ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ރައުސްމާލަށް މިވަނީ ވަރަށްބޮޑު ހީނަރުކަމެއް އައިސްފަ- ރައީސުލްޖުމްޙޫރިއްޔާ

ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ރައުސްމާލަށް ވަރަށްބޮޑު ހީނަރުކަމެއް އައިސްފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވހީދު ހަސަން ވިދާޅުވެއްޖެއެވެ. މި ރޮނގުން ވާހަކަފުޅުދަށްކަވަމުން އެމަނިކުފާން ހައްދުންމަތީ ރައްޔިތުންނާ ބައްދަލުކުރަށްވާ ވިދާޅުވީ އަބަދުވެސް މަސައްކަތްޕުޅުކުރައްވާނީ ޤައުމުގެ މަޞްލަޙަތު އިސްކޮށް، ޤައުމުގައި ޞުލްޙަ ޤާއިމްކުރެއްވުމަށާ،މިވަގުތަކީ މިއީ ރާއްޖޭގެ އިޤްތިޞާދީ އަދި ސިޔާސީ ކަންކަން ހަމަޖެއްސުމަށްޓަކައި ޤައުމުގެ ޒަޢާމަތުގައި ހުންނަ ބޭފުޅަކަށް ވަރަށް އުނދަގޫ ދުވަސްވަރެއް ކަމުގައި ވަނީ ވިދާޅުވެފައެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިއަށް އޮތް ދޮޅުއަހަރެއްހާ ދުވަހު ސަރުކާރުން މަސައްކަތް ކުރައްވާނީ ކަންކަމަށް އެންމެ ޤާބިލު، ކަމަށް އެކަށޭނެ ބޭފުޅުން ނަންގަވައިގެން ޤައުމުގެ ކަންކަން ކުރިއަށް ގެންދެވުމަށްކަމަށެވެ. މިރޮނގުން ވާހަކަފުޅު ދަށްކަވަމުން ރައިސް ވަނީ ފަތުރުވެރިކަމަށް އަންނަމުންދާ ގޮންޖެހުންތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ފަތުރުވެރިކަމުގެ ޕްރޮޑަކްޓަކީ ވަކިގޮތަކަށް ބައްޓަންކުރެވި، ވަކިގޮތަކަށް ސިފަކުރެވި، ވިއްކެމުންދާ އެއްޗެއް ކަމަށާއި، މިކަން މިހެން އޮއްވާ، ކުއްލިއަކަށް ރާއްޖޭގެ އެތައް ސަތޭކަ ފަޅުރަށެއް، ބޭނުން މީހަކަށް، ބޭނުން ކަމެއް ކުރަން ދޫކޮށްލެވިގެން ދިޔައިމާ، ރާއްޖޭގެ ފަތުރުވެރިކަމަށް މިއަދުވަނީ އެތައް ގޮންޖެހުންތަކަކާއި ނުރައްކާތެރިކަމަކާ ކުރިމަތިލާން ޖެހިފައި ކަމުގައި ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅު މި މޭރުމުން ހުރިއިރު އަމިއްލަފުޅަށް އިސްތިއުފާދެއްވި ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައިވަނީ އަރިސް ބޭބޭފުޅުންނަށާ،އެމަނިކުފާނު ނިސްބަތްވެލެއްވި ޕާޓީގެ ބައެއްފަރާތްތަކަށް ފަޅުރަށްރަށް ދެއްވާފައިކަމަށް ރައީސް ޑރ. ވަޙީދުގެ ސަރުކާރުގެ ޓުއަރިޒަމް މިނިސްޓާރ ކަންކުރައްވަމުންދާ އަހްމަދު އަދީބްވެސް ވަނީ ވިދާޅުވެފައެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

ރައީސް ޑރ. ވަހީދު ހައްދުންމައްޗަށް ވަޑައިގެންފި

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު ވަހީދު ހަސަން މަނިކު ހައްދުންމައްޗަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ކައްދުއަށް ވަޑައިގަންނަވައިފިއެވެ. ރައީސުލް …

ޚިޔާލެއްދެއްވާ

avatar
wpDiscuz