ރާއްޖޭގައި ރިޔާސީ އިންތިޚާބެއް ބޭއްވުމާ ގުޅޭގޮތުން ސަރުކާރުން މިހާރު ނިންމަވާފައިވާ ނިންމެވުމާމެދު ވަރަށް ބޮޑަށް ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ- މިސްޓަރ އެސް.އެމް ކްރިޝްނާ

 

ރާއްޖޭގައި ރިޔާސީ އިންތިޚާބެއް ބޭއްވުމާ ގުޅޭގޮތުން ސަރުކާރުން މިހާރު ނިންމަވާފައިވާ ނިންމެވުމާމެދު ވަރަށް ބޮޑަށް ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ މިސްޓަރ އެސް.އެމް ކްރިޝްނާ

ރާއްޖޭގައި ރިޔާސީ އިންތިޚާބެއް ބޭއްވުމާ ގުޅޭގޮތުން ސަރުކާރުން މިހާރު ނިންމަވާފައިވާ ނިންމެވުމާމެދު ވަރަށް ބޮޑަށް ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް މިސްޓަރ އެސް.އެމް ކްރިޝްނާ ވިދާޅުވެއްޖެއެވެ. މިސްޓަރ ކްރިޝްނާ މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ދިއްލީގައި ހުންނަވާ ހޮޓެލްގައި އޮތް މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީއަށާއި ކުރިއެރުމަށް އިންޑިއާ ސަރުކާރުން ވެދެއްވާ އެހީތަކަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަޙު މިހާރު އޮތްގޮތާ ބެހޭގޮތުންނާއި، ރާއްޖޭގެ އިޤްތިޞާދީ ޙާލަތާ ބެހޭގޮތުންވެސް އެކްސްޓަރނަލް މިނިސްޓަރަށް ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތު ދެއްވިއެވެ. އަދި އެމަނިކުފާނު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށް އެހީތެރިވެވަޑައިގެން ދެއްވުމަށް، އިންޑިއާ ސަރުކާރުން ކަމާބެހޭ މާހިރަކު ފޮނުއްވައިދެއްވި ކަމަށްޓަކައިވެސް އިންޑިއާ ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

މިސްޓަރ ކްރިޝްނާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ކަންތައްތައް މިހާރު ކުރިއަށްދާގޮތާމެދުވެސް ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަޙުގެ ކަންތައްތައް ޙައްލު ކުރެއްވުމުގައި، ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަށް ތާއީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ އެކި މައްސަލަތައް ޙައްލުކުރާނީ، ރާއްޖެއިން ކަމަށާއި، އެކަން އިންޑިއާ ސަރުކާރުން އަބަދުވެސް ގަބޫލު ކުރައްވާ ކަމަށާއި، އެކަމަށް އިޙްތިރާމް ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. ނައިބު ރައީސަށާއި ކެބިނެޓަށް ރައްޔިތުންގެ މަޖިލީހުން ރުހުން ލިބިވަޑައިގަތުމަކީ، ދިވެހި ސަރުކާރާއެކު މަސައްކަތް ކުރެއްވުމަށް ލިބިވަޑައިގެންނެވި ވަރަށްބޮޑު ހިތްވަރެއް ކަމަށްވެސް މިސްޓަރ ކްރިޝްނާ ވިދާޅުވިއެވެ.

މިސްޓަރ ކްރިޝްނާގެ ވާހަކަފުޅުގައި، ރާއްޖޭގެ ކުރިއެރުމަށާއި ތަރައްޤީއަށް ވެދެއްވެން އޮތް ހުރިހާ އެހީއެއް އިންޑިއާ ސަރުކާރުން ވެދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރެއްވުމަށް އިންޑިއާ ސަރުކާރުގެ އެހީތެރިކަން ލިބިވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

ޓީމު ލަންދޫގެ ހެޑް ކޯޗް އަހުމަދު އިރުފާން ލަންދޫ އަށް ވަޑައިގަންފި

ޓީމު ލަންދޫގެ ހެޑް ކޯޗް އަލްފާޟިލް އަހުމަދު އިރުފާން މިއަދު ލަންދޫ އަށް ވަޑައިގަންފިއެވެ. ކޯޗް އިރުފާނަށް ލަންދޫއިން ވަނީ …

ޚިޔާލެއްދެއްވާ

avatar
wpDiscuz