ރައީސް ވަހީދުއާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރ، މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދު ދިހައެއް ޖެހިއިރު އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރ އިބްރާހިމް މުހައްމަދު ސޯލިހު ގިނިކަންޏާ ރައީސް އޮފީހަށް ވަޑައިގެން ޑރ. ވަހީދާއެކު ބޭއްވެވި މި ބައްދަލުވުމަކީ ރައްޔިތުންގެ މަޖިލިސްކުރިއަށް ގެންދިއުމާއި މެދު ގޮތެއް ކަނޑައެޅުމާއި ބެހޭގޮތުން ރައީސް ޑރ ވަހީދާއި މަޝްވަރާކުރެއްވުމަށް ބޭއްވެވި ބައްދަލު ވުމެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި މި ބައްދަލުވުމުގައި ދެ ފަރާތުންވެސް ބޭނުންވާ ޑިމާންޑްތަކެއް ހުށަހަޅުއްވާފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މަޖިލީހުގެ ޖަލްސާތައް ފެށުމާ ބެހޭ ގޮތުން އެމްޑީޕީއާއި ޑީއާރުޕީއާ އެކުމަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވަކިވަކިން މަޝްވަރާތަކެއްކުރައްވަމުން ގެންދަވާ ކަމަށް އެގިފައިވެއެވެ. އަދި ޖަލްސާތައް ފެއްޓުމާއިމެދު އެމްޑީޕީގެ މެންބަރުންގެ ހިޔާލު ތަފާތުވެފައިވާކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ ރައީސް އޮފީހަށް ވަޑައިގެން މިއަދު ރައީސް ޑރ. ވަހީދާ ބައްދަލު ކުރައްވާފައިވާއިރު އަމިއްލައަށް އިސްތިޢުފާ ދެއްވި ރައީސް ނަޝީދާއި އެމްޑީޕީންވެސް ބުނެފައިވަނީ ވަހީދުގެ ސަރުކާރު ގަބޫލު ނުކުރާނެ ކަމަށެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ޓީމު ލަންދޫގެ ހެޑް ކޯޗް އަހުމަދު އިރުފާން ލަންދޫ އަށް ވަޑައިގަންފި

ޓީމު ލަންދޫގެ ހެޑް ކޯޗް އަލްފާޟިލް އަހުމަދު އިރުފާން މިއަދު ލަންދޫ އަށް ވަޑައިގަންފިއެވެ. ކޯޗް އިރުފާނަށް ލަންދޫއިން ވަނީ …

ޚިޔާލެއްދެއްވާ

avatar
wpDiscuz