ރައީސެއްގެ ގޮތުގައި އަދާކުރަމުންއައި ގާނޫނީ ހައިސިއްޔަތު ގެއްލުނުކަމަށް ގަބޫލެއް ނުކުރަން-ޑރ.ޑީޑީ

އެމްޑީޕީ ގެ ރައީސް އެއްގެ ގޮތުގައި އަދާކުރަމުންއައި ގާނޫނީ ހައިސިއްޔަތު ގެއްލުނުކަމަށް ގަބޫލު ނުކުރާކަމަށް އިއްޔެ އެޕާޓީގެ ގައުމީ މަޖިލީހުން އިތުބާރުނެއްކަމަށް ނިންމި އެޕާޓީގެ ކުރީގެ ރައީސް ޑރ.ޑީޑީ ވިދާޅުވެއްޖެއެވެ.

ރޭ ދިޓީވީގައި ވާހަކަދަށްކަމުން ނަޝީދުގެ ސަރުކާރުގައި ފިސަރީޒް މިނިސްޓާރކަންވެސް ކޮއްފައިވާ ޑީޑީ ވިދާޅުވީ އެމްޑީޕީގެ މެންބަރުން ޑީޑީ އާއި ހަވާލުކުރި ޒިންމާ އަދިވެސް ނަންގަވަން ޖެހޭނެކަމަށް ގަބޫލުކުރާކަމަށާ،އަދި އެކަން ނުކޮއް ދޫކޮއްލަންޖެހޭނެކަމަކަށް ގަބޫލުނުކުރެވޭކަމަށެވެ.

މި މޭރުމުން ވާހަކަދަށްކަމުން ޑީޑީ އިތުރަށް ވިދާޅުވީ ރައީސާއި ނައިބްރައީސްއަށް އިތުބާރު އޮތްތޯ ބެލިބެލުމުގައި ޒިންމާދާރުކަން ކުޑަ ގޮތަކަށް އެކަން ދިޔަ ދިއުމަކީ އެމްޑީޕީއަށް ވަރަށް ބޮޑު ހީނަރުކަމެއް އަންނާނެކަމަށް ކަމަށް ޑީޑި ވިދާޅުވިއެވެ.

މި ރޮނގުން ވާހަކަ ކުރިއަސްގެންދަވަމުން ޑީޑީ ވިދާޅުވީ އެންމެ ފުރަތަމަ އިންތިޚާބްވި ދުވަހުންފެށިގެންވެސް ވަރަށްބޮޑަތި ގޮންޖެހުންތަކެއްކުރިމަތިވަމުންދިޔަކަމަށާ،އެގޮތުން އެމްޑީޕީގެ މައި އޮފީހުގައި ރައީސް އަށް ޙާއްސަ ކުރެވިފައިވާ މޭޒްކޮޅު ޑީޑީ އިންތިހާބުވީ ހިސާބުން ކޮންމެސްބަޔަކު ނަގާ،އިންވަކިކޮއްފައި ހުރި ޕާޓިޝަންތަށްވެސް ނަގާފައިވާކަމަށެވެ.

އެމްޑީޕީ ގެ ރައީސް އާއި ނައިބްރައީސްއަށް އެޕާޓީގެ ނުފޫޒްގަދަ މީހުންގެ ނުފޫޒް ފޯރާ އިތުބާރު ނެތްކަމަށް ގައުމީ މަޖިލީހުން އިއްޔެ ނިންމާފައި ވާއިރު މީގެ ކުރިންވެސް އެޕާޓީގެ ރައީސްކަންކުރެއްވި އެހެންބޭބޭފުޅުންނަށްވެސް ވަނީ އެޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ޕާޓީ ހިންގަން ބޮޑަތި ގޮންޖެހުންތަކަކާ ކުރިމަތީލާންޖެހިފަކަން ފާހަގަކޮއްލަންޖެހެއެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

ފިއްތުންތައް ކުރިމަތިވާނަމަ ސިޔާސީ އެހެން ދިމާއަކުން ފެނިދާނެ – ޑީޑީ

ފިއްތުންތައް ކުރިމަތިވާނަމަ ސިޔާސީ އެހެން ދިމާއަކުން ރައްޔިތުންނަށް ޚިދުމަތް ކުރަން ޖެހިދާނެކަމަށް ޑީޑީ ވިދާޅުވެއްޖެ މިހާރު ކުރައްވަމުންދާ މަސައްކަތަށް އެމްޑީޕީގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz