ރައީސް ވަހީދުގެ އިތުބާރު ނެތްކަމުގެ ވޯޓެއްނެގުމުގެ މައްސަލަ ވެއްދީ ސަރުކާރަށް ދަތިކުރުމަށް – ތަރުޖަމާން

ރައީސް ޑރ. މުހައްމަދު ވަހީދު ގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެމްޑީޕީން ރައްޔިތުގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މި ސަރުކާރުން ކުރަމުންދާ އުފެއްދުންތެރި މަސައްކަތްތައް ހުއްޓުވާ ރައްޔިތުންނަށް ދަތިކުރުމުގެ ބޭނުންމުގައިކަމަށާ، ނަމަވެސް މިކަމުގެ ސަބަބުން ރައްޔިތުންނަށް ދެމުންދާ އެއްވެސް ކަމަކަށް އަސަރެއް ނުކުރާނެކަމަށް ސަރުކާރުން ބުނެފިއެވެ.

އެމްޑީޕީގެ އަށާވީސް މެންބަރުން ސޮއިކުރުމަށްފަހު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ރައީސް ޑރ. މުހައްމަދު ވަހީދުގެ އިތުރުބާރު ނެތްކަމުގެ ވޯޓާއި ބެހޭގޮތުން މައުލޫމާތު ދެއްވަމުން ސަރުކާރުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ ވިދާޅުވީ އެމްޑީޕީގެ މިމަސައްކަތަކީ ރައީސް ޑރ. ވަހީދުގެ ހިކުމަތްތެރިކަމާއި މިންނަތުން ރައްޔިތުންނަށްޓަކައި ކުރައްވަމުންދާ އުފެއްދުންތެރި މަސައްކަތްތައް ހުއްޓުވާލައި، ސަރުކާރަށް ޖެއްސުންކުރުމަށް ކުރަމުންދާ މަސައްކަތެއްކަމަށެވެ. އަދި މިކަމުގެ ސަބަބުން ސަރުކާރުން ރައްޔިތުންނަށްޓަކައި ދެމުންދާ އެއްވެސް މަސައްކަތަކަށް ނުވަތަ ސަރުކާރުން ދެމުންދާ އެއްވެސް ޚިދުމަތަކަށް ބަދަލެއް ނާންނާނެކަމަށް އައްބާސް ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ އެމްޑީޕީގައި ތިއްބަވާ ބޭފުޅުންނަކީ ރައްޔިތުންނަށް ހެޔޮއެދިގެން ރައްޔިތުންނަށް ފައިދާކުރުވަނިވި މަސައްކަތްތަކެއް ކުރުމަށް ބޭނުންވާ ބައެއް ނޫންކަމަށާއި މި ވޯޓް އެމްޑީޕީއަށް ކާމިޔާބު ނުކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން ސަރުކާރަށް ލިބިފައިވާކަމަށެވެ. އެހެންކަމުން މިކަމާއި ހެދި ކަންބޮޑުވެވަޑައިގަންނަވަން ނުޖެހޭކަމަށްވެސް އައްބާސް ވިދާޅުވިއެވެ.

ރައީސުލް ޖުމުހުރިއްޔާ ޑރ. މުހައްމަދު ވަހީދުގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން މަޖިލީހަށް ފޮނުއްވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ރައިސްކަމުގައި ހުންނަ މީހެއްގެ އިތުބާރު ނެތްކަމަށް ފާސްކުރަން ހަތްދިހަ ހަތް މެންބަރުންގެ ތެރެއިން ފަންސާސް ދެ މެންބަރުންގެ ވޯޓް ބޭނުންވަނާނެ. އެއީ މަޖިލީހުގެ ތިންބައިކުޅަ ދެބައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ ޗެއާރޕާސަންގެ މަޤާމްގައި ހުންނެވި އަލީ ވަހީދު މިދިޔަ މަހުގެ 28 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެން  ހުސްވެފައިވާ އެމްޑީޕީގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz