ރޫޙާނީ ލީޑަރ ޝިޕެއް އެމްޑީޕީ އެތެރޭގައި އުފެދުމަށްޖާގައެއް ނުދޭނަން-އަލްޙާން

އެމްޑީޕީއަށް އެމްޑީޕީއަކީ އަމިއްލަފުޅަށް އިސްތިއުފާދެއްވި ކުރީގެ ރައީސް ނަޝީދު ކަމަށް ގަބޫލުކުރެވި ރޫޙާނީ ލީޑަރ ޝިޕެއް އެމްޑީޕީ އެތެރޭގައި އުފެދުމަށް ޖާގަނުދެއްވާނެކަމަށް އެޕާޓީގެ ކުރީގެ ނައިބްރައީސް އަދި ފޭދޫ ދާއިރާގެ މެންބަރު އަލްޙާން ފަހުމީ ވިދާޅުވެއްޖެއެވެ.

ރޭ ދިޓީވީ ހަބަރު ތެރެއިން ޕޮރޮގުރާމުގައި ވާހަކަދަށްކަވަމުން އަލާހާން ވިދާޅުވީ އިއްޔެ އެމްޑީޕީ ތެރޭގައި ކަންތައްވީގޮތުން އެތެރޭން ޙައްލުވާންހުރި މައްސަލަތަށް ބޭރަށް ނުކުތީކަމަށާ،އެހެންކަމުން އެކަންކަމުގެ ޒިންމާ ރައީސް ނަޝީދު ނަންގަވަން ޖެހޭނެކަމަށެވެ.

މި މޭރުމުން ވާހަކަދަށްކަވަމުން އަލާޙާން އިތުރަށް ވިދާޅުވީ އެމްޑީޕީގެ މުސްތަގުބަލަށްޓަކައި  އިންތީހާބު ކާމިޔާބުކުރަން އެމްޑީޕީން ބޭނުންކަމުގައިވަނީނަމަ މިހާރުން މިހާރަށް ރައީސް ނަޝީދު ފަހަތަށް ފިޔަވަޅެއްއަޅުއްވާ އެމްޑީޕީގެ ލީޑާރ ޝިޕަށް ޖާގަދެއްވަމުން،އެމްޑީޕީގެ ލީޑާޜ ޝިޕަށް ގޮންޖައްސަވާފަ ރައީސް ނަޝީދު ކުރައްވާ ކަންތައްތައް ހުއްޓަވާލަން ޖެހޭނެކަމަށް އަލްޙާން ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަދަށް ކަވަމުން އަލާހާން އިތުރަށް ވިދާޅުވީ އިއްޔެ އެމްޑީޕީގެ ގައުމީ މޖިލީހުގެ ތެރެއިން ފެނިގެން ދިޔަ ކަންތައްތަކަކީ އެއްވެސް ބަޔަކަށް ލިބުނު ކާމިޔާބެއްކަމަށް ބަލައިގެން ނުވާނެކަމަށާ،އަދި އިއްޔެ އެކުރިކަންތަކުގެ ހިތިނަތީޖާ އެކަން ރާވާހިންގި ފަރާތްތަށް އަދި ދެކޭނެކަމަށާ،މިދުވަސް އެމްޑީޕީގެ ތާރީޙުގައި ލިޔެވޭނީ އަނދިރި ސޮފްޙާއެއްގެ ގޮތުގައިކަމަށް އަލްޙާން ވިދާޅުވިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން އިއްޔެ ނިންމި ނިންމުމަށް ވަރަށްބޮޑަށް ފާޑުވިދާޅުވަމުން އަލާޙާން އިތުރަށްވިދާޅުވީ އިއްޔެގެ މިއަމަލުން އެމްޑީޕީގެ ގައުމީމަޖިލީހަކީ ރައީސް ނަޝީދު ވަކި ތައްގަނޑަކަށް ހިންގަވާ އެއްޗެއްކަން ހާމަވެފައިވާކަމަށް އަލްޙާން ވިދާޅުވިއެވެ.

ރޭ އަލްޙާން މި މޭރުމުން އެމްޑީޕީގެ ގައުމީ މަޖިލީހަކީ ރައީސް ނަޝީދު ބޭނުންފުޅުވާ ގޮތަކަށް ހިންގަވާ އެއްޗެއްކަމަށް ވިދާޅުވިއިރު މީގެ ކުރިން އެކި ސިޔާސީ ފަރާތްތަކުންދިޔައީ އެމްޑީޕީ ހިންގަމުންދަނީ ރައީސް ނަޝީދު ބޭނުންފުޅުވާގޮތަށްކަމަށްބުނެ އެވާހަކަތަށް ދަށްކަމުނެވެ.

އަދި ރޭ އެމްޑީޕީގެ ނައިބްރައީސް ކަން ކޮއްފައިވާ ބޭފުޅެއްގެ ދުލުން މިފަދައިން ވިދާޅުވިއިރު މީގެ ކުރިން އެމްޑީޕީގެ ލީޑާރ ޝިޕުންނާއި ރައީސް ނަޝީދު ދައުވާކުރަމުންއައިސްފައިވަނީ އެޕާޓީއަކީ ރާއްޖޭގައި އެންމެ ޑިމޮކްރެޓިކްކޮން ހިންގަމުންދާ ސިޔާސީ ޕާޓީކަމަށް ކަން ފާހަގަކޮއްލަންޖެހެއެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

ރާއްޖެޓީވީގައި އަލްހާން ދެއްކެވި ވާހަކަފުޅު ކުށްވެރިކޮށް ޖޭޕީން ބަޔާނެއް ނެރެފި.

އިބްރާހިމް ނާސިރު އިންޓަރނޭޝަަނަލް އެއަރޕޯޓާއި ބެހޭގޮތުން މިއަދު ރާއްޖެޓީވީގައި ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި ޕާލަމެންޓްރީ …

ޚިޔާލެއްދެއްވާ

avatar
wpDiscuz