ރައްޔިތުންނަށް މަގުއޮޅުވައިލުން!

           އިންސާނައަކީ ﷲ ސުބުހާނަހޫ ވަތައާލާ ދިދުނިޔޭގައި ލެއްވި މަހުލޫގުންކުރެ ބުއްދި ފުރާފުރިހަމަ ކުރެއްވި އިއްޒަތާއި ގަދަރާއި އަރާއިބާރު ދެއްވި އިންސާނާއެވެ. އެހެން ނަމަވެސް މިއިންސާނާ ﷲ ދުނިޔެއަށް ފޮނުއްވަނީ ފިތުރަތުގެ އުސުލުން މަޔަކާއި ބައްޕައެއް މެދުވެރިކޮށް ގަނޑުލޭކޮޅެއްގެ ގޮތުގައެވެ. މިއިންސާނާ ބޮޑުވެ ފުރާފުރިހަމަ ވުމަށްފަހު ހަމައިސްކޮޅަށް ދެމިލާ ތިމާދުނިޔެއަށްއައީ ކިހިނެއް ކޮންގޮތަކަށްކަން އަދި ތިމާ ބަލާބޮޑުކުރީ ކޮންބައެއް ކާކުކަން ގިނަފަހަރަށް ނޭގޭހާލު ދުނިޔެވީގޮތުން އަރާއިބާރާއި ، މުއްސަދިކަމާއި ، ނުފޫޒާއި މަސްހޫރުކަން ހޯދުމަށް ފިޔަލާ އުދުއްސައި ގަނެއެވެ. އެހެން ނަމަވެސް މިދެންނެވި ކަންތައްތަކުގެ ތެރެއިން ގިނަކންތަށްތަށް އިންސާނާއަށް ހާސިލް ކުރެވެނީ އެމީހަކަށް މައިންބަފައިން ދީފައިވާ ދުރޫސުލް އަހުލާގަކުންނެވެ.

        އިންސާނާ ދުނިޔެވީގޮތުން އާރާއިބާރު ހޯދުމަށްޓަކައި ނުވަތަ ތިމާއެދޭ ދުނިޔެވީ އަމިއްލަ އެދުން ހާސިލް ކުރުމަށްޓަކައި ކޮންމެފަދަ ކަމެއްވެސް އިންސާނާ ކޮސްފާނެކަން މިއަދު ދިވެހިރާއްޖެއިން މިދަނީ ފެންނަމުންނެވެ. މިފަދަ ކަމެއްކުރުމުގައި އެހެންމީހެއްގެ މޫނަކަށް ނުވަތަ ކަނދުރާޔަކަށް ނުވަތަ ﷲ މާތްކުރެއްވި އިންސާނާގެ ކަރާމާތަށްވެސް ބެލުން އެވަނީ ނެއްކަމަކަށް ވެފައެވެ. ސިޔާސީ މީހެއްވިއަސް ދީނީދަންނަ ބޭކަލެއް ކަމުގައި ވިއަސް މަސްވެރިއެއް ނުވަތަ ކަތީބެއްކަމުގައި ވިއަސް ވަރިހަމައެވެ. އެތަނުން ރަނގަޅު ވާހަކައެއް އެދަންނަވަނީ ކާކުކަންވެސް ނިންމާކަށް ނޭގޭނެއެވެ.

         މިދުވަސްވަރަކީ ރައްޔިތުންނަށް މަގުއޮޅުވައިލުމާއި މަކަރާއި ދޮގުހެދުމުގައި މިރާއްޖެދުއް ނަމޫނާ ދުވަސްވަރެކެވެ. މިގޮތުން ދިވެހިރާއްޖޭގެ ވެރިރަށް ފުރަމާލޭފައި ކިތަންމެ ބޮޑުކަމެއް ހިނގައިގެން އުޅުނަސް އެކަމެއް ސާފު ކުރުމަށް ބަލާނީ ކޮންޓީވީއެއްކަން ނުވަތަ ގަބޫލުކުރާނީ ކާކުދައްކާ ކޮންވާހަކައެއްކަން ވަނީ ނޭގޭ ހިސާބަށް ރައްޔިތުންނަށް މަގުއޮޅުވައި ލައިފައެވެ. މިގޮތުން ކިތަންމެ ބޮޑުމެއް ފުރަމާލޭގައި  ހިގަދިޔައަސް މިހާރުގެ ސަރުކަރާއި އިދިކޮޅު ކަމެއްހިނގާނަމަ ރާއްޖެ ޓީ ވީ ފިޔަވައި އެހެން އެއްވެސް ޓީ ވީ އަކުން އެމަންޒަރު ނުވަތަ އެކަމެއް ސާފުކުރެވޭނެ ގޮތެއްނެތެވެ. ދި ޓީވީ އާއި ވީޓީވީ ގެ މަސައްކަތަކީ އެފަދަ ދަނޑިވަޅު ތަކުގައި ލޯބީގެ ކޮންމެވެސް ލަވައެއް ދެއްކުމެވެ. ނުވަތަ ކޮންމެވެސް ބަޔަކު ބޭޒާރު ކުރުމައްޓަކައި ބަނގުރަލާއި ކޮންމެވެސް ބުދެއްގެ ފުޓޯއެއް ދެއްކުމެވެ. ކަންހުރި މަގަކީ މިއީއެވެ. އަދި މިހާރުގެ ސަރުކާރާއި ގުޅުންހުރި ފަރާތެއްނަމަ ރާއްޖެ ޓީވީ އެއީ ގަބޫލުކުރާ އެއްޗެއް ނޫނެވެ. ކަމެއްއޮޅުން ފިލާނެ އެއްވެސް ގޮތެއްނެތެވެ. ޔަގީންވާ އެއްކަމަކީ މިފަދަ ހުރިހާ ކަމެއްވެސް ކުރަމުން އެދަނީ އަޅުގަނޑު ކުރިންދެންނެވި ފަދައިން ﷲ މާތްކުރެއްވި އިންސާނުންނެވެ. މިއިންސާނާގެ އަމިއްލަ އެދުމާއިހެދި އާހުރަތްވަތީ ހަދާން ނައްތާލާފައެވެ.

      ދަންނަވަންޖެހެނީ މިވަގުތު މިރާއްޖޭގެ އިސްސަފުގައި ތިއްބެވި ގިނަބޭފުޅުންނަކީ ތިމާއެދޭ ކަންކަމުގައި ނުވަތަ ތިމާގެ ޖާހާއި ޝާނާއި ޝައުކަތު މަތިވެރި ކުރުވުމަށްޓައި ނުވަތަ އަމިއްލަ ޕާޓީ ކުރިއެރުވުމަށްޓަކައި އެއްވެސް މީހެއްގެ މޫނަކައް ބެލުމެއްނެތި އަމިއްލަ އެދުމައިގެން ބޯވައެއްހެން ކުލަ ބަދަލު ކުރަމުން ދާބައެއްކަމުގައެވެ. ހިތާމަޔަކީ އަޅުގަނޑުމެންނަށް މަގުދައްކަން ތިއްބެވި ސިޔާސަތާއި ގުޅިފައިވާ މަސްހޫރު ބައެއް ދީނީ އިލުމުވެރިންނަކީވެސް މިކަމުގައި ހައްދު ފަހަނައަޅާ ގޮސްފައިވާ ބަޔަކައްވާތީއެވެ. ކޮންމެޔަކަސް ﷲ ސުބުހާނަހޫ ވަތައާލާއީ އިންސާނައިގެ ހިތުގެ ހިމަނާރުވެސް މޮޅައް ދެވޮޑިގެންވާ ފަރާތެވެ. އަޅުގަނޑު އެދެނީ ރައްޔިތުންނަށް މަގުއޮޅުވައިލާ ހުރިހާ ފަރާތްތަކަށާއި ،އަޅުގަނޑަށާއި ، ތިޔައެންމެ ބޭފުޅުންނަށް ﷲ ހިޔޮރަހުމަތް ލައްވާ ތެދުމަގު ދެއްކެވުމެވެ.

ލިޔުނީ: އަދުނާނު އިބްރާހީމް / ނ.މާޅެންދޫ

ސިޔާސީވިޔަސް ސަމާސާވިޔަސް އެންމެންގެ ފިކުރާ ގުޅޭނޭހެން ލިޔުންތައް ލިޔުމަކީ އަދުނާނަކަށް މާބޮޑުކަމެއްނޫންކަން ލަންދޫއިންފޯގައި އަދުނާން ޝާއިޢުކުރާލިޔުންތަކުން އެނގެއެވެ. އަދުނާނަކީ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލެއްދެއްވާ

avatar
މަނަދޫ އަހުމަދު
މަނަދޫ އަހުމަދު
އަދުނާނެވެ އެހެންމީހުންނަށް އޮޅުވައި ނުލާށެވެ. އަހަރެމެންނަށް އެބައެނގެއެވެ.ވޭތުވެދިޔަމާޒީގެ ހަނދާންހުރިހިސާބަށް ނަޒަރުހިންގާލުމުން ފެނަންއޮތް ޙަޤީޤަތެއް އެބައޮތެވެ. އެއިލްޒާމުތަކަކީ އިސްލާމްދީނަށް ފުރައްސާރަކޮށް، އިސްލާމްދީނަށް ގޮންޖަހާ އަދި އިސްލާމީ ތަރަހައިން “ސިޔާސީ ކަލްޓުން” ބޭރުވެގެން ދާހިނދު ފާޑުކިޔައި ހަމަމަގަށް އަޅުވަންނިކުންނަ ޢާންމުންނާއި ދަންނަބޭކަލުންގެ ކުރިމަތީގައި އުފުލޭ އައްޑަނަޔަކަށްވަނީހެދިފައެވެ. ހެޔޮމަގަށް ގޮވާލާ މުޚްލިސަކު ދައުލަތުގެ ޒިންމާދާރު ވެރިޔަކަށް ނުވަތަ ސިޔާސީއަކަށް އިޚްލާސްތެރި ނަސޭޙަތެއް އަމާޒުކޮށްފިނަމަކިބުރުވެރިކަމާއި ބޮޑާކަމާއެކު، ދީން ހަތިޔާރަކަށް ހެދުމުގެ ތުހުމަތުކޮށް، އެމީހަކަށް ތަބަޢަވެގެންތިބި ސިޔާސީ ސަފީހުންގެ މެދުގައި ބުހުތާނުފަތުރާ، ޤަދަރުއުފުލިގެންވާ ދަންނަބޭކަލުންގެ ޝަޚްސިއްޔަތު ކަތިލުމުގެ މަސައްކަތް ފެށިދެއެވެ. ބައެއްފަހަރު ބާރުތައް ފަހަތުންދުވާ ސިޔާސީ ކަސްބީން އެއްބަޔަކު އަނެއްބަޔަކަށްވެސް މިތުހުމަތު އަމާޒުކުރެއެވެ. ތިންއަހަރުގެ ކުރު ޚުދުމުޚްތާރު ވެރިކަމުގައިވެސް، ތިރީސްއަހަރުގެ ދިގު އަނިޔާވެރި ވެރިކަމުގައިވެސް އަދި އޭގެ މާކުރިންވެސް ކަންހިގަމުންއަންނަނީ މިމަގުންނެވެ.ކޮންމެއަކަސް ކަންހިނގަމުން އަންނަގޮތާ އަޅާބަލާއިރު ކަމުގެ ޙަޤީޤަތް އޮތީ މާދުރުގައެވެ. ސިޔާސީވެރިންގެ ފަސާދައާދެކޮޅަށް އަޑުއުފުލާ، ހައްޤުގެމަގަށް މީސްތަކުން ރުޖޫޢާކުރުމަށް މަސައްކަތްކުރާމީހުންނީ ދުނިޔޭގެ ސިޔާސަތު އިސްލާޙުކުރާމީހުންނެވެ. އެއީ ސިޔާސަތު… Read more »
މީމު
މީމު

ރާއްޖެ ޓީވީއެއް ނޫން އެމްޑީޕީގެ ސޮލީބު ޓީވީ އޭ ކިޔާބަލަ

ތަކުރު
ތަކުރު

ކޮބާތަ ފެބްރުއަރީ 8ގައި ފުލުހުން މަރާލިކަމަށް ރާއްޖެ ޓީވީން ގޮވި 2 މީހުން….. ދިވެހި ރައްޔަތުންގެ ކިތައް މިލިޔަން ރުފިޔާ ރާއްޖެޓީވީގެ ދޮގުވާހަކައިގެ ސަބަބުން އަނދާ އެ ހުލިވީ…. ކިތައް މީހުންގެ ދިރިއުޅުން އެ ބުހުތާނުގެ ސަބަބުން ކުޑަގޮޅިޔަށް ލާން އެ ޖެހުނީ…..

ތަކުރު
ތަކުރު

އަދުނާނުބެޔާހެދި…ދެން މަ ހީހީ…….. ރާއްޖެ ޓީވީވަރުގެ ތެދުވެރި ބަޔަކު ނެތް………. ތިޓީވީ ވުޖޫދައް އައިފަހުން އެމީހުންނަށް ނަސޭޙަތްދީފައި، އިންޒާރުދީފައި، ނުވިތާކަށް މާފަށް އެދުމަށް އަންގާފައި އެހެންކަމެއް ކުރާނެ އަވައްޖެއް މިނިވަން މުސްތަޤިއްލު ބްރޯޑްކާސްޓިން ކޮމިޝަނަކަށް ނުވޭ…

wpDiscuz