ނ. ވެލިދޫ “ސޯލްޓެޑް ފައިބަރވޯރކްސް” އިން ވަގަށް ނެގި ސާމާނުތަކެއް ހޯދައިފި.

ނ. ވެލިދޫގައި އޮޑިދޯނި ފަހަރު ބަނުމުގެ މަސައްކަތްކުރާ ވޯރކްޝޮޕެއް ކަމުގައިވާ “ސޯލްޓެޑް ފައިބަރވޯރކްސް” އިން ވަގަށް ނަގާފައިވާ ސާމާނުތަކެއް ހޯދައި އެމައްސަލައާއި ގުޅުން ހުރި ކަމުގެ ތުހުމަތުގައި 2 މީހަކު ވެލިދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މިމައްސަލައިގެ ތުހުމަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 31 އަހަރުގެ މީހަކާއި 19 އަހަރުގެ މީހެކެވެ.

މި ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މިވައްކަމުގެ މައްސަލާގައި އެތަނުން ވަގަށް ނަގާފައިވަނީ ކަމަށް ރިޕޯރޓް ކޮށްފައިވަނީ މަކިޓާ ބްރޭންޑުގެ ޕެޓްރޯލުން ބޭނުންކުރާ ކީހަކާއި ކަރަންޓް ބުރުމާއަކާއި ރެސިން ހުރި 20 ލީޓަރުގެ ތިން ހަމެވެ. މިމައްސަލައާއި ގުޅިގެން ފުލުހުން ކުރި މަސައްކަތުން އެތަނުން ވަގަށް ނެގި ކަމަށް ރިޕޯޓްކޮށްފައިވާ ތަކެތީގެ ތެރެއިން ރެސިން ހަންތައް ފިޔަވައި އެހެން ހުރިހާ ސާމާނުތަކެއް މިހާރު ވަނީ ހޯދައި އެއިގެ ވެރިފަރާތާއި ހަވާލުކޮށްފައެވެ.

އެތަކެތި ހޯދާފައިވަނީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި އެރަށުގެ ފަޅުގެއެއްގެ ތެރެއިންނެވެ. އަދި މިމައްސަލައާއި ގުޅުން ހުރި އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީވެސް އެފަޅު ގެއިންނެވެ.

މިމައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިހާރު ގެންދަނީ އިތުރަށް ތަހްޤީޤް ކުރަމުންނެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ހުޅުމާލެ ފުލުހުން މީހަކު ހޯދަނީ

ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ތަޙްޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން، ޏ.ފުވައްމުލައް / މިސްކިތްމަގު.ފްލާވަރ، އަޙްމަދު ޢަބްދުﷲ (35އ) ހޯދުމުގެ މަސައްކަތް ފުލުހުންދަނީ …

ޚިޔާލެއްދެއްވާ

avatar
wpDiscuz