ބިދޭސީންގެ ޢަމަލުތަކާއިމެދު ވިސްނަންޖެހިފައި

އަޅުގަނޑުމެން ދިވެހިންނަކީ އަމިއްލަ ޘަޤާފަތަކާއި ރިވެތި އާދަކާދައެއްގެ ވެރި ބައެކެވެ. މިކަން ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެން މަސައްކަތްކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ. ބަވަނަ ކުރެވިފައިވާ މިރާއްޖޭގައި ތަފާތުޤައުމުތަކުގެ މީހުން ދިރިއުޅެއެވެ. އަވައްޓެރި ޤައުމުތަކާއި ދުރުޤައުމުތަކުގެ މީހުންނެވެ. އެމީހުންގެ އާޖުފާޖު ވަރަށް ރަނގަޅަށް ދެނެ އެމީހުންގެ ޢަމަލުތަކަށް އަޅުގަނޑުމެން ފާރަލާންޖެހޭނެއެވެ.

ރާއްޖޭގައި ބިދޭސީން އުޅެންޖެހެއެވެ. ފަސޭހަކަމާއެކު މަސައްކަތްތައް ހެޔޮއަގުގައި ކޮށްލުމަށްޓަކައެވެ. މިފަސޭހަތައް ލިބެމުންދާއިރު އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަމަކީ އަޅުގަނޑުމެންނަކީ މުސްލިމުން ކަމެވެ. އަޅުގަނޑުމެންނަށް ފަރުޅުކުރައްވާފައިވާ ނަމާދު ކުރުމަށްޓަކައި މިސްކިތްތަކަށް އަރާއިރު ބަނގުލަދޭޝްމީހުން ވަރަށްގިނައިން މަސައްކަތުގައި އުޅެ ތާހިރުނުވެ މިސްކިތައް އަރައެވެ. ނަމަވެސް ވިސްނާލަންޖެހޭކަމަކީ ހަށިގަނޑާއި ފޭރާމާއި ނަމާދުކުރާތަން ނަޖިހުންޠާހިރުނުވާނަމަ، ނަމާދު ޞައްޙަނުވާނެކަމެވެ. މިކަމާމެދު އަޅާލާ މިކަން އިސްލާޙުކުރަން އުޅެނީ އަޅުގަނޑުމެންގެތެރެއިން ކިތައްމީހުން ބާވައޭ އަޅުގަނޑުގެ ހިތައްއަރައެވެ.

ބައެއްބިދޭސީން ދިރިއުޅޭތަންތަނަކީ ވަރަށް މުޑުދާރުތަންތަންކަން މިއީ އެންމެންވެސް ދަންނަކަމެކެވެ. ތަފާތުބަލިތައް ޖެހުމުގެ އިތުރުން މުޖުތަމަޢުގެ އިޖުތިމާޢީ ދުޅަހެޔޮކަން ގެއްލިދާފަދަކަމަކަށް މިކަންވެދެއެވެ. އަނެއްކަމަކީ ބިދޭސީން މާރުކޭޓް ގޮޅިތަކުގައާއި ކުދި ފިހާރަތަކުގައި ބައިތިއްބާފައި ތިބެނީވެސް ވަރަށްގިނަ ފައިދާތަކެއް ލިބޭތީކަމަށް ގޮޅިތައްހިންގާ މީހުން ބުނަމުންދާއިރު އެމީހުން އުޅޭނޫޅޭގޮތް ބަލައިނުލެވޭކަމެވެ.

މޮބައިލްފޯނުތަކަށް ރިލޯޑުކުރުމަށް އަންނަމީހުންގެ ނަމްބަރު ހޯދައިގެން މީހުންގެ އަނބިންނަށް ގުޅާ އުނދަގޫކުރާ ބަންގާޅުމީހުންވެސް ވަކި މިރާއްޖޭގައި މަދެކޭ ނުދެންނެވޭނެއެވެ. އެކަމަކު އެފަދަ ފިރިންވެސް މިއީ ބޮޑުކަމަކަށް ހަދައިގެން އުޅޭހެނެއް ހިޔެއްނުވެއެވެ. އެމީހުން ޗުއްޓީތަކުގައި ރަށަށްގޮސް އެނބުރި އަންނައިރު އެތައްބައިވަރު ބުލެޓް ދިރުވާލައިގެން އަންނަވާހަކައާއި، މަސާޖުޕާލާތަކުގެ ފަޅުވެރިންގެ ގޮތުގައި އުޅޭ ވާހަކައަކީވެސް އާވާހަކަތަކެއްނޫނެވެ. ނަމަވެސް މިކަން ހުއްޓޭގޮތެއްވެސް ނުވެއެވެ.

ކުރިއަށް މިއޮތީ ބަރަކާތްތެރި ރަމަޟާންމަހެވެ. މިއީ އެމީހުންގެ ޢަމަލުތަކާމެދު ވަކިން ބޮޑަށް ފާރަލާންޖެހޭ މަކެކެވެ. ބައިސްކަލުގައި ކުނިއުކުމަށް އެމީހުން ކިތަންމެ މޮޅަސް އެއަށް ނުކަތާވަރަށް ސާމާނުއަޅައިގެން ވަންވޭއިން ހަމަދިމާ އިދިކޮޅަށްހުރެ ދުއްވާ މީހުން މަދެއްނުވާނެއެވެ. މިދަންނަވަނީ ދިވެހިންވެސް މިބާވަތުގެ ޢަމަލުތައް މުޅިން ނުކުރާވާހަކައެއްނޫނެވެ. ނަމަވެސް އެއިން ޤައުމަކަށްގޮސް ދިވެއްސަކު އެވައްތަރަށް އުޅެފިނަމަ، އަޅުގަނޑުމެން މިބުނާހެން އަޅައިނުލާށޭ ބުނެ އެމީހުން ތިބެދާނެބާއެވެ؟

އަޅުގަނޑުވެސް އެއްބަސްވަމެވެ. މިހާރުދެން ދިވެހިންގެ ބަސްމޮށުންތެރިކަން ބިދޭސީން އެދޭގޮތަށް ބަދަލުވެއްޖެއެވެ. ވާހަކަދެއްކެނީ އެމީހުންވެސް ދިވެހިން ވާހަކަދައްކާ ގޮތަށް “ހަލާކުރި ދިވެހިބަހުން” ނެވެ. މިކަންމިހެންވަނީވެސް ބައެއް ދިވެހިންނަކީ ކޮންމެގޮތެއް ވަރިހަމަ ބައެއްކަމަށްވާތީ ކަމުގައި ވަރަށްގިނަބަޔަކު ބުނެއެވެ.

ކުރާނެކަމެއްނެތެވެ. އަބަދުވެސް އެންމެގުދުބޮޑުމީހާއާއި ދިމާއަށް ގުދޯގޮވުމަކީ އަޅުގަނޑުމެންގެ އާދައެވެ. މިވާހަކަދައްކާއިރު އަޅުގަނޑުމެންގެ ޢަމަލުތައްހުރީ އަދި މިއަށްވުރެ ގޯސްކޮށްކަމުގައިވާނަމަ މިއީ ނުދައްކާ ވާހަކައެކެވެ.

ލިޔުނީ: ޢަބުދުލް ޙަމީދު ޢަބުދުއްރަޙްމާން ( އެޑިޓަރ )

ޢަބުދުލް ޙަމީދަކީ ލިޔުންތެރިކަމުގެ ފަންނުގައި ކޮންމެ ރޮނގަކުންވެސް ލިޔެވިދާނެ ކުޅަދާނެ މައުލޫމާތު ގެ ޚަޒާނާއެކެވެ. ބިޒީ ޝެޑިއުލްގެ ތެރެއިންވެސް ހެޔޮބަސް ބުނުމާއި ހެޔޮކަންކަމަށް ގޮވާލައި ، އޮއްޓަރު ހުރި ޢިލްމީ ދިރާސާތައް ފެންނަމުންދާކަމީ މިކަމަށް ދެއްވާ ޝަޢުޤުވެރިކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ. .

މިލިޔުންވެސް ކިޔާލާ

އޮކްޓޫބަރު މަހުން ފެށިގެން ބިދޭސީސްއަތުން ޓެކްސް ނަގަން ފަށަނީ

އަންނަ އޮކްޓޫބަރު މަހުން ފެށިގެން ބިދޭސީ މުވައްޒަފުން މުސާރައިގެ ގޮތުގައި ދިވެހިރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން %3 ރެމިޓެންސް ޓެކްސްގެ …

ޚިޔާލެއްދެއްވާ

avatar
ހަސަން
ހަސަން

ތެދުފުޅެއް…. މިކަމަކީ އަހަރެމެން ވަރަށްބޮޑަށް ވިސްނާ އެކަމާއިމެދު ވަކިގޮތަކަށް އަމަލުކުރުން މުހިއްމު މައްސަލައެއް.
ނަމަވެސް ކޮންމެ މައްސަލައަކީ ވަކި މީހަކު ކުރިކަމެކޭ ކިޔައި އެކަމުގައި ވަކިކުލައެއް ޖައްސައި، އަޅާނުލައި ހަނުތިބުމީ އަޅުގަނޑުމެންގެ މިއަދުގެ ހާލަތު…………… މިކަމުން ދަދިކަން ފޯރަނީ ވަކި ކުލައެއްގެ ބަޔަކަށްނޫން… ވުމާއިއެކު، މިކަން ހައްލުކުރުމީ އެންމެންގެ ވާޖިބެއްނޫންތޯ..! މުޒާހަރާކުރަންފެނޭ..

wpDiscuz