ނ.މާފަރު ކައުންސިލްގެ ރައީސް އަންވަރު ޕީޕީއެމް އާއި ގުޅެނީ…

ނ.މާފަރު ކައުންސިލްގެ ރައީސް އަލްފާޟިލް އަންވަރު ޢަބުދުލް ޣަނީ އެމްޑީޕީން ވަކިކުރަން ނިންމުމާއި، ގުޅިގެން އޭނާ ޕީޕީއެމްއަށް ބަދަލުވާން އުޅޭކަމަށް ދޭހަވާގޮތަށް ވާހަކަފުޅު ދައްކަވައިފިއެވެ.

އިއްޔެ ޕީޕީއެމްގ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުން އަންވަރު ވިދާޅުވެފައިވަނީ ކައުންސިލަރުން އިންތިހާބުވުމަށް ފަހު، ރަށްރަށުގައި ތިބޭ، އެކްޓިވިސްޓުންގެ ނުފޫޒުން ފިތިގެން އެތާ ތިބެން ބޭނުން ނުވާކަމަށެވެ. އަންވަރަށް ތަފާތު ގޮތްގޮތުން އިންޒާރު ދެމުން ޕާޓީގެ ޕޮލިސީ ލެވަލް އިން ޗެއާޕާސަން އިން ފެށިގެން، ފިޔަވަޅު އަޅާ ކޮމެޓީން ސިޓީ ފޮނުވާފައި އެބަހުރިކަމަށާއި، އިސްތިއުފާ ދިނުމަށާއި ކައުންސިލަރު ކަމުން ވަކިކުރާނެ ކަމަށާއި އެފަދަ ސިޓީ ފޮނުވާފައި އެބަހުރިކަމަށެވެ. އެހެންވީމަ އެގޮތަށް މަސައްކަތް ކުރަން ބޭނުންނުވާކަމަށް  އެމްޑީޕީގެ ޓިކެޓްގައި މާފަރު ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރެއްވި އަންވަރު ވަނީ ވިދާޅުވެފައެވެ.

ޕީޕީއެމްގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މާފަރު ކައުންސިލްގެ ރައީސް އަންވަރު އަބްދުލް ޣަނީ އިއްޔެ ވިދާޅުވީ އޭނާ ކައުންސިލަރު ކަމުން ވަކިނުކޮށްފި ނަމަ އެމްޑީޕީން ވަކިވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ އިސްވެރިން މާފަރާ މުއާމަލާތް ކުރަމުންދަނީ ރަށުގެ އެމްޑީޕީގެ އެކްޓިވިސްޓުން ލައްވައި ކަމަށާއި ކައުންސިލް އިދާރާގައި ތިއްބަވާ އެމްޑީޕީގެ ކައުންސިލަރުންނާ އެއްވެސް ވަރަކަށް މަޝްވަރާ ނުކޮށް ކަމަށެވެ. އަބަދުވެސް ވާހަކަ ދައްކަމުން ގެންދާ އެކްޓިވިސްޓަކު ހުންނާނެ. ޕާޓީގެ މެސެޖްތައް ހިފައިގެން އަޅުގަނޑު ކައިރިއަށް އަންނާނީ އޭނަ. އަންވަރު ވިދާޅުވިއެވެ.

އަންވަރު ވިދާޅުވީ އޭނާ އެމްޑީޕީން ވަކިކުރުމަށް ނިންމި ކަމުގެ ހަބަރު ލިބުނު ނަމަވެސް، އަދި އެމްޑީޕީގެ ދަފުތަރުން އަދި ވަކިނުކުރާ ކަމަށެވެ. އެމްޑީޕީން އެނާ ވަކިކޮށްފި ނަމަ، ލާމަރުކަޒީ ގާނޫނުގެ ދަށުން ހަދާފައިވާ ގައިދުތަކާ އެއްގޮތަށް އޭނާގެ ގޮނޑި ގެއްލޭނެ އެވެ. ގޮނޑި ހުސްވުމާ އެކު 45 ދުވަހުގެ ތެރޭގައި ބައި އިލެކްޝަނެއް ބާއްވައި ކައުންސިލަރަކު ހޮވަންވާނެ އެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އެލްޖީއޭގެ ނިންމުމަކީ ކޮންމެހެންވެސް އަޅަންޖެހޭ ފިޔަވަޅެއް – މިނިސްޓަރ

ކައުންސިލްތަކުން ބޭރުގެ މަންދޫބުންނާ ބައްދަލުކުރާނަމަ ހުއްދަ ހޯދަންޖެހޭގޮތަށް ނިންމި ނިންމުމަކީ ރާއްޖޭގެ ސިޔާދަތާއި، ދާޚިލީ މިނިވަންކަން ކަށަވަރު ކުރުމަށް ނިންމި …

ޚިޔާލެއްދެއްވާ

avatar
wpDiscuz