ބަރުދަނުގަ ގާތްގަނޑަކަށް 12 ކިލޯ ހުރި މާވަހަރެއް ނ.މާޅެންދޫ މީހަކު ހޮވައިފި

މާޅެންދޫ މޫސަ ހޮވި މާވަހަރު ކަމަށް ބުނާ މާވަހަރު / ފޮޓޯ: މަނަދޫ ލައިވް

ބަރުދަނުގައި 12 ކިލޯ ހުރި މާވަހަރެއް ނ.މާޅެންދޫ މީހަކު އިއްޔެ ހޮވައިފިކަމަށް ޚަބަރުލިބިއްޖެއެވެ.

ނ.މާޅެންދޫ ރެސްޓީން ހައުސް މޫސާ ޔޫސުފް ހޮވި މި މާވަހަރު ހޮވާފައިވަނީ އިއްޔެ ގެ ވަގުތެއްގައި އޭނަގެ އަމިއްލަ ދޯނީގައި ނ.ކެނދިކުޅުދުއަށް ގޮސްފައި އައިމަގުމަތީގައި ކެނދިކުޅުދޫއާއި، ތޮޅެންދޫއާއި ދެމެދުގައި އޮންނަ މުލިކަނޑުއޮޅި ކިޔާ ހިސާބުން ކަމަށް މިކަމާގުޅޭގޮތުން މިއަދު ލަންދޫ އިންފޯއަށް މޫސަ މައުލޫމާތު ދެމުން ބުންޏެވެ.

މޫސަބުނީ އަދި އެއީ މާވަހަރެއްކަމަށް މުޅިން ނިންމޭނީ އޭތި މާލެގެންގޮސް ޓެސްޓް ކުރުމުންކަމަށެވެ. އެހެންނަމަވެސް ބޮޑަށް ބެލެވެނީ އެއީ ހުދަންބަރު މާވަހަރު މިކިޔާ ބާވަތުގެ އެއްޗެއް ކަމަށްވެސް މޫސަބުންޏެވެ. މޫސަބުނީ އެއީ މާވަހަރެއްތޯ ނުވަތަ ނޫންތޯ ބަލަން ރަށުގައި އެއްވެސް ޓެސްޓެއް އަދި ނުހަދާކަމަށާއި، ޚިޔާލުކުރަނީ ވީ އެންމެ އަވަހަކަށް އެ ހިފައިގެން މާލެ ދިޔުމަށް ކަމަށެވެ.

މާވަހަރު ހޮވި މޫސައަކީ ފުޅާ ދާއިރާއެއްގަ ނ.ތޮޅެންދޫގަ ދަނޑުވެރިކަންކުރަމުންއަންނަ  ހީވާގި ޒުވާނެކެވެ.

 އިއްޔެ ގެ ވަގުތެއްގައި ލަންދޫ ދެމީހަކު ވަދާ ނުކުމެ އުޅުނު އުޅުމުގެ ތެރޭގައިވެސް ހަމަ މިމާވަހަރު ހޮވިހިސާބުން މާވަހަރެއް ފާޑުގެ އެއްޗެއް ފެނުނުކަމަށާއި، އެކަކު އެއީ މާވަހަރެކޭ ބުނުމުންވެސް އަނެކަކު އެކަމާ އެއްބަސް ނުވުމުން އޭތި ދުއްކޮލީކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މާޅެންދޫ މޫސަ މިމާވަހަރު ހޮވިޚަބަރު ލިބުމުން ލަންދޫގައި އަޑުފެތުރިފައިވަނީ އެއީ ލަންދޫމީހުންނަށް ފެނުނު މާވަހަރަށް ފަހަރެއްގައި ވެދާނެކަމަށެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
ގާލިކު
ގާލިކު

މާވަހަރު ހޮވިދުވަހުގެ ކުރީ ދުވަހު ލަންދޫން ދަތުރުދިޔަ ދޯންޏެއްގައިތިބި ދެމީހުންނަށް މަވަހަރެއް އެހިސާބުން ފެނިފައިވާކަމަށް މި އާޓިކަލުގައި ލިޔެފައިވާއިރު އެބުނާ ދޯނީގައި ދަތުރުކުރި ދެމީހުންގެ ތެރެއިން އެކަކު އެބުނާދުވަހުގެ ދެދުވަސްކުރިން ވަނީ ލަންދޫ ބޯޓުގައި މާލެގޮހެވެ. މާވަހަރު މޫސާ ޔޫސުފު ހޮވީ އެބުނާ ލަންދޫ މީހާ މާލެދިތާ ގާތްގަޑަކަށް 4ވަނަ ދުވަހުއެވެ. މާލެދިޔަތާރީޚަކީ 29ޖޫން 2012 ދުވަހުގެ 17:00ގައެވެ

ކެޓްބޯއީ
ކެޓްބޯއީ

މާލެ ދިޔައީ އެމީހުން ބުނާގޮތުން އެފަދަ މާވަހަރެއް ކަމަށް ލަފާކުރެވޭ އެއްޗެއްގައި އެދެމީހުންވެސް އަތްކާއްތާފައި އެހިސާބުން ކަނޑަށް އެއްލާލައިފާ ކަމަށް އެދެމީހުންވެސްބުނެއެވެ. އެމީހުން އެމާވަހަރުގައި އަތްކޭތިވާހަކަ ނުވަތަ އެފަދަ މާވަހަރެއް އެދެމީހުންނަށްވެސް ފެނުނު ވާހަކަ ބުނެފައިވަނީ މޫސަ އެމާވަހަރު ހޮވިދުވަހަކު ނޫނެވެ. އެމީހުންބުނަނީ މޫސަ ހޮވި މާވަހަރަކީ އެދެމީހުންނަށްވެސް ފެނުނު މާވަހަރު ކަމަށްވެދާނެ. މޫސަ އެމާވަހަރު ހޮވާފައިވަނީ ތޮޅެންދޫ ގޮނޑުދޮށުން ކަމަށް ބެލެވެއޭ. ސަރުކާރަށް ބޮޑުއެއްޗެއް ދައްކަންޖެހޭތީ ކަނޑުން އެމާވަހަރު ނެގީކަމަށް މޫސަ ބުނަނީ ކަމަށްވެދާނެ.

wpDiscuz