ރައްޔިތުންގެ މަޖިލިސް އުވާލުމަށް ސިޔާމް ގޮވާލައްވައިފި

ރައްޔިތުންގެ މަޖިލިސް އުވާލުމަށް މީދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރި ވެރިޔާ އަހުމަދު ސިޔާމް މުޙައްމަދު، (ސަންޓްރެވަލް ޝިޔާމް )ގޮވާލައްވައިފއެވެ.

މިހާރު އޮތް ރައްޔިތުންގެ މަޖިލީހުން ރައްޔިތުންނަށް ފައިދާވާ ގޮތަށް މަސައްކަތް ކުރަމުން ނުގެންދާ ކަމަށާއި، މަޖިލީހުގެ މެންބަރުން ބޮޑު މުސާރަ ނަންގަވައިގެން މަޖިލިސް ކުރިޔަށް ގެންދިޔުމަށް ހުރަސް އަޅުއްވަމުން ގެންދަވާ ކަމަށް ވިދާޅުވެ ވަރަށް ރުޅިއިސްކުރައްވާ އިއްޔެވަނީ ސިޔާމް މަޖްލީހުގައި ވާހަކަދައްކަވާފައެވެ.

ސިޔާމް މިމޭރުމުން ވާހަކަ ދައްކަވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ސޯޅަވަނަ ޖަލްސާ ކުރިޔަށް ގެންދިޔުމަށް އެމްޑީޕީގެ މެންބަރުން ހުރަސް އަޅުއްވަމުން ގެންދެވި މައްސަލާގައި ނިޒާމީ މައްސަލައެއް ނަންގަވާ ވާހަކަ ދައްކަވަމުން ނެވެ.

ޝިޔާމް ވިދާޅުވީ، މިއަދު ހެނދުނުން ފެށިގެން މަޖިލީހުގެ ނިޒާމު ގެއްލުވާލައި މަޖިލީހުގެ މަސައްކަތް ތަކަށް ހުރަސް އަޅާފައިވާތީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިއަށްވުރެ ހަރުދަނާ ކަމާއެކު ޒިންމާދާރުވާން ޖެހޭކަމަށެވެ.

މިނިވަން މެންބަރެއްގެ ގޮތުގައި މަޖިލީހުގައި ތަމްސީލް ކުރައްވާ ސިޔާމް ވިދާޅުވީ، މަޖިލީހުގެ މެންބަރުން ބޮޑު މުސާރަ ނަންގަވައިގެން ޕާޓީތަކުގެ ނަމުގައި މަޖިލީހަށް ހޮއްވެވީވެސް ރައްޔިތުން ކަމަށާއި، އެހެންކަމުން މެންބަރުން ހޮވި ރައްޔިތުންނަށް އިޚުލާސްތެރި ވާން ޖެހޭނެ ކަމަށެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މަސީހު އިސްތިއުފާ ނުދެއްވާ ކަމަށް ވިދާޅުވެއްޖެ.

ރައްޔިތުންގެ މަޖްލީހުގެ ރައީސް ޢަބްދުﷲ މަސީޙް އިސްތިއުފާ ނުދެއްވާކަމަށް ރޭ ވިދާޅުވެއްޖެއެވެ. ވެރިކަންކުރާ މައި ޕާޓީ ޕީޕީއެމުން ރޭ ބޭއްވި …

ޚިޔާލެއްދެއްވާ

avatar
ރައްޓެއްސެއް އަލްފާ
ރައްޓެއްސެއް އަލްފާ

ސިޔާމު މިހެންބުނާއިިރު މީނައަށް ލިބޭ ފައިސާ ކޮބާ ހެހެހޭ

wpDiscuz