ބަރަކާތްތެރި ރަމަޟާން މަހާއި ދިމަކޮށް މިކަން ނެތިދާނެ ނަމަ ކިހާ ރަނގަޅު

ހުކުރުދުވަހަކީ ކިހާމާތް ދުވަހެއްކަމާއި ހުކުރު ޙުޠުބާ އަޑުއެހުމަކީ ކިހާ މުހިއްމު ކަމެއްކަމާއި އަދި ހުކުރު ނަމާދުގެ ޖަމާޢަތުގައި ބައިވެރި ވުމަކީ ކިހާ މަތިވެރި ޘަވާބަކާއި ދަރުމައެއް ލިބޭކަމެއްކަން ނޭނގޭ މީހަކު މިއަދު މި މުޖުތަމާޢުގައި އުޅޭނެއެކޭ އަޅުގަނޑުގެ ހިތެއް ނުބުނެއެވެ.

ނަމަވެސް ހިތާމައަކީ މިއަދުވެސް އަޅުގަނޑުމެންގެ މި މުޖުތަމަޢުގައި ހުކުރު ނަމާދަށް ދާމީހުން މަދުކަމާއި އަދި ހަމަ މިއާއިއެކު ހުކުރު ނަމާދަށްދާ ބައެއްފަރާތްތައް ހާއްޞަކޮށް ޒުވާނުން ހުކުރަށް ގޮސްމެ ހުކުރު ޚުޠުބާ އަޑު އެހުމުގެ ބަދަލުގައި މިސްކިތު ދާލަމަތީގައި ނުވަތަ ފެންޑާމަތީގައި ނޫނީ މިސްކިތާއި ކައިރި ކޮންމެވެސް ހިސާބެއްގައި ގްރޫޕްހަދާފައި ވާހަކަ ދައްކަންތިބޭކަމެވެ. މިގޮތައް ތިބޭ ފަރާތްތަކުގެ ތެރޭގައި މުޖުތަމަޢުގައި ނަގާކިޔާ ރަށުގެ ކަމުވޮށިގެންވާ ބައެއްފަރާތްތައް ހިމެނޭކަމީ ކޮޅުނެތްކޮޅަށް ހިތާމަ ކުރަން ޖެހޭ ކަމެކެވެ.

ކަންމިހެން ހުރި އިރު ހުކުރުނަމާދަށް ތައްޔާރުވެ ވީހާއަވަހަކަށް ހުރުރަށްގޮސް ހުކުރުގެ ޖަމާޢަތުގައި ފުރިހަމައަށް ބައިވެރިވާ މީހަކަށް ލިބޭނެ ސަވާބާއި ދަރުމަ ބަޔާން ކުރައްވާ ރަސޫލުﷲ صلى الله عليه وسلم ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. ” ހުކުރު ދުވަހުގެ ހުކުރުވަގުތުގެ ކުރިން ފެންވަރާ ތާހިރުވެ ހުކުރުނަމާދުގެ ވީހާވެސް ކުރީވަގުތެއްގައި އެއްވެސް ސަވާރީއަކަށް ނާރާ ފައިމަގުގައި ހިނގާފައި މިސްކިތައް ހާޟިރުވެ، އިމާމާއި ވީހާވެސް ގާތުގައި އިށީންދެ، ދުނިޔަވީ އެހެންއިތުރުކަމަކާއި މަސްއޫލުނުވެ، ހުކުރު ޚުތުބާ ފެށުނީންސުރެ ކަނުލާ އަޑުއަހާ ހުކުރު ނަމާދު ފުރިހަމަކޮށްފިނަމަ އޭނާ މިސްކިތައް އައުމަށް އެޅި ކޮންމެ ފިޔަވަޅަކަށް އެއްއަހަރުދުވަހުގެ ރޯދައާއި ރޭ އަޅުކަމުގެ ސަވާބު މާތް ﷲ އޭނާއަށް ލިއުއްވާހުއްޓެވެ.” ((އަޙްމަދު) ޝޭޚް އަލްބާނީ ވަނީ މިހަދީޘް ސައްޙަކުރައްވާފައެވެ.)

މިީގެ އިތުރަށް ރަސޫލުﷲޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. « إِذَا كَانَ يَوْمُ الْجُمُعَةِ قَعَدَتِ الْمَلاَئِكَةُ عَلَى أَبْوَابِ الْمَسْجِدِ فَكَتَبُوا مَنْ جَاءَ إِلَى الْجُمُعَةِ فَإِذَا رَاحَ الإِمَامُ طَوَتِ الْمَلاَئِكَةُ الصُّحُفَ وَدَخَلَتْ تَسْتَمِعُ الذِّكْرَ » މާނައީ” ހުކުރު ދުވަހު ހުކުރަށް ދާމީހުންގެ ނަން ލިޔުއްވަން، މިސްކިތްތަކުގެ ދޮރުމަތީގައި މަލާއިކަތް ބޭކަލުން ތިއްބަވާނެތެވެ. ފަހެ، އިމާމާ ނުކުތުމުން އެބޭކަލުންވެސް ފަތްފުށްތައް ލައްޕަވާލެއްވުމަށްފަހު ޚުޠުބާ އަޑު އެއްސެވުމަށް މިސްކިތަށް އަރައި ވަޑައިގަންނަވާނެއެވެ”. ނަމާދު ފެށުމުގެ އެތައް ވަޤުތެއް ކުރިން މިސްކިތައް އަރައި މަޑުކޮށްގެން އިންނަ ވަޤުތަކީ ޙަޤީޤަތުގައި ބޭކާރުވެގެންދާ ވަޤުތެއް ނޫންކަންވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ އުއްމަތަށް އަންގަވައި ދެއްވާފައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.”لاَ يَزَالُ الْعَبْدُ فِي صَلاَةٍ مَا كَانَ فِي مُصَلاَّهُ يَنْتَظِرُ الصَّلاَةَ، وَتَقُوْلُ الْمَلاَئِكَةُ: اَللَّهُمَّ اغْفِرْ لَهُ ، اَللَّهُمَّ ارْحَمْهُ، حَتَّى يَنْصَرِفَ أَوْ يُحْدِثَ”.  މާނައީ ” މުސްލިމު އަޅާ ނަމާދުގެ އިންތިޒާރުގައި މިސްކިތުގައި މަޑުކޮށްގެން ހުރުން ނަމާދުގައި ހުރުން ފަދައެވެ. އަދި އޭނާ މިސްކިތުން ފައިބައްޖެއުމަށް ދާންދެން ނުވަތަ ޙަދަޘްވެރި ވެއްޖެއުމަށް ދާންދެން، އޭނާގެ ފާފަތައް ފުއްސެވުމަށާއި އޭނާއަށް ރަޙްމަތް ލެއްވުން އެދި މަލާއިކަތް ބޭކަލުން ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާނެތެވެ”.

އަޅުގަނދުގެ އިޙްލާޞްތެރި ދުޢައަކީ ކުރިމަތި ވަމުން މިއަންނަ ބަރަކާތްތެރި ރަމަޟާން މަހާއި ދިމަކޮށް އަޅުގަނޑުމެންގެ މުޖުތަމަޢުއިން ފެނިގެން މިދާ ނޭދޭވޭކަންތައް ފެނިގެން ނުދިއުމެވެ. މި ނުބައި ޢަމަލްކުރެވޭ ފަރާތްތަކަށް މާތްﷲ ސުބުހާނަޙުވަތަޢަލާ ހެޔޮވިސްނުން ދެއްވެވުމެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

އައިޕީޔޫ އިން ރާއްޖެއަށް ވަފުދެއް ފޮނުވަން ނިންމުމުން ރައީސް މައުމޫނު މަރުހަބާ ވިދާޅުވެއްޖެ.

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުންގެ ހައްގުތަކަށް އަރައިގަނެ އެ މެންބަރުންގެ ހައްގުތައް ނިގުޅައިގެންފައިވާކަމަށް ބުނެ އިންޓަޕާލިމެންޓްރީ ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށް …

ޚިޔާލެއްދެއްވާ

avatar
wpDiscuz