ރާއްޖެއަކީ ކޮމަންވެލްތުގެ މެންބަރަކަށް ވުމުގެ ސިފަ ލިބިގެންވާ ގައުމެއް ނޫން – ރައީސް މައުމޫން

ކޮމަންވެލްތުގެ މެންބަރެއްގެ ގޮތުގައި ރާއްޖެ އޮތް ކަމުގައި ވިޔަސް، އަސްލުގައި ރާއްޖެއަކީ ކޮމަންވެލްތުގެ މެންބަރަކަށް ވުމުގެ ސިފަ ލިބިގެންވާ ގައުމެއް ނޫން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަލްމަރުހޫމް އަލްއުސްތާޒް ފަތުހުﷲ ޖަމީލުގެ ހަނދާނުގައި، ސަރުކާރުން ރޭ ބޭއްވި ތައުބީނުގެ ޖަލްސާގައި، ރާއްޖެ ކޮމަންވެލްތުގައި ބައިވެރިވުމަށް ކުރި މަސައްކަތުގައި ފަތުހުﷲގެ ހިއްސާ ފާހަގަކުރައްވައި ދެއްކެވި ވާހަކަފުޅުގައި މައުމޫން ވިދާޅުވީ ކޮމަންވެލްތު އުފެދިގެން އައީ އިނގިރޭސީންގެ އަޅުވެތިކަމުގެ ދަށުގައި އޮތް ގައުމުތައް ހިއްސާވާ ޖަމާއަތެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް ރާއްޖެއަކީ އެއްވެސް އިރެއްގައި އިނގިރޭސީންގެ އަޅުވެތިކަމުގައި އޮތް ގައުމެއް ނޫން ކަމަށާއި ރާއްޖެ އޮތީ އިނގިރޭސީންގެ ހިމާޔަތުގައި ކަމަށް ވުމުން، އެ ޖަމާއަތުގެ މެންބަރަކަށް ވުމުގެ ސިފަ ރާއްޖެ އަށް ލިބިގެންނުވާ ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.

މައުމޫން ވިދާޅުވީ އަޅުގަނޑުމެންނަކީ އިނގިރޭސިންގެ ވެރިކަމުގެ ދަށުގައި ތިބި ބައެއް ނޫން ކަމަށާއި ލަންކާ، އިންޑިއާ، ޕާކިސްތާންގައި އިނގިރޭސިން ވެރިކަންކުރި ފަދައިން ރާއްޖޭގައި އިނގިރޭސީން ވެރިކަންކޮށްފައި ނުވާ ކަމަށެވެ.

އޭގެ ބަދަލުގައި ރާއްޖެ އޮތީ އިނގިރޭސީންގެ ހިމާޔަތުގައި ކަމަށާއި އިނގިރޭސީންގެ ހިމާޔަތުގައި އޮތް ދުވަސްވަރު ވެސް، އިންޑިއާ، ލަންކާ ފަދަ ގައުމުތަކުގައި އިނގިރޭސީންގެ ވެރިން ތިބި ފަދައިން ރާއްޖޭގައި އިނގިރޭސީންގެ ވެރިއަކު ނެތް ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

ފާރިސް ގެ ޙާލު ބައްލަވާލައްވަން ރައީސް މައުމޫނު ޖަލަށް ވަޑައިގެންފި.

ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ގެ ޙާލު ބައްލަވާލެއްވުމަށް ފާރީސްގެ ބައްޕާފުޅު ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫނު …

ޚިޔާލެއްދެއްވާ

avatar
wpDiscuz