ބައިނަލް އަގުވާމީ ޅެންވެރިންގެ ދުވަހާ ގުޅުވާލައިގެން ލަންދޫސްކޫލްގައި ބައިތުބާޒީ މުބާރާތެއް ބާއްވައިފި.

ދުނިޔޭގެ ޅެންވެރިންގެ ދުވަހުގެ މުނާސަބަތާ ގުޅުވާލައިގެން ނ.ލަންދޫ ސްކޫލްގައި ބައިތުބާޒީ މުބާރާތެއް މިއަދު ބާއްވައިފިއެވެ.

މިދިޔަ މާޗްމަހުގެ 21 ވަނަ ދުވަހަކީ ދުނިޔޭގެ ޅެންވެރިންގެ ދުވަސް ކަމަށްވީއިރު އެދުވަހުގެ މުނާސަބަތު ގައި މިއަދު ބައިތު ބާޒީ މުބާރާތެއް ބޭއްވުނީ ކުރިން މިކަން ކުރަންނިންމި ތާރީޚްގައި ދިމާވި ދަތި ތަކާހެދި ކުރިއަށް ނުގެންދެވިގެން ކަމަށް ލަންދޫސްކޫލުން މަޢުލޫމާތު ދެއްވައެވެ.

ލަންދޫ ސްކޫލްގެ ޔުނެސްކޯ ކްލަބުގެ ފަރާތުން އިންތިޒާމްކުރި މި ބައިތު ބާޒީ މުބާރާތުގައި ސްކޫލްގެ 3 ހައުސް އިން ޖުމުލަ 12 ދަރިވަރުން ބައިވެރިވެފައި ވެއެވެ. އެއީ އެކި ޢުމުރުފުރާއަށް ބަހާލައިގެން ޤުރޫޕްތަކުގެ މެދުގައި ވާދަކުރާ ގޮތެއްގެ މަތިންނެވެ. އަދި ދަރިވަރުންގެ އިތުރުން ހައުސް ތަކުގެ ހައުސް މިސްޓްރެސް އިންގެ މެދުގައިވެސް ބައިތު ކިޔުނ ްމިއަދު އޮތެވެ.

މިއަދުގެ ބައިތު ބާޒީ މުބާރާތުގެ ރަސްމީ ނަތީޖާ ފަހުގެ ތާރީޚެއްގައި އިއުލާންކުރުމަށް ހަމަޖެހިފައިވާ އިރު މި މުބާރާތުގައި މިއަދު ވާދަކުރި ގިނަ ކުދިންވެސް ވަނީ ވަރަށްރަގަޅަށް މުބާރާތަށް ތައްޔާރު ވެފައިކަމަށް މަޢުލޫމާތު ލިބެއެވެ.

މި ހަރަކާތަށްވެސް ޔުނެސްކޯ ކްލަބުން ވަރަށް ބޮޑަށް ތައްޔާރުވެފައިވާ އިރުވެސް މިއަދުގެ މި މުބާރާތް އަޑުއެހުމަށް ހާޒިރުވެފައިވަނީ ނިސްބަތުން ވަރަށްމަދު ބެލެނިވެރިން ކޮޅެއްކަންފާހަގަ ކުރެވެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ.އައިޝަތު ޝިހާމް ލަންދުއަށް ވަޑައިގެންފި.

ނ.ލަންދޫ ސްކޫލަށް 50 އަހަރު ފުރުމުގެ ރަންޔޫބީލް ފާހަގަކުރުމަށް ލަންދޫގައި ބޭއްވި ޚާއްޞަ ޙަފްލާގައި ބައިވެރިވެ ވަޑައިގަތުމަށް މިނިސްޓަރ އޮފް …

ޚިޔާލެއްދެއްވާ

avatar
Mohamma
Mohamma

beleniverine naanayyaa dhen activistun gennah fashaa . hehehehehe

wpDiscuz