ބަރަކާތްތެރި މައްސަރަކަށް މަރުޙަބާ

ލިޔުނީ: ޢަލީ ޒިޔާދު / އަސްރަފީގެ

ފުރަތަމަވެސް މިފަދަ މައްސަރަކާއި އަޅުގަނޑުމެންނާއި ބައްދަލުވީތީ ﷲ ސުބުޙާނާހޫ ވަތަޢާލާއަށް ޙަމްދުކުރަމެވެ. އެހެނީ މިއީ ރަޙްމަތުގެ މަހަކަށްވާތީވެއެވެ. ފާފަފުއްސެވުމުގެ މައްސަރަކަށްވާތީވެއެވެ. ހެޔޮކަމުގެ މައްސަރަކަށްވާތީވެއެވެ. ދުޢާއަކީ މި މައްސަރުގެ މާތްކަމާއި ހެޔޮކަން އަޅުގަނޑުމެންނަށް މިންވަރުކޮށްދެއްވުމެވެ.

އާދެ ! ޚުދު އަޅުގަނޑު މިއުޅެމުންދާ މާޙައުލަށް ވިސްނާލިޔަސް ބަރަކާތްތެރި މައްސަރެއް އައިސްފިކަން މިހާރު އިޙްސާސްވެއެވެ. ތެދުތެދަށް ދަންނަވަނީނަމަ، ކުރީ އަހަރުތަކުގެ ރަމަޟާންމަހާއި މިއަހަރުގެ ރަމަޟާންމަސް ތަފާތެވެ. އެހެނީ ގިނަ ޒުވާނުންނާއި އެމީހުންގެ މައިންބަފައިން ހޭލުންތެރިވެފައި ވުމެވެ. ގިނަ ޒުވާނުން އެމީހުންނަށްވެސް ކުރީގައި އުޅެވުނީކީ ރަނގަޅަށް ނޫންކަން ވިސްނި ކޮންމެ ނަމާދަކަށްފަހު ދުޢާއަށް އަތްނަގައިގެން ހަމަހިމޭންވެފައިތިބޭތަން ފެންނަކަމީ އުފާކުރުން ޙައްޤުކަމެކެވެ. މައިންބަފައިންވެސް އެމީހުންގެ އުޅުން ބަދަލުކޮށް ފާފަފުއްސެވުމަށް އެދި ކުރާނެ ރިވެތި ދުޢާތައް ހޯދަން އަތްފުނާއަޅާކަމީ މިއަހަރުގެ ރަމަޟާންމަސް ތަފާތުވާ އަނެއްކަމެވެ.

ލަންދޫ ދަރިއެއްގެ ޙައިސިއްޔަތުން މިއަދު މިލޮބުވެތި ފަސްގަނޑާއި ދޭތެރޭ އުފާކުރަމެވެ. ތަރާވީޚް ނަމާދަށް އިމާމު މީހާ ގޮވާލުމުން ޚުދު އަންހެންވެރިންވެސް އެހުންނަ ފޯރި އެނގޭނީ މިސްކިތައް އަރާ ބަލާލިމީހަކަށެވެ. ގިނަ ޒުވާނުންތަކެއް މިސްކިތުގެ ކުރީ ސަފުން ޖާގަހޯދުމަށް ކުރަމުން އެދާ މަސައްކަތް އެނގޭނީ އެމަންޒަރު ބަލަން އުޅުނު މީހަކަށެވެ. ރޯދަ ވީއްލާ ވަގުތުގައި މިސްކިތްދޮށަށް ޖަވާވަމުންދާ ޒުވާނުންގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރެވެ. މާޝާ ﷲ ، އުފާކުރާށެވެ. އަދި ރޯދަ ވެރިންނަށް ރޯދަ ވީއްލުމަށްޓަކައި ކަދުރު، ފެން، ފަނި ފަދަ ތަކެތި ހިފައިގެން އަންނަ ޒުވާނުންވެސް މަދެއްވެސް ނޫނެވެ. ހިތްއުފާކުރާހާ އިތުރެވެ.

ތެދެކެވެ. ލަންދޫގެ ގިނަ ޒުވާނުން ވަރަށްވެސް ހޭލުންތެރިވެއްޖެއެވެ. އުފާކުރަމެވެ. އިންތިހާއަށް އުފާކުރަމެވެ. އެހެނަސް އަދިވެސް ރަށުތެރެއިން ވީއްލިގެން އުޅޭ ޒުވާނުންކޮޅެއް އެބައުޅެއެވެ. މިކަމާއި ދޭތެރޭ އަމިއްލަ ފަރުދެއްގެ ޙައިޞިއްޔަތުން ޚުދު އަޅުގަނޑުވެސް ވިސްނަމެވެ. އެމީހުން އެހެން އެއުޅެނީ ކިހިނެއްވެގެންތޯ ސުވާލުއުފެދެއެވެ.

ކޮންމެއަކަސް ދުޢާއަކީ އެފަދަ ޒުވާނުންނަށްވެސް ވީ އެންމެ އަވަހަކަށް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހެޔޮތަވުފީޤް މިންވަރު ކުރެއްވުމެވެ. ހެޔޮވިސްނި ހެޔޮމަގަށް އެނބުރި ރުޖޫޢަވުމެވެ. އެދުވަހަކުން އުފާކުރާނަމެވެ.

އަޅުގަނޑުގެ އެކުވެރި ޒުވާނުންނޭވެ. ތިޔަލޮބުވެތި ކުދިން ތިޔަތިބީ ހަމަ އިޚްލާޞްތެރިކަން މަތީ އެނބުރި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތަށް އެނބުރި ރުޖޫޢަވެގެންހެއްޔެވެ. އެހެންކަމަށްވާނަމަ ﷲ ލަހެއްފަހެއް ނުކުރައްވާނެއެވެ. ތިބާގެ ފާފަ ފުއްސަވާނެއެވެ. ދުޢާކުރުން އިތުރު ކުރާށެވެ. ލަދު ނުގަންނާށެވެ. ނަމާދުގައި މަޑުމޮޅިވެ ހުންނާށެވެ. ގިނަގިނައިން ﷲ އަށް ޛިކުރުކުރާ ދަރިއަކަށްވާށެވެ. އެހެނީ ޤިޔާމަތްދުވަހުގައި ﷲ ގެ ޢަރުށީގެ ހިޔާވަހިކަން ނުވާދުވަހުގައި އެޢަރުށީގެ ހިޔާވަހިކަން ހޯދުމުގެ ފުރުޞަތު ޚާއްޞަކޮށް ޒުވާނުންނަން އޮތްކަން ވަނީ އަހަރެމެންގެ މާތްނަބިއްޔާ ޞައްލަﷲ ޢަލައިވަސައްލަމް އިޢުލާންކުރައްވާފައެވެ.

ވަގުތު ވީ މިންވަރަކުން ޤުރުއާން ކިޔެވުމުގައި ޚާއްޞަކޮށް މިމަހުގައި އެކަހެރިވެ އިންނާށެވެ. އެނގުނު މިންވަރަކުން އެމާތްފޮތް ކިޔަވާށެވެ. އެޔަކުން ގެއްލުމެއް ނުވެއެވެ. ވާނީ ފައިދާއެވެ. ތަރާވީޚް ނަމާދުގައި ވަގުތު ކޮޅެއްވިޔަސް ކަލަ ނުގޮވާށެވެ. ކެއްތެރިވާށެވެ. ނަތީޖާ ވަރަށް ފޮނިވާނެއެވެ. އުންމީދު ކަނޑާ ނުލާށެވެ. ޘާބިތުވެ ހުންނާށެވެ. ތިޔަ ޒުވާނުންގެ މަސައްކަތުގައި ﷲ ބަރަކާތް ލައްވާނެއެވެ.

ދުޢާ އަކީ މިލޮބުވެތި ފަސްގަނޑަށް ރަޙްމަތުގެ ނަޛަރަކުން ﷲ ސުބުޙާނަހޫ ވަތަޢާލާ ބައްލަވާވޮޑިގެންނެވުމެވެ. އެންމެހާ މުސްލިމް އަޚުންނާއި އުޚުތުންގެ ފާފަފުއްސެވުމެވެ. ނަރަކައިގެ ގަދަފަދަ ޢަޛާބުން އަޅަމެން މުއްދިކުރެއްވުމެވެ. މަރުމަތި އަމާންކުރެއްވުމެވެ. ސުވަރުގޭގެ މީރުކަން ލިބުމެވެ. އިބަ ﷲ ގެ ޛާތުފުޅު ފެނުމުގެ ފުރިހަމަ ނަޞީބު ލިބުމެވެ. އިބަ ﷲ ގެ ޛާތުފުޅު ފެނުމުގެ ފުރިހަމަ ނަޞީބު ލިބުމެވެ. އިބަ ﷲ ގެ ޛާތުފުޅު ފެނުމުގެ ފުރިހަމަ ނަޞީބު ލިބުމެވެ. ޔާ ﷲ، އަޅަމެންގެ ފާފަތައް ފުއްސަވާންދޭވެ. اللهم إنّك عفو تحبّ العفو فاعف عنّا

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ކެނދިކުޅުދޫގެ ދަނޑުތައް ރޯދައަށް ފައްކާވެފައި

ބަރަކާތްތެރި ވެގެންވާ ރަމަޟާން މަހަކީ ޒަމާނުން ސުރެ އަޅުގަނޑުމެން އެންމެހައި މުސްލިމް އަޚުންނާއި އުޚްތުން އެމަހަކަށް ޓަކައި ވަރަށް ރަނގަޅަށް …

ޚިޔާލެއްދެއްވާ

avatar
wpDiscuz