ރައްޔިތުންގެ މަޖިލީހަށް ހުރަސްއެޅުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް –ޑރ.މައުސޫމް

މަޖިލީހަށް ހުރަސްއެޅުމަށް އެއްވެސް ސިޔާސީ ޕާޓީއަކުން މަސައްކަތް ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަގޮތެއްގައި ކުރާ ކަމެއްކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.މީޑީޔާގައި ވާހަކަފުޅުދައްކަވަމުން ޑރ.މައުސޫމް ވިދާޅުވީ މަޖިލިސް ހުއްޓުވުމަކީ އެއްވެސް ސިޔާސީ ޕާޓީއަކުން ކޮށްގެން ވާނެ ކަމެއް ނޫންކަމަށާ، އެއީ ޤާނޫނާ ޤަވާއިދާ ޚިލާފު ކަމެއްކަން ކަނޑައެޅިގެން ސާބިތުވާކަމެއް ކަމަށް ޑރ.މައުސޫމް ވިދާޅުވިއެވެ.

ޑރ.މައުސޫމް މިމޭރުމުން މީޑިޔާގައި ވާހަކަދަށްކަވާފައިވައިރު ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރުވެސް ވިދާޅުވީ މަޖިލިހުގެ ޖަލްސާތައް ގިނަ ދުވަސްތަކެއް ވަންދެން ކުރިއަށް ނުގެންދެވި އޮތުމަކީ ކޮންމެ ފަރުދަކުވެސް ކަންބޮޑުވާ ކަމެއް ކަމަށާއި،ނަމަވެސް މަޖިލީހުގެ ޖަލްސާތައް ނުބޭއްވި ގިނަ ދުވަސްތަކެއް ފާއިތުވެގެން ދިޔައީ މަޖިލީހުގެ ތަކެއްޗަށް ލިބިފައިހުރި ގެއްލުންތައް ފޫބެއްދުމަށް ކަމަށްވެސް އާމިރު ވިދާޅުވިއެވެ.

މިދިޔަ މާރޗް މަހުގެ 19 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވުމަށްފަހު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުއެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

މަޖްލިސްކުރާގޭގައި ރޭހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން މިއަދުގެ ޖަލްސާ ފަސްކޮށްފި.

ރައްޔިތުންގެ މަޖިލީސްކުރާ ގޭގައި ހިނގި އަލިފާނުގެ ޙާދިސާއާގުޅިގެން މިއަދު ބޭއްވުމަށް ހަމަޖެއްސި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަސްކޮށްފިއެވެ. މިއަދު ބޭއްވުމަށް …

ޚިޔާލެއްދެއްވާ

avatar
wpDiscuz