ރައީސް ޢަބްދުﷲ ޝާހިދުގެ މައްޗަށް ހުށައެޅުނު އިތުބާރުނެތްކަމުގެ މައްސަލަ ފާހެއްނުވި

މިއަދު ބޭއްވުނު ރައްޔިތުން މަޖުލިސްގެ ” ބޮޑު ” ޖަލްސާގައި މަޖުލިސްގެ ރައީސް އަލްފާޟިލް  ޢަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމަށް އެމްޑީޕީއިން ހުށައަޅާފައިވާ މައްސަލައަށް މަޖުލިސްގައި ވޯޓަށް އަހާ އެމައްސަލަ މަޖުލިސްއިން ފާސްނުވެ ނިމިއްޖެއެެވެ.

މަޖުލިސްގެ ރައީސް ޤާނޫނާއި ޚިލާފަށް މަޖުލިސްގައި ކަންތައްތައް ކުރައްވާކަމަށް ބުނެ އެމްޑީޕީގެ 27 މެމްބަރަކު ސޮއިކުރައްވާ ހުށައަޅުއްވާފައިވާ މިމައްސަލައަށް މިއަދު  ވޯޓަށްއެހުމުން އިތުބާރު ނެތްކަމަށް 25 މެމްބަރުން ވޯޓް ދެއްވާފައިވާއިރު އިތުބާރު އޮތްކަމަށް 45 މެމްބަރުން ވޯޓް ދެއްވާފައިވެއެވެ. އަދި އެއްވެސް ކޮޅަކަށް ވޯޓް ނުދެއްވާ 2 މެމްބަރަކު ތިއްބެވިއެވެ. މިއަދުގެ ޖަލްސާއަށް 74 މެމްބަރުން ހާޒިރުވެލެއްވިކަމަށް މަޖުލިސްގެ ޢިދާރާއިން ހާމަކުރައްވާފައެވެ.

މިއަދުގެ މިވޯޓްގެ ނަތީޖާއިން މިއަދު މިއޮތް ސަރުކާރުގެ ބަދަހިކަން ވަރަށް ރަނގަޅަށް ފެނިގެން ހިގައްޖެކަމަށް ތަޖުރިބަކާރުން ބުނެއެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ބޮޑުތަފާތަކުން އެމްޑީއޭގެ ކެންޑިޑޭޓް ލަންދޫން ކުރިހޯއްދަވައިފި

18 ވަނަ ރައްޔިތުންގެ މަޖުލިސްއަށް މެމްބަރުން އިންތިހާބުކުރުމަށް މުޅިރާއްޖޭގައި މިއަދުބޭއްވުނު އިންތިހާބުގައި ލަންދޫގައި ބެހެއްޓުނު ވޯޓްފޮށީގެ ވަގުތީ ނަތީޖާ ދައްކާގޮތުން …

ޚިޔާލެއްދެއްވާ

avatar
wpDiscuz