ބަށިމުބާރާތުގެ ޗެމްޕިއަންކަން ރެހެންދި ހައުސްއިން ހޯދައިފި

ލަންދޫ ސްކޫލްގެ އިންޓަރ ހައުސް 16 ވަނަ ބަށި މުބާރާތުގެ ޗެމްޕިއަންކަން އައިޝަތު ރުކުޝާނާ އާއި މަރިޔަމް ޔޫސުފްގެ ރެހެންދި ހައުސް އިން ހޯދައިފިއެވެ.

ލަންދޫ ސިއްޙީ މަރުކަޒުގެ ފެމެލީ ހެލްތު ވޯރކާ ލަންދޫ އަލިމަސްގޭ އަލްފާޟިލާ ތަސްލީމާ އަބޫބަކުރު ޝަރަފްވެރި ކޮށްދެއްވި މި މުބާރާތުގެ ފައިނަލްގައި ރެހެންދި ހައުސް އާއި ބައްދަލްކޮށްފައިވަނީ އެއްވެސް މެޗަކުންބަލިނުވެ ފައިނަލަށް ދިޔަ ޚަދީޖަތު ވަރުދާ އާއި ހައްވާ ޝާޢިރާގެ ސިއްތިމާވާ ހައުސްއެވެ.

އިއްޔެ ހަވީރު ކުޅެވުނު ފައިނަލް މެޗު ރެހެންދި ހައުސްއިން ކާމިޔާބު ކޮށްފައިވަނީ ވާދަވެރި ކުޅުމަކަށްފަހު 4 ލަނޑާއި 9 ފޯލިންނެވެ. ތިން އޯވަރު ނިމުނު އިރު ސިއްތިމާވާ ހައުސްއަށް ހެދުނީ 3 ލަނޑާއި 8 ފޯއްޏެވެ.

ލަންދޫ ސްކޫލުގެ ސްޕޯރޓްސް އިން ޗާރޖު އަލްފާޟިލާ ފަރީދާ ޢުމަރު މަޢުލޫމާތު ދެއްވި ގޮތުގައި މި މުބާރާތުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ސެޓްފިކެޓް ދިނުން އޮންނާނީ ސްކޫލްގައި ދެން އެންމެއަވަހަށް ބޭއްވޭ އެސެމްބުލީގައެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz