ރަމަޟާން މަސް އިހްޔާ ކުރެއްވުމަށް ވަޑައިގެންނެވި ފަރާތްތަކާ އިސްލާމިކް މިނިސްޓަރ ބައްދަލުކުރައްވައިފި

ރަމަޟާންމަހުގެ ރޭތައް އިހުޔާ ކުރުމަށް މިއަހަރު ބާއްވާ އިހުޔާ ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގަންނަވާ ސަޢުދި އަރަބިއްޢާގެ ބޭފުޅުންނާ ރާއްޖޭގެ އިސްލާމިކް މިނިސްޓަރ އައްޝައިހް މުހަންމަދު ޝަހީމް އަލީ ސަޢީދު މިއަދު ބައްދަލު ކުރައްވައިފިއެވެ.

އިސްލާމިކް މިނިސްޓަރ މުހަންމަދު ޝަހީމް ވިދާޅުވީ މިއަދު ބޭއްވެވި ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވަނީ ދެގައުމުގެ ދެމެދުގަައި އޮންނަ ގުޅުން ހަރުދަނާ ކުރުމުގެ މައްޗަށް ކަމަށެވެ. އެގޮތުން ދިވެހި ބަހުން ގިނަ ފޮތްތަކެއް ޗާޕް ކުރުމާއި ރާއްޖޭގެ ރަށްޔިތުންނަށް މަންފާ ކުރާނެ ގިނަ ކަންތައްތަކަކާއި ބެހޭގޮތުން ވާހަކަ ދައްކަވާފައިވާނޭ ކަމަށް ޝަހީމް ވިދާޅުވިއެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި ސައުދި އަރަބިއްޔާގެ ވަފުދުގެ ބޭފުޅުން ދެއްކެވި ވާހަކައިގާ ރާއްޖޭގެ ރައްޔިތުން ދީނަށް ބަހައްޓަވާ އަހަންމިއްޔަތުކަމަށްޓަކައި އުފާކުރައްވާ ކަމަށާއި މިފަދަ ފުރުސަތެއް ދެއްވީތީ އިސްލާމިކް މިނިސްޓަރަށާއި ދިވެހި ރާއްޖޭގެ ރައީސުލްޖުމްހުޜިއްޔާއަށާއި ރާއްޖޭގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވިއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ރަމަޟާންމަސް ހެޔޮގޮތުގައި ލިބިގަންނާށެވެ. (1)

ރަމަޟާންމަހަކީ އެމަހެއްގައި ބަރަކާތާއި ރަޙުމަތް އެކުލެވިގެންވާ މަހެކެވެ. އެމަހަކީ މީސްތަކުންނަށް ހުރި ރަޙުމަތުގެ މަހެކެވެ. މަޣްފިރަތާއި ދިންނެވުމުގެ މަހެކެވެ. ތަވުބާގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz