ބައްޕަ ބޮލުގެއިސްތަށި ހުދުވަނީ ކިއްވެތޯ؟

އަލީގެ 4 އަހަރަށްދާ ކުއްޖަކު ހުރެއެވެ. ވަރަށް ވިސްނުންތޫނެވެ. އަބަދުވެސް ހުންނަނީ ކޮންމެވެސް ކަހަލަ ސުވާލެއް ކޮށްލަ ކޮށްލައެވެ. އެއްދުވަހަކު އަލީގެ ގާތަށް ގޮސް އެކުއްޖާ އެބަ ސުވާލުކުރެެއެވެ.

ދަރިފުޅު: ބައްޕާ ކީއްވެތޯ ބައްޕަގެ ބޮލުގެ ބައެއް އިސްތަށި ހުދުވެފާ މިހުރީ؟

ޢަލީ: އެއީ ބައްޕަގެ ދަރިފުޅު ބަސްނާހާ އުޅޭތީ. ބަސްނާހާ ކުއްޖެއްގެ ބައްޕަ އެއް ވިއްޔާ ހުންނާނީ ހަމަ މިހެން.

ދަރިފުޅު: އެހެން ދޯ އެވަނީ . މިހާރު އަޅުގަނޑަށް އެނގިއްޖެ. ދެން އެހެންވެއްޖިއްޔާ ކީއްވެ ކާފަގެ ބޮލުގައި ހުރިހުރިހާ އިސްތައްޓެއް ހުދުވީ؟ ބައްޕަ ބަސް ނާހަނީ ދޯ.

ޢަލީ އަށް (ބުނާނެއެކައްޗެއްވެސް ނޭނގިފައި އިނދެ ) ބުނެލެވުނެވެ. ޖޯކަކަށް ނަމަވެސް ދޮގެއް ހަދާކަށް ނުވާނެތާއެވެ.

—————————————-

މަންމަގެ ލޯ.

ދަރިފުޅާއި މަންމައާއި ދެމެދު ދެކެވުނު ވާހަކަ ކޮޅެކެވެ.

މަންމަ: ދަރިފުޅާ މަންމަ ގެ ލޮލަށް ކަމެއްވެއްޖިއްޔާ ދަރިފުޅު ކީއްކޮށްދޭނީ؟

ދަރިފުޅު: މިޤައުމުގައި ހުރި ލޮލުގެ އެންމެރަގަޅު ހޮސްޕިޓަލަކަށް މަންމަ ގެންދާނީ.

މަންމަ: އެތަނުން ދިންބޭހަކުން ވެސް މަންމަގެ ލޯ ރަގަޅު ނުވެއްޖިއްޔާ ދެން ދަރިފުޅު ކޮށްދޭނީ ކޮންކަމެއް؟

ދަރިފުޅު:އެހެންވެއްޖެއްޔާ. ދެން މަންމަ ގެންދާނީ ދުނިޔޭގެ އެންމެ މޮޅުހޮސްޕިޓަލަށް.

މަންމަ: ދެން އަތަނުންވެސް ދޭ ފަރުވާއަކުން މަންމަގެ ލޮލަށް އެއްކޮށް ނުފެންނަ ގޮތް ވެއްޖެއްޔާ ދެން ދަރިފުޅު ހަދާނީ ކިހިނެތް؟

ދަރިފުޅު: ދެން އަޅުގަނޑު ހުންނާނީ ޢުމުރު ދުވަހަށް މަންމަގެ ޚިދުމަތުގައި. އެހާވެސް މަންމަ ދެކެ އަޅުގަނޑު ލޯބިވޭ.

ކުޑައިރުކޮޅަކު ދަރިފުޅު ވިސްނާލަން އިނދެފާ މަންމައާއި، ސުވާލުކޮށްލިއެވެ.

ދަރިފުޅު: މަންމާ . އަޅުގަނޑު ލޮލަށް އެއްކޮށް ނުފެންނަ ގޮތް ވެއްޖިއްޔާ މަންމަ ދެން އަޅުގަނޑަށް ކޮށްދޭނީ ކޮންކަމެއް؟

މަންމަ: މަންމަގެ ދެލޯ ދަރިފުޅަށް ދޭނީއެވެ.

އެހާވެސް މަންމަ ދަރިފުޅު ދެކެލޯބިވެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz