ރުއް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި

ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވާލައިގެން ލަންދޫ ބަނދަރު ސަރަހައްދުގައި ރުއް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

އިއްޔެ ހަވީރު 4:00 ން 6:00 އަށް ކުރިއަށް ގެންދެވުނު މިހަރަކާތުން ލަންދޫގެ ކޮންމެ ގެއަކުން އެއް ރުއް އިންދުމުގެ ފުރުޞަތު ކައުންސިލް ޢިދާރާއިންވަނީ ހުޅުވާލައިފައެވެ. ކައުންސިލް ޢިދާރާއިން ހުޅުވާލި މި ފުުޞަތުގައި ލަންދޫގެ ވަރަށްގިނަ ގޭގެއިން ބަނދަރު ސަރަހައްދުގައި ރުއްިއންދާފައިވާ ކަމަށް ކައުންސިލް ޢިދާރާއިން މަޢުލޫމާތު ދެއްވައެވެ.

ލަންދޫ ކައުންސިލް އިދާރާގެ ފަރާތުން އިސްނަގައިގެން ބަނދަރު ސަރަހައްދުގައި ރުއްއިންދުމުގެ ޕްރޮގްރާމެއް އިއްޔެ ކުރިއަށް ގެންދިޔައިރު މީގެ ހަފަތާއެއްހާދުވަސް ކުރިން ލަންދޫ އެމްީޕީ ގޮފީގެ ފަރާތުން އެގޮފީގެ މުސްކުޅި ވެރިންލައްވާ ވަނީ ރުއް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ތިމާވެށީގެދުވަސް – ރަށުފެންވަރުގައިވެސް ފާހަގަކުރުން މުހިއްމުދުވަހެއް

ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އެންމެފުރިހަމައަށް އެންމެބަރާބަރަށް ފާހަގަކުރަމުން ގެންދާއެއްދުވަހަކީ ދުނިޔޭގެ ތިމާވެށީގެ ދުވަސްކަން ޔަޤީނެވެ. މިދުވަސް ފާހަގަކުރުމުގެ ގޮތުން މީގެކުރިން …

ޚިޔާލެއްދެއްވާ

avatar
wpDiscuz