ހިއްޕައިލައިގެން ވެރިކަން ބަދަލު ނުވެއްޖިއްޔާ ހުރެވިދާނެތާއެވެ. ރުފިޔާއަކީ ބަނޑުގައި ދަތްއަޅާ އެއްޗެއް ނޫންވިއްޔާއެވެ. ރިޔާޒް ރަސީދުފަދަ ބޭބޭފުޅުން ކޮމަންވެލުތަކީ ކޮންބައެއްހޭ ، ކޮންއެއްޗެއް ދޭބައެއްހޭ ކިޔާއިރު ސިލޯނާއި ހިސާބުން  ގަންބޯއްޓެއް އަޔަސް ދިފާއު ވެވޭހާ ބާރުވެސް އަޅުގަނޑުމެންގެ ނެތެވެ. އަދި އދ.ގައިހުންނަ އޮފީހުގެ ހަަރަދު ބަރަދު ބަލަހައްޓަނީވެސް ކޮމަންވެލުތުންކަން ރިޔާޒު ރަޝީދު ނުދެނަ ހުއްޓެވެ.

މިއަދުގެ ބޮޑުސުވާލަކީ ކޮމަންވެލުތުން ދިވެހިރާއްޖެއާއި ތޮޅެންނިންމީ ކީއްވެހޭ؟ އަޅުގަނޑަށް ފެންނަ ގޮތުގައި ޖަވާބަކީ: ކުރުގޮތަކަށް ބުނަނީނަމަ ކޮމަންވެލުތާއި ދިވެހިރާއްޖެއާއި ދެމެދު ލިޔުމުން ވެވިފައިވާ އަހުދު ކަށަވަރުވުމާއި ދިވެހިރާއްޖެއަށް ހިލާފު ވެވުނީތީއެވެ. އެގޮތަކީ ކޮމަންވެލުތުގައި ބައިވެރިވާ އެއްވެސް ގައުމަކަށް ބަގާވާތް ކުރުމާއި ދެއެދޭ ޤައުމުތަކުގެ މިނިވަން ކަމަށް އަރާގަތުމާއި ޓެރަރިސްޓުންނަށް ހިތްވަރުދީ ނުވަތަ އެހީތެރިވެ އުޅުމާއި މިފަދަ ކަންކަމީ މުޅިން މަނާ ކަންތައްތަކެވެ. އަދި މީގެ އިތުރުން އަޅުގަނޑުމެންފަދަ ކުދިގައުމުތަކުގެ ސެކިޔުރިޓީ ޖަމިނުވުން ( ސެކިޔުރިޓީ ފޯ ސްމޯލް ސްޓޭޓް ) ދޭބަޔަކީވެސް ކޮމަންވެލުތާއި އދ. މަޖިލީސް ކަމުގައި ވާތީއެވެ.

މިމައްސަލާގައި ދެން ވެދާނެކަމަށް އަޅުގަނޑަށް ފެންނަ ދެގޮތެއްގެ ވާހަކަ ލިޔެލާނަމެވެ. ފުރަތަމަ ގޮތަކީ ސީމެގުން އެންމެފަހުން ދިވެހިރާއްޖެއަށް ދީފައިވާ އިންޒާރަށް ދިވެހި ސަރުކާރުން ބޯނުލަބައިފި ނަމަ ކުރިޔަށްއޮތް ކުޑަދުވަސް ކޮޅެއްގެ ތެރޭގައި ދިވެހިސަރުކާރު ދެކަކޫމައްޗަށް ތިރިވެ އެއްބަސް ވެއްޖައީމޭ، އެއްބަސް ވެއްޖައީމޭ ބުނާތަން އައުމެވެ. ދެވަނަ ގޮތަކީ ކުރިންމިދެންނެވި ހާލު ޖެހުމުގެ ކުރިން ޑޮކްޓަރ ވަހީދު މަޤާމުން އިސްތިޢުފާދީ އަވަސް އިންތިހާބަކަށް ދިޔުމެވެ. މިވަގުތު ބޭރުގެ ޕުރެސަރ ހުރިގޮތުން  ނުވުމަށްވުރެ ވުން ވަރަށް ގާތްގޮތެކެވެ. އަދި މިވަގުތު މިރާއްޖެއަށް ސިޔާސީގޮތުން އެންމެރަނގަޅު ހައްލުވެސް މެއެވެ. ރައީސް ވަހީދަކީ ވަރަށްގިނަ ޒަމާންތަކެއް ވަންދެން އދ.ގައި މަސައްކަތް ކުރައްވާފައިވާ ވަރައް މަޝްޙޫރު ބޭފުޅެކެވެ. ވުމާއިއެކު އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި ރައީސް ވަހީދުގެ ވިސްނުންފުޅު ހުންނާނީވެސް މިވެރިކަމަށްފަހު އެނބުރި އދ.ގެ ވަޒީފާއަށް ދިޔުމަށެވެ. އެހެން ކަމަށްވާނަމަ ރައީސް ވަހީދު ދިވެހިސަރުކާރުގެ ހުންގާނުގައި ހުއްޓާ ކޮމަންވެލުތުން ދިވެހިސަރުކާރާއި ދެކޮޅަށް ހަރުކަށި ފިޔަވަޅެއް އަޅާފިނަމަ އދ.ގެ ވަޒީފާގެ މަތިން ރައީސް ވަހީދު ޖެހޭނީ ހަނދާން ނައްތާލާށެވެ. ނުވަތަ ފަހަރުގައި ވެރިކަން އަނބުރާ އިޔާދަ ވެއްޖިއްޔާ ދަހޭގާއި ދިމާއަށް މިސްރާބު ޖެހަން ޖެހުމަކީ ވެދާނެ ގޮތެކެވެ. ކޮންމެއަކަސް ކޮމަންވެލުތުން ރާއްޖެއަށް ދީފައިވާ ހަތަރު ހަފުތާގެ  ” ކައުންޑައުން ” މިހާރު އެދަނީ ގުނެމުންނެވެ. އެންމެފަހުގެ  ތާރީޙަކީ މިމަހުގެ 16 ވާ ބުދަދުވަހުގެރޭ މެންދަމު 12.00 އެވެ.

ލިޔުނީ: އަދުނާނު އިބްރާހީމް / ނ.މާޅެންދޫ

ސިޔާސީވިޔަސް ސަމާސާވިޔަސް އެންމެންގެ ފިކުރާ ގުޅޭނޭހެން ލިޔުންތައް ލިޔުމަކީ އަދުނާނަކަށް މާބޮޑުކަމެއްނޫންކަން ލަންދޫއިންފޯގައި އަދުނާން ޝާއިޢުކުރާލިޔުންތަކުން އެނގެއެވެ. އަދުނާނަކީ ކުޅަދާނަ ލިޔުންތެރިއެކެވެ.

މިލިޔުންވެސް ކިޔާލާ

އަބްދުﷲ އަބްދުއް ރަހީމް އަނެއްކާވެސް ޑީއާރްޕީއަށް

ޑީއާރްޕީގައި ހުންނެވުމަށްފަހު އެމްޑީޕީއަށް ބަދަލުވެ ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރު މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއް ރަހީމް …

ޚިޔާލެއްދެއްވާ

avatar
މުޙައްމާ
މުޙައްމާ

އަދުނާނުބޭ ! އަހަރެމެންނަށް ރިޒުޤް ދެއްވަނީ ކޮންމަންވެލްތުންތަ ؟

wpDiscuz