ރައީސް ނަޝީދުގެ އިސްތިޢުފާ – ޢިބްރަތުން ފުރިގެންވާ އެތައްކަމެއް

ލިޔުނީ: ފަންރިޔާ

ދިވެހިރާޢްޖޭގައި ފުރަތަމަބޭއްވުނު މަލްޓިޕާރޓީ އިލެކްޝަން ކާމިޔާބު ކުރެއްވުމަށްފަހު ދިވެހިރާއްޖޭގެ ރައީސުލްޖުމުހުރިއްޔާ ކަމާއި ހަވާލްވެ ވަޑައިގެންނެވި ގ.ކެނެރީގޭ އަލްފާޟިލް މުހައްމަދު ނަޝީދު އަންނި ކުއްލިގޮތަކަށް އިސްތިޢުފާ ދެއްވަން ޖެހިވަޑައިގެންނެވުމުގައި  ޢިބުރަތުން ފުރިފައިވާ އެތައްއެތައް ސިއްރުތަކެއްވާކަމީ މިއަދު އެންމެން ޤަބޫލްކުރާ ޙަޤީގަތެކެވެ.

ދިވެހިންގެ ތެރޭގައި ކެރުންތެރި ކަމަށާއި ހިތްވަރުފުޅު ގަދަކަމަށް މަޝްޙޫރު މުޙައްމަދު ނަޝީދު އެބޭފުޅާގެ ކެބިނެޓްގެ މެމްބަރުންގެ ރުމާއި ދެކޮޅަށް އިސްތިއުފާ ދެއްވުމަށް ނިންމެވި ނިންމެވުމުގައި އިލާހީ ބާރެއްވާކަމީ ގިނަބަޔަކު މިއަދު ޤަބޫލްކުރަމުންދާކަމެވެ. ވެރިކަން ދޫކޮށްލެވުން އިޢުލާންކުރެއްވި ދުވަހު ހިނގާދިޔަ ކަންތައްތައް ސިފަކޮށްދެއްވުމުގައި ޑިމޮކްރަސީގެ ޗެމްޕިއަންކަަމަށް ބުނަމުން ގެންދެވި ކުރީގެ ރައީސް އަލްފާޟިލް މުހައްމަދު ނަޝީދުއަށް ފެނިލެއްވި މަންޒަރުތައް އެތަނުގައި ތިއްބެވި އެހެން މީހުންނަށް ނުފެނުނު ކަމީ ރައީސް ނަޝީދު އިސްތިޢުފާ ދެއްވުމުގައި އިލާހީ ކުޅަދުންވަންތަކަމެއް ވާކަމަށް ޤަބޫލްކުރުމަށް ބާރުލިބިދޭ ކަމެކެވެ.

ރައީސް ނަޝީދުގެ ވެރިކަމުގެ ފަހުދުވަސްކޮޅު ފައުޅާއި ސިއްރުގައި އިސްލާމްދީނާއި އިދިކޮޅު ނުވަތަ ލާދީނީ އެތައްއެތައްކަމެއް ކުރައްވަމުން ގެންދަވާކަމުގެ އަޑުތައް ފެތުރިފައިވާއިރު ފައުޅުކަން ބޮޑުގޮތެއްގައި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި އެމަނިކުފާނުވަނީ ޚިލާފްވެ ވަޑައިގެންފައެވެ.

ރައީސް ނަޝީދު އިސްލާމްދީނަށް ނިކަމެތިކަން ލިބޭގޮތައް ނުވަތަ އިސްލާމް ދީނަށް ފުރައްސާރަ ކުރެއްވުމުގެ ގޮތުގައި ޖާރިޔާއިންގެ ވާހަކައާއި ހަނގު އުމުރުގައި ކައިވެނި ކުރާވާހަކަ ދައްކަވާފައިވާއިރު ޤައުމުގައި ތިއްބެވި ދީނީ ޢިލްމްވެރިން މިކަންސިފަ ކުރައްވަނީ ރައީސް ނަޝީދު އިސްލާމްދީނަށް ކުރެއްވި ބޮޑުވެގެންވާ މަލާާތެއްގެ ގޮތުގައެވެ.

ރައީސްނަޝީދު ޗާރޓުން ބޭރުވެ ވަޑައިގަންނަވާނެކަމަށް ފަޢުޅުގައި އިއުލާން ކުރެއްވުމަށްފަހު ސްޕްރިމްކޯޓަގައި ތަޅުއަޅުވައި ފަނޑިޔާރުން ހިފާހައްޔަރުކޮށް ދިވެހި ސިފައިންނަށާއި ފުލުހުނަނަށް ޤައިރު ޤާނޫނީ ޢަމުރުތައް ހިންގަވާފައި ވުމީ ދިވެހި ޤާނޫނުއަސާސީއަށް ރައީސް ނަޝީދު އިޙްތިރާމް ނުކުރެއްވިކަން ހާމަކޮށްދޭ ކަންތައްތަކެވެ.

މިހުރިހާ ކަމެއް މިހެން ހިނގާފައިވުމުން ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް އައުމުގައި އިބްރަތުން ފުރިގެންވާ އެތައްއެތައް ކަމެއް ހިނގާފައިވާކަމަށް ދަންނަވަންޖެހެއެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ފުލުހުންނަށް ކޮށްފައިވާ އަމުރު ތަންފީޒް ކުރާނަން – ފުލުސް

ކުރީގެ ރައީސް ނަޝީދު ހައްޔަރުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ހުޅުމާލެ ކޯޓުން ކޮށްފައިވާ އަމުރު ފުލުހުން ތަންފީޒް …

ޚިޔާލެއްދެއްވާ

avatar
wpDiscuz