ނޮވެންބަރު 3 ވަނަ ދުވަހު އިންޑިޔާގެ ޖީއެމްއާރާއި ދެކޮޅަށް ބާއްވާ ގައުމީ އަދި ދީނީ މަހާސިންތާގައި ޑީއާރުޕީން ބައިވެރި ނުވާނެ: ސަލީމް

ސިޔާސީ ހަރަކާތްތަކާއި، ސިޔާސީ މަސައްކަތްތަކަށްވުރެ ބޮޑަށް ގައުމީ ކަންކަން އިސްކުރަން ގޮވާލުމަށްފަހު، ނޮވެންބަރު 3 ވަނަ ދުވަހު އިންޑިޔާގެ ޖީއެމްއާރާއި ދެކޮޅަށް ބާއްވާ ގައުމީ އަދި ދީނީ މަހާސިންތާގައި ޑީއާރުޕީން ބައިވެރި ނުވާނޭކަމަށް ޑީއާރުޕީގެ ކައުންސިލް މެންބަރު މުހައްމަދު ސަލީމް (ހޯރަފުށީ ސަލީމް) ވިދާޅުވެއްޖެއެވެ.

ޖީއެމްއާރު މައްސަލާގައި އަންނަ މަހުގެ ތިންވަނަ ދުވަހު ބާއްވާ މަހާސިންތާއަށް ވަރަށްބޮޑަށް ތާއީދުކޮށް ވާހަކަ ދެއްކެވުމަށްފަހު ރޭ ޑީއާރުޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، ޖީއެމްއާރާއި ދެކޮޅަށް ބާއްވާ މަހާސިންތާގައި އެޕާޓީން ބައިވެރި ނުވާނޭކަމަށެވެ. އަދި މިމައްސަލަޔަކީ ސަރުކާރަށް ގޮތެން ނިންމެން އޮތް މައްސަލައެއް ކަމަށާއި އަދި ސަރުކާރުން ނިންމާ ކޮންމެ ނިންމުމަކަށް ޑީއާރުޕީން ތާއީދު ކުރާނޭކަމަށްވެސް ސަލީމް ވަނީ ވިދާޅުވެފައެވެ.

ޑީއާރުޕީގެ އޮފީހުގައި ސަލީމް މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު އިއްޔެ ހަވީރު ނަލަހިޔާ ހޮޓަލުގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވެފައިވަނީ ޖީއެމްއާރު މައްސަލަޔަކީ ސިޔާސީ މައްސަލަޔަކަށްވުރެ ބޮޑަށް ގައުމީ މަސްލަހަތު އެކުލެވިގެންވާ މައްސަލައެެއްކަމަށެވެ. އަދި މިކަމުގައި އޭނާ އަމިއްލަ ހައިސިއްޔަތުންވެސް ބައިވެރިވާނޭކަމަށް އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަލީމް ވަނީ ވިދާޅުވެފައެވެ.

ޖީއެމްއާރު މައްސަލާގައި އެއްދުވަހެއްގައި ދެ ގޮތަކަށް ސަލީމްގެ ވާހަކަ ދައްކަވާފައިވާއިރު މިކަން އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މަދަނީ އިއްތިހާދުގެ ނައިބް ރައީސް ވިދާޅުވެފައިވަނީ ގައުމީ ކަންކަމުގައި ރަގަޅު މިސްރާބަކަށް ދިމުގައި އުނދަގޫވެފައިވަނީ ދެ އަނގައިން ވާހަކަ ދައްކަވާ ބޭފުޅުން ސިޔާސީ މަސްރަހުގައި އުޅުއްވާތީކަމަށެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ޑީއާރުޕީ ވަރުގަދަކުރަނީ

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ގެ ކުރިއަށްއޮތް ކޮންގުރެސްފަހު އެޕާޓީ ސިޔާސީ ގޮތުން ވަރަށްބޮޑަށް ވަރުގަދަވެގެންދާނެކަމަށާއި، ޕާޓީގެ ލީޑަޝިޕާއި ހަވާލުވެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz