ރަމަޟާން މަސް އަޅުގަނޑުމެންނާ އަލްވަދާޢު ކިޔަނީއެވެ. ….!

الحمد لله والصلاة والسلام على رسول الله, وبعد:

ބަރަކާތްތެރި ރަމަޟާން މަސް އަހަރެމެންނާ ވަކިވެގެން ދެއެވެ. އޭގެ އުފާވެރި ދުވަސްތައް މާޒީވެ ދެއެވެ. އޭގައިވި ބަރަކާތްތެރި ރޭތައް ތާރީޚާއި އެކުވެ ދެއެވެ. އަހަރުމެން ޤުރުއާނުގެ މި މައްސަރު ފަހަތަށް ދޫކުރަމެވެ. އެއީ ތަޤުވާއާއި ކެތްތެރިކަމާއި ޖިހާދާއި ރަޙުމަތާއި ފާފުއްސެވުމާއި ޖަހަންނަމައިން މިންޖުވުމުގެ މައްސަރު ވެސް މެއެވެ.

އެ މައްސަރުގައި އަހަރެމެން ލިބިގަންނަން ޖެހޭ ތަޤުވާވެރިކަން އޭގެ ފުރިހަމަ ގޮތުގައި ޙާޞިލުކޮށްފީމު ހެއްޔެވެ؟ ރަމަޟާންގެ މަދަރުސާއިން، ﷲ އަށް ބިރުވެތިވުމުން ޑިޕްލޮމާ ޙާޞިލްވީ އަހަރެމެންގެ ތެރެއިން ކިތައް މީހުންނަށް ތޯއެވެ؟

އަހަރުމެން އަހަރުމެންގެ ފުރާނަޔާ ނަފްސުގެ އެދުންތަކާއި ހަނގުރާމަކޮށް އެ އެދުންތައް ބަލި ކުރެވިއްޖެ ތޯއެވެ؟ ނުވަތަ އަހަރުމެން މަޝްޣޫލު ކުރުވާފައިވީ އަހަރުމެންގެ ބުރަ ބޮޑު މަސައްކަތް ތަކުގައްޔާއި އަހަރުމެން ކަނުކޮށް ތަބާވަމުން ދިޔަ ކަންތައްތަކުގައި ހެއްޔެވެ؟

ތެދުވެރި މުސްލިމެއްގެ ހިތަށް މިފަދަ އެތައް ސުވާލުތަކެއް ވެރިވާނެކަން ޔަޤީނެވެ. އަދި އޭނާ އެ ސުވާލުތަކަށް ތެދުވެރިކަމާއެކު ޖަވާބުދާރީ ވާނެ އެވެ.

ފާއިތުވެ ދިޔަ ބަރަކާތް ތެރި ރަމަޟާން މަހުން އަހަރުމެންނަށް ޙާޞިލު ކުރެވުނީ ކޮން އެއްޗެއް ހެއްޔެވެ.؟

ރަމަޟާން މަހަކީ އީމާންކަމުގެ މަދަރުސާއެކެވެ. އަދި ރޫޙާނިއްޔަތުގެ ބެޓަރިތައް އަލުން ޗާރޖު ކޮށްލުމަށް މަޑުކޮށްލާ މަޑުކޮށްލުމެކެވެ. އަހަރުގެ ބާކީ އޮތް ތަނަށްޓަކައި ތައްޔާރު ވުމަށެވެ.

ބަރަކާތްތެރި ރަމަޟާން މަހަކީ ޙަޤީޤަތުގައި ވެސް އަހަރެމެންގެ ޙަޔާތައް ބަދަލުތަކެއް ގެނުވާ މައްސަރެކެވެ. އަހަރުމެންގެ ޢަމަލުތައް ބަދަލުކޮށްލާ މަހެކެވެ. ﷲ ތަޢާލާގެ އަމުރުފުޅުގައިވާ ގޮތަށް އާދަތަކާއި ގޮތްތައް ބަދަލުކުރުވާ މަހެކެވެ.

މަސްދަރު: ދީން . ޑޮޓް އިންފޯ

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ކެނދިކުޅުދޫގެ ދަނޑުތައް ރޯދައަށް ފައްކާވެފައި

ބަރަކާތްތެރި ވެގެންވާ ރަމަޟާން މަހަކީ ޒަމާނުން ސުރެ އަޅުގަނޑުމެން އެންމެހައި މުސްލިމް އަޚުންނާއި އުޚްތުން އެމަހަކަށް ޓަކައި ވަރަށް ރަނގަޅަށް …

ޚިޔާލެއްދެއްވާ

avatar
wpDiscuz