ނ.އަތޮޅުގެ ޕޮލިހުން – ނަމޫނާ ބައެއް

ނ.އަތޮޅުގެ ޕޮލިހުންނަކީ މިހާތަނަށް ނަމޫނާބައެއްކަން އެބައިމީހުންގެ ޢަމަލާއި ބަހުންވަނީ ފިޝާރި ރަނގަޅަށް ސާބިތުކޮށްދެއްވާފައެވެ. މިކަމުގެ ހެއްކަކަށް ރާއްޖޭގެ ޕޮލިސް ސްޓޭސަންތަކުގެ ތެރެއިން އެންމެ ޚިދުމަތްތެރި ޕޮލިސް ސްޓޭޝަނަކަށް ދެވޭ އައްޑަނަ ނ.އަތޮޅު ޕޮލިސް ސްޓޭޝަންއިން ހޯދާފައިވާ ހޯދުން ފާހަގަ ކޮށްލެވެއެވެ.

ފެށުނީންސުރެން ނ. އަތޮޅު ޕޮލިސް ސްޓޭޝަން ފާހަގަ ކުރެވިފައިވަނީ ނ.އަތޮޅުގެ ތަރައްޤީ އާޢި ކުރިއެރުމަށް ޚާއްޞަކޮށް ޢާއްމު މަސްލަހަތު ޤާޢިމްކުރެއްވުމަށް ނުހަނު ބުރަ ބޮޑު މަސައްކަތްތަކެއް ކޮށްދެއްވަމުން އަންނަ މުއައްސަސާއެއްގެ ގޮތުގައެވެ.

ރާއްޖެއަށް މިހާތަނަށް ދިމާވެފައިވާ ހިތާމަވެރި އަދި ބިރުވެރި ހާދިސާ ތަކުގައްޔާއި އަދި ކާރިޘާ ތަކުގައި ދިވެހި ފުލުހުންނާއި އެކީގައި ނ.އަތޮޅު ޕޮލިސްސްޓޭޝަންގައި މަސައްކަތް ކުރައްވާ ބޭފުޅުންވެސް ވަނީ ވަރަށް ފުރިހަމައަށް ބައިވެރިވެލައްވާފައެވެ.

މީގެ އިތުރުން ނ.އަތޮޅު ޕޮލިސް ސްޓޭޝަން ފާހަގަ ކުރެވިފައިވަނީ ނ.އަތޮޅުގެ ކުރިއެރުމާއި ތަރައްޤީއަށް އެތައްގިނަ ގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ އަދި މިއަދުވެސް ކޮށްދެއްވަމުން އަންނަ ބައެއްގެ ގޮތުގައެވެ.

މިގޮތުން އަތޮޅުގެ ރަށްތަކުގެ ރައްޔިތުންގެ މެދުގައި ހޭލުންތެރި ކުރުވުމުގެ ގޮތުން ތަފާތު އެތައްއެތައް ޕްރޮގްރާމްތަކެއް ހިންގެވުމާއި، ރަށްރަށުގައި ކުރެވޭ ތަފާތު އިޖުތިމާޢީ މަސައްކަތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވުމާއި ، އަތޮޅުގެ ރަށްތަކުގައި ކުށްކުރުން މަދުކޮށް ކުށްކުރުން ހުއްޓުވުމަށް ކުރައްވަމުން ގެންދާވާ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. އަދި ވަކިން ޚާއްޞަކޮށް ނ.އަތޮޅުން މަސްތުވާ ތަކެތީގެ ވަބާ ނައްތާލެއްވުމަށްޓަކައި މިފަހަކަށް އައިސް ނ.އަތޮޅު ޕޮލިސް ސްޓޭޝަނުން ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ މަސައްކަތަކީ ޝުކުރުވެރިވުން ހައްޤު ނަމޫނާ މަސައްކަތްތަކެއް ކަމުގައި ދަންނަވަން ޖެހެއެވެ.

އަޅުގަނޑު އުއްމީދުކުރަނީ ކުރިއަށް މިއޮތް ދުވަސްތަކުގައިވެސް ނ.އަތޮޅު ޕޮލިސް ސްޓޭޝަންގެ ފަރާތުން ޤައުމަށް ޙާއޞަކޮށް ނ.އަތޮޅަށް ގިނަގުނަ ޚިދުމަތްތަކެއް ލިބިގެން ދާނެކަމަށެވެ. އަދި މިއަދު ދިވެހި ފުލުހުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އެކުވެސް ފިޝާރި ސާބިތުކަމާއި އެކު ތިއްބަވައިގެން ކުރިއެކޭޭވެސް އެއްގޮތައް ނުވަތަ އެއަށް ވުރެވެސް ރަނގަޅަށް އަތޮޅުގެ ރަށްތަކަށް ޚިދުމަތްތައް ކޮށްދެއްވަމުން ގެންދަވާނެކަމަށެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ނ.އަތޮޅު ފުލުހުން ކުރިއަށްގެންދާ “އަމާންވެށި” ކޭމްޕް ލަންދޫސްކޫލްގައި ބާއްވައިފި.

ނ.މަނަދޫ ޕޮލިސް ސްޓޭޝަންއާއި، ނ.ލަންދޫ ޕޮލިސްޓޭޝަން ގުޅިގެން ކުރިއަށްގެންދިޔަ “އަމާންވެށި” ކޭމްޕް ލަންދޫ ސްކޫލްގެ ސާނަވީ ކްލާސްތަކުގެ ދަރިވަރުންނަށް ކުރިއަށް …

ޚިޔާލެއްދެއްވާ

avatar
މޫގުޅި
މޫގުޅި

congratulations Noonu atoll police.

wpDiscuz