ރައީސް ވަހީދަށް އެއްބާރުލުން ދީ ސަރުކާރު ދެމެހެއްޓުމަކީ ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުން ކުރަން ޖެހޭކަމެއް: މައުމޫން

ރައީސް ވަހީދު ވެރިކަން ހިންގެވުމުގައި ރާއްޖެއާއި، ރާއްޖެއިން ބޭރުންވެސް ތަފާތުއެކި ފިއްތުންތައް ކުރިމަތިވަމުންދާ ކަމަށާއި، އެކަންކަމުގައި ރައީސް ވަހީދަށް އެއްބާރުލުން ދީ ސަރުކާރު ދެމެހެެއްޓުމަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން މިދަނޑިވަޅުގައި ގައުމާއި ރައްޔިތުންގެ ހައްގުގައި ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށް ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕާލިމެންޓް މެންބަރެއްގެ ގޮތުގައި ހުންނެވި ފުވައްމުލަކު މެދުދާއިރާގެ ޝިފާގް މުފީދް ޕީޕީއެމަށް ސޮއިކުރެއްވުމަށް ހޮނިހިރު ދުވަހުގެރޭ ފުވައްމުލަކުގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، ރައީސް ވަހީދު ވެރިކަމަށް ވަޑައިގެންނެވި ހިސާބުން ފެށިގެން އެމަނިކުފާނަށް ޕްރެޝަރ ކުރުމަށް ރާއްޖޭގެ ބަޔަކު އަޑީގައި ތިބެގެން ކެނޑިނޭޅި ތަފާތު އެކި މަސައްކަތްތައް ކުރަމުންދާކަމަށެވެ. މިމަސައްކަތްތައް ނާކާމިޔާބްކޮށްލައި ގައުމާއި ރައްޔިތުންގެ ހައްގުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން އެއް އައުޒުމެއްގައި މަސައްކަތްކޮށް ސަރުކާރު ދެމެހެއްޓުމަކީ ގައުމާއި ރައްޔިތުންގެ ހައްގުގައި ކޮންމެހެން ކުރަންޖެހިފައިވާކަމެއްކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

އެމްޑީޕީގެ ޕާލިމަންޓް މެންބަރެއްގެ ގޮތުގައި ހުންނެވި ޝިފާގް ޕީޕީއެމާއި ގުޅިވަޑައިގަތުމުން އެކަމަށް މަރުހަބާ ވިދާޅުވެ ރައީސް މައުމޫން ވިދާޅުވީ، ޝީފާގަކީ އަބަދުވެސް ގައުމާއި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާ ބޭފުޅެއްކަން އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން މަޖިލިސް ތެރޭގައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުން، ހާމަވެފައިވާކަމަށެވެ. އަދި ޝީފާގަކީ ފައިސާގެ ދަހިވެތިކަމުގައި ނުވަތަ އެފަދަ މާއްދީ ފައިދާއަކަށް ޕާޓީ ބަދަލުކުރެއްވުމަށްވުރެ ބޮޑަށް ގައުމީ މަސްލަހަތަށް ލޯބިކުރައްވާ އިހްލާސްތެރި ބޭފުޅެއްކަަމަށް މައުމޫން ވިދާޅުވިއެވެ.

ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާގް މުފީދް ޕީޕީއެމާއި ގުޅިވަޑައިގަތުމުން ފުވައްމުލަކުން ވަނީ ޝިފާގަށް ވަރަށް ހޫނު މަރުހަބާއެއްކިޔާފައެވެ. މިޖަލްސާގައި ޝިފާގާއިއެކު ފުވައްމުލަކުގެ ގިނަ އަދަދެއްގެ ޒުވާނުން ވަނީ ޕީޕީއެމާއި ގުޅިވަޑައިގެންފައެވެ. ޕީޕީއެމަށް ސޮއިކުރެއްވުގެ ކުރިން މިޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާގް ވިދާޅުވީ، ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމަށް ދިމާވި އެންމެބޮޑު އެއް ސަބަބަކީ ވަކި ރައްޔިތަކާއި، ވަކި ކުލައަކަށް ތާއީދުކުރާ ރައްޔިތަކަށް ހިދުމަތް ދޭންފެށުމުންކަމަށެވެ.

އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި އިރުވެސް އެމްޑީޕީން ކުރާ ގާނޫނާއި ހިލާފް އެކިއަމަލުތަކާއި، ހިންގަވާ ގާނޫނާއި ހިލާފް އެކި ހަރަކާތްތަކަށް ފާޅުގައި ފާޑުވިދާޅުވަމުންދިޔަ ޝިފާގް ވިދާޅުވީ، އޭނާ އެމްޑީޕީއަށް މަސައްކަތް ކޮށްދެއްވީ އިހުލާސްތެރިކަމާއެކު ކަމަށާއި، ނަމަވެސް ޕާޓީން ހިންގާ ގާނޫނާއި ޚިލާފް އަމަލުތައް ހުއްޓުވުމަށް ގޮވާލުމުން އެކަމަށް އެބޭފުޅުން އެއްބާރުލުން ނުދެއްވީ ކަމުގައި ޝިފާގް ވިދާޅުވިއެވެ.

ފުވައްމުލަކުގެ ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވި މިޖަލްސާގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރ އަބްދުﷲ ޔާމިން ވިދާޅުވީ، ރާއްޖޭގެ ހާލަތު މިވަގުތު އޮތްގޮތުން ގައުމުގެ އަމަންއަމާންކަމާއި ސުލްހަ މަސްލަސްކަމާއި ރައްޔިތުންނަށް ރައްކާތެރިކަން ހޯދައި ދެވޭނީ ގައުމުގެ އިގްތިޞޯދީ ފޭރާން ރަގަޅުކޮށްގެންކަމަށެވެ.

މިޖަލްސާގައި ވާހަކަ ދެއްކެވި ޕީޕީއެމްގެ އިންތިގާލީ ނައިބް ލީޑަރުންނާއި، މަޖިލީހުގެ މެންބަރުންވަނީ އެމްޑީޕީން ހިންގާފައިވާ ގާނޫނާއި ހިލާފް އެކި އަމަލުތައް ތަހުގީގުކޮށް ހައްގު އަދަބު ދިނުމަށް ގޮވާލައްވާފައެވެ. އަދި ރާއްޖޭގެ އިޖްތިމާއީ އަމާންކަން ދަމަހައްޓައި ގައުމުގެ މަސްލަހަތު ދެހެއްޓޭނީވެސް ކުއްކުރާ ފަރާތްތަކަށް ހައްގު އަދަބު ދެވިގެންކަމަށް އެބޭފުޅުންގެ ވާހަކާގައި ފާހަގަކުރައްވާފައިވެއެވެ.

ޚަބަރު: ދި ޓީވީ

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ޓީމު ލަންދޫގެ ހެޑް ކޯޗް އަހުމަދު އިރުފާން ލަންދޫ އަށް ވަޑައިގަންފި

ޓީމު ލަންދޫގެ ހެޑް ކޯޗް އަލްފާޟިލް އަހުމަދު އިރުފާން މިއަދު ލަންދޫ އަށް ވަޑައިގަންފިއެވެ. ކޯޗް އިރުފާނަށް ލަންދޫއިން ވަނީ …

ޚިޔާލެއްދެއްވާ

avatar
wpDiscuz