ބޭ އިންސާފު…..!

ޅެން: ތަރުވާޒު                                                                     ރާގު: ދިލް ޗީރުކެ ދޭކު ތެރާހި ނާމު ހޯގާ (ފިލްމް : ރަންގު )

******************************

އިންސާފުހެމީ ކަލާ ބުނެދީ ބަލާށޭ

      ޝިކާޔަތޭ މިއީ ކުރާ ޔާރާ ޖަވާބު ދޭށޭ

              ލޯބިވެޔޭ ނުބުނަންހެ ހަނދާން ނައްތާނުލާށޭ

                       ކުށެއް ކޮބާހެ ކުރެވިފާ ތި ނިޔާ އިއްވާދޭށޭ

އިގުރާރެއް ވީތީ ޔާރާ ލޯބީގާ

        ވީ ހިޔާނާތޭ …. ވީ ހިޔާނާތޭ

               ވަޢުދާ ވީ އަހުދަށް ޔާރާ ލޯބީގާ

                        ވީ ހިޔާނާތޭ …. ވީ ހިޔާނާތޭ

ދިޔުންތީ ގޮތެއްހޭ އުޒުރަކާ ނުލާ

        ކުޅޭ ކުޅިވަރެއްހޭ މިއީ ބުނެބަލާ

ސާފުބަހުން މި ސުވާލަށް ދެން ޖަވާބު ދޭށޭ

           ޝިކާޔަތޭ މިއީ ކުރާ ޔާރާ ޖަވާބު ދޭށޭ

                    އިންސާފުހެމީ ކަލާ ބުނެދީ ބަލާށޭ

ނިކަމެއްޗެއް ވީމާ ދޫކޮށްލީހޭ

          ބުނެބަލާށޭ ބުނެބަލާށޭ

             ނޫނީ އެއްލާލީ ބޭނުން ފުދުނީހޭ

                         ބުނެބަލާށޭ ބުނެބަލާށޭ

ހިތެއް މޭގަ ވާއިރު ނެތީމާ ރަހުމް

       މި ލޯބީގަ ވެއްޖޭ މަގޭ ހިތް ޒަހަމް

              މޭގެ އުދާހަށް ބޭނުންވާ އަރާމު ދޭށޭ

                 ޝިކާޔަތޭ މިއީ ކުރާ ޔާރާ ޖަވާބު ދޭށޭ

                           އިންސާފުހެމީ ކަލާ ބުނެދީ ބަލާށޭ

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ޓީމު ލަންދޫގެ ހެޑް ކޯޗް އަހުމަދު އިރުފާން ލަންދޫ އަށް ވަޑައިގަންފި

ޓީމު ލަންދޫގެ ހެޑް ކޯޗް އަލްފާޟިލް އަހުމަދު އިރުފާން މިއަދު ލަންދޫ އަށް ވަޑައިގަންފިއެވެ. ކޯޗް އިރުފާނަށް ލަންދޫއިން ވަނީ …

ޚިޔާލެއްދެއްވާ

avatar
ބަބުރު
ބަބުރު

ތަރުވާޒުގެ ޅެންތަކަކީ މިފަހަކަށް އައިސް ފެންނަމުންދާ ރީތި ސަޅި ޅެންތަކެކެވެ. ދަރިފުޅަކަށް ދޭނެ ނަސޭހަތެއް އެކުލެވޭގޮތުން ޅެމެއް ޝާއިޢު ކޮށްދީ ބަލާށެވެ.

wpDiscuz