ރައީސް ޑރ. ވަހީދު ހައްދުންމައްޗަށް ވަޑައިގެންފި

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު ވަހީދު ހަސަން މަނިކު ހައްދުންމައްޗަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ކައްދުއަށް ވަޑައިގަންނަވައިފިއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ކައްދުއަށް ވަޑައިގަތުމުން އެމަނިކުފާނަށް ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު ވަނީ މަރުޙަބާ ދަންނަވާފައެވެ. އެމަނިކުފާނުގެ މިދަތުރުފުޅަކީ ހައްދުންމަތީގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ރައްޔިތުންގެ ވާހަކަތައް ގާތުން އަޑު އައްސަވާލެއްވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ. ރައީސްގެ މިދަތުރުފުޅުގައި ކެބިނެޓް މިނިސްޓަރުންނާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެ ވަޑައިގަންނަވައެވެ. ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ލާމު އަތޮޅަށް ކުރައްވާ މިދަތުރުފުޅުގައި ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ލ.ގާދުއަށެވެ. އަދި ރައީސްގެ މިދަތުރުފުޅުގައި ބާއްވާ ރަސްމީ ޖަލްސާ މިރޭ ލ.ފޮނަދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙަންމަދު ވަޙީދު ޙަސަން މަނިކު ހައްދުމަނައްޗަށް ކުރައްވާ ހަތަރު ދުވަހުގެ މި ދަތުރުފުޅުގައި އެއަތޮޅުގެ ބާރަ ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ރައުސްމާލަށް މިވަނީ ވަރަށްބޮޑު ހީނަރުކަމެއް އައިސްފަ- ރައީސުލްޖުމްޙޫރިއްޔާ

ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ރައުސްމާލަށް ވަރަށްބޮޑު ހީނަރުކަމެއް އައިސްފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވހީދު ހަސަން ވިދާޅުވެއްޖެއެވެ. މި …

ޚިޔާލެއްދެއްވާ

avatar
wpDiscuz